މުޒާހަރާ ކުރިޔަސް ކުލި ކުޑަކުރެވެން ނެތް ކަމަށް އެޗްޑީސީން ބުނެފި

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރަން ގޮވާލައި އިއްޔެ ކުރި މުޒާހަރާގެ ތެރެއިން: އެޗްޑީސީން ބުނަނީ ކުލި ކުޑަ ކުރެވެން ނެތް ކަމަށް. -- ފޮޓޯ: ހިޔާ ޔޫނިއަން

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރަން ގޮވާލައި އިއްޔެ ކުރި މުޒާހަރާގެ ތެރެއިން: އެޗްޑީސީން ބުނަނީ ކުލި ކުޑަ ކުރެވެން ނެތް ކަމަށް. -- ފޮޓޯ: ހިޔާ ޔޫނިއަން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން ގޮވާލައި ފްލެޓުގެ ހައްގުވެރިން އިއްޔެ މުޒާހަރާކޮށްފައިވަނިކޮށް، ކުލި ކުޑަކޮށް ދެވެން ނެތް ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

ހިޔާ ފްލެޓް ލިބުނު ގިނަ އަދަދެއްގެ ބަޔަކު އިއްވެ ފްލެޓްތައް ކައިރިއަށް އެއްވެ ގޮވަމުން ދިޔައީ އެ ފްލެޓަށް މަހަކު 8،500ރ. ދައްކަން ޖެހުން ބޮޑު ކަމަށާއި 5،600ރ. އަށް ކުލި ކުޑަކޮށްދިނުމަށެވެ.

އެ މުޒާހަރާއާ ގުޅޭގޮތުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ ސުހައިލް އަހުމަދު "އަދަދު" އަށް ވިދާޅުވީ މިހާތަނަށް ވެސް ހިޔާ ފްލެޓްތަކުގައި އެކަށީގެންވާ ލުއިތަކެއް ދީފައިވާ ކަމަށާއި މިހާރު ކަނޑައަޅާފައިވާ ވަރަށް ވުރެ ކުލި ކުޑަކޮށް ދެވެން ނެތް ކަމަށެވެ.

"ހުރިހާ ކަމެއްގައި ލުއި ނުދެވުނަސް ލުއި ދެވެން ހުރި ކަންކަމުގައި ލުއި ދެމުން މިދަނީ،" ސުހައިލް ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކުގެ ކުލި ބޮޑުވެގެން ގިނަ ޝަކުވާތަކެއް ވަނީ ހުށަހަޅައިފަ އެވެ. އެއާއެކު ގިނަ ލުއިތަކެއް ވެސް ވަނީ ދީފަ އެވެ. އެ ފްލެޓްތައް ނިންމަން ތިން މަސް ދޭ ގޮތަށް ފުރަތަމަ ހަމަޖެއްސި ނަމަވެސް މިހާރު ސަރުކާރުން ނިންމާފައިވަނީ ޑިސެމްބަރު މަހާ ހަމައަށް ކުލި ނުނެގުމަށެވެ.

ހިޔާ ފްލެޓުތަކަށް ފައިސާ ދައްކާ ހަލާސްކުރުމަށް ހަމަޖެހިފައިވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓު އުސޫލުން މަހަކު 7،500ރ ދައްކާ ގޮތަށެވެ. އަދި ފްލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000ރ. ނަގާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެހެންކަމުން، މިހާރު ސަރުކާރުން ކަނޑައަޅާފައިވާ ގޮތުން، ހިޔާ ފްލެޓަކަށް މަހަކު 8،500ރ. ދައްކަން ޖެހެ އެވެ.

ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ބުނެފައި ވަނީ ހިޔާ ޕްރޮޖެކްޓުގެ ތެރެއިން ޔުނިޓަކަށް މަހަކު ދައްކަން ޖެހޭނީ 5،600ރ. ކަމަށެވެ. އެއީ ޕްރޮޖެކްޓުގެ ތެރެއިން ޔުނިޓެއް އިމާރާތްކުރަން ހަރަދުވާ 1.27 މިލިއަން ރުފިޔާއިން ޑައުންޕޭމަންޓަށް 25،000ރ. ކެނޑުމަށް ފަހު މަހަކު ދައްކަން ޖެހޭ އަދަދަށް އަށް ޕަސެންޓުގެ އިންޓްރެސްޓެއް ހިމަނައިގެންނެވެ.

މި ހިސާބު ކުރުމުގައި މައްސަލަތަކެއް ހުރި ކަމަށް މި ސަރުކާރުން އަންނަނީ ބުނަމުންނެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުގައި އެ އަގު ކަނޑައެޅީ ޔުނިޓެއް އިމާރާތްކުރަން ކުރި ހަަރަދު ބައިކޮށްލުމަށް ފަހު އިންސްޓޯލްމަންޓަށް ޖެހޭ ފައިސާ ނުވަތަ މަހު ކުލިން އިންޓްރެސްޓް ނެގުމަށް ފަހު ކަމަށެވެ. މި ޕްރޮޖެކްޓް ފައިނޭންސް ކުރަން ނެގި ދިގު މުއްދަތުގެ ލޯނުތަކުގެ އިންޓްރެސްޓް ނަގަނީ ލޯނު ފައިސާގެ ތެރެއިން އަނބުރާ ނުދައްކާ އޮތް އަދަދުންނެވެ. މަހަކަށް ޖެހޭ ފައިސާއަކުންނެއް ނޫނެވެ.

ކުރިން ޕްރޮޖެކްޓަށް ހަަރަދުތަކުގެ ތެރޭގައި ހިމަނާފައިވާ ހުރިހާ ހިސާބުތަކާ އެކު އީއެމްއައި ނުވަތަ މަހަކު އިންސްޓޯލްމަންޓަށް ދައްކަން ޖެހޭ އަދަދު އަސްލު ފޯމިއުލާގެ ތެރެއިން ހިސާބު ކުރީމަ ޔުނިޓަކަށް ޖެހޭ މަހު ކުލީ 10،416ރ. އަށް އަރަ އެވެ. މިއީ ޔުނިޓަކަށް ޖެހޭ ވަރު ކަަމަށް ހައުސިން މިނިސްޓްރީން ބުނި އަގަށް ވުރެ 4،710ރ. އިތުރު އަދަދެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox