ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމުގެ ފަހު މަސައްކަތްތައް ފަށައިފި

ހިޔާ ފްލެޓުތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ ވިއުގަ ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ބްރައުންސް-ސީއެމްއީސީ ކުންފުނިން ވަނީ އެ މަސައްކަތް ނިންމައި އެޗްޑީސީއާ ވަނީ ހަވާލުކޮށްފަ. -ފޮޓޯ: އެޗްޑީސީ

ހިޔާ ފްލެޓުތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ ވިއުގަ ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ބްރައުންސް-ސީއެމްއީސީ ކުންފުނިން ވަނީ އެ މަސައްކަތް ނިންމައި އެޗްޑީސީއާ ވަނީ ހަވާލުކޮށްފަ. -ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމުގެ އެންމެ ފަހުގެ މަސައްކަތްތައް ފެށިފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނެފި އެވެ.

ހިޔާ ފްލެޓުތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ ވިއުގަ ގާއިމުކުރުމުގެ މަސައްކަތް އެޗްޑީސީން ހަވާލުކޮށްފައިވަނީ ބްރައުންސް-ސީއެމްއީސީ ކުންފުންޏާ އެވެ.

އެކަމަށްޓަކައި އެކުންފުނިން ހަރުކޮށްފައިވާ ޓްރާންސްފޯމަރުތައް ޓެސްޓުކޮށް ކަރަންޓު ދީފައިވާއިރު، އެ މަޝްރޫއު ނިންމައި މިއަދު ހަވާލުކޮށްފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީގެ އޮފިޝަލަކު "އަދަދު"އަށް ވިދާޅުވި ގޮތުގައި ދެން އޮންނާނީ ވަކިވަކި ޔުނިޓިތަކަށް ކަރަންޓު ގުޅައިލުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން، ކަރަންޓު ފޯރުކޮށްދިނުމުގެ އެންމެ ފަހުގެ މަސައްކަތް އަންނަ މަހުގެ 17 ވަނަ ދުވަހަށް ނިމޭނެކަމަށް އެޗްޑީސީން އިތުރަށް ބުންޏެވެ.

ހިޔާ ފްލެޓް ލިބުނު މީހުންނާ ތަޅުދަނޑި ހަވާލުކުރަން ފަށާފައިވީ ނަމަވެސް، އެ ތަންތަނުގެ ފިނިޝިން މަސަައްކަތް ނިންމަން ލިބޭ ތިން މަސް ދުވަސް އަދި ގުނާކަށް ނުފަށާނެ އެވެ.

އެޗްޑީސީން މި މުއްދަތު ގުނަނީ ފްލެޓުތަކަށް ބޭނުންވާ ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދިނުމަށް ފަހު އެވެ.

ހިޔާ ފުލެޓުތަކަށް ފައިސާ ދައްކާ ހަލާސްކުރުމަށް ހަމަޖެހިފައިވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓު އުސޫލުން މަހަކު 7،500ރ ދައްކާ ގޮތަށެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000ރ. ނަގާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެހެންކަމުން، މިހާރު ސަރުކާރުން ކަނޑައަޅާފައިވާ ގޮތުން، ހިޔާ ފްލެޓަކަށް މަހަކު 8،500ރ. ދައްކަން ޖެހެ އެވެ. އެ އަގު ބޮޑުވެގެން ޝަކުވާ ދަނީ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox