މައްސަލަ ޖެހުނު ޑޮކްޓަރު ސިޒޭޭރިއަން ހެދުމުން ދުރުކޮށް، ފުވައްމުލަކަށް އާ ޑޮކްޓަރެއް

ފުވައްމުލަކު ހޮސްޕިޓަލު: އެ ހޮސްޕިޓަލުގައި އަންހެނުންގެ ބަލިތަކަށް ހާއްސަ އާ ޑޮކްޓަރަކު ވަނީ ގެނެސްފައި-- ފޮޓޯ: ފުވައްމުލަކު ހޮސްޕިޓަލް

ފުވައްމުލަކު ހޮސްޕިޓަލު: އެ ހޮސްޕިޓަލުގައި އަންހެނުންގެ ބަލިތަކަށް ހާއްސަ އާ ޑޮކްޓަރަކު ވަނީ ގެނެސްފައި-- ފޮޓޯ: ފުވައްމުލަކު ހޮސްޕިޓަލް

ފުވައްމުލަކު ހޮސްޕިޓަލުގައި, ބަލި މީހުންނަށް ފަރުވާ ދިނުމުގައި މައްސަލަތަކެއް ދިމާވި އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ބައެއް މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް އާ ޑޮކްޓަރަކު އެ ހޮސްޕިޓަލަށް ހަމަޖައްސައިފި އެވެ.

އެ ހޮސްޕިޓަލުން މިއަދު ބުނީ މިދިޔަ ހަފުތާ އިން ފެށިގެން ހިދުމަތް ދެމުން އަންނަނީ ލ. އަތޮޅު ހޮސްޕިޓަލުގައި ކުރިން ފަރުވާ ދެއްވި ޑޮކްޓަރެއް ކަމަށެވެ. އަންހެނުންގެ ބަލިތަކުގެ އޮޕަރޭޝަންތައް ވެސް މިހާރު ކުރިއަށް ގެންދަނީ އޭނާ އެވެ.

ކުރިން އެ ހޮސްޕިޓަލުގައި ހިދުމަތް ދިން ޑޮކްޓަރު މަސައްކަތުން އެކަހެރިކުރީ އޭނާ ކުރި އޮޕަރޭޝަނަކުން ބަލި މީހަކަށް ސީރިއަސް މައްސަލަތަކެއް ދިމާވެފައި ހުރި ކަން އެނގުމުންނެވެ. އޭނާ ބަނޑުގައި ރިއްސާތީ އައިޖީއެމްއެޗަށް ދެއްކުމުން ފެނުނީ ބަނޑު ތެރޭގައި ފޮތިގަނޑެއް އޮއްވަ އެވެ. އޭގެ އިތުރުން ވެސް އެ ޑޮކްޓަރުގެ ފަރާތުން އިހުމާލުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.

Advertisement

މި މައްސަލަތަކާ ހެދި އޭނާ މަސައްކަތުން އެކަހެރިކޮށްދޭން އެދުނީ ފުވައްމުލަކު ހޮސްޕިޓަލުންނެވެ.

ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު މިއަދު "އަދަދު" އަށް ވިދާޅުވީ އެ ޑޮކްޓަރުގެ މައްސަލަ ހެލްތު މިނިސްޓްރީން ތަހުގީގުކޮށް އަދިވެސް ނުނިމޭ ކަމަށާއި އެހެންކަމުން އޭނާ އަދިވެސް ބަލި މީހުން ބަލާ ކަމަށެވެ. ނަމަވެސް އޮޕަރޭޝަންތަކާއި ސިޒޭރިއަންތައް ހެދުމުން މިމަހު ކުރީކޮޅު އޭނާ އެކަހެރި ކޮށްފައިވާ އޭނާ ވިދާޅުވި އެވެ.

"އިހުމާލުވި ފަރާތެއް ކަނޑައަޅަނީ އިންވެސްޓިގޭޝަންތައް ނިމުމުން ދެއްތޯ. އެހެންވީމައި އަދި ޑޮކްޓަރު މަސައްކަތަށް ނުކުންނަވާ،" ސައީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox