ފުވައްމުލަކު ހޮސްޕިޓަލްގެ އަންހެނުންގެ ޑޮކްޓަރުގެ ފަރާތުން އިހުމާލުތައް ފެންނާތީ ފިޔަވަޅު އަޅައިދޭން އެދިއްޖެ

ފުވައްމުލަކު ހޮސްޕިޓަލް: އެ ހޮސްޕިޓަލްގެ އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ސަސްޕެންޑް ކޮށްދޭން އެ ސިޓީ ކައުންސިލުން ވަނީ މިނިސްޓްރީގައި އެދިފައި-- ފޮޓޯ: ފުވައްމުލަކު ހޮސްޕިޓަލް

ފުވައްމުލަކު ހޮސްޕިޓަލް: އެ ހޮސްޕިޓަލްގެ އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ސަސްޕެންޑް ކޮށްދޭން އެ ސިޓީ ކައުންސިލުން ވަނީ މިނިސްޓްރީގައި އެދިފައި-- ފޮޓޯ: ފުވައްމުލަކު ހޮސްޕިޓަލް

ފުވައްމުލަކު ސިޓީ ހޮސްޕިޓަލްގެ އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުގެ ފަރާތުން އިހުމާލުގެ މައްސަލަތައް ފެންނާތީ އޭނާ މަސައްކަތުން އެކަހެރި ކޮށްދިނުމަށް އެ ސިޓީގެ ކައުންސިލުން ހެލްތު މިނިސްޓްރީގައި މިއަދު އެދެފި އެވެ.

މީގެ ދެ މަސް ކުރިން އެ ހޮސްޕިޓަލްގައި ސިޒޭރިއަން ހެދި އަންހެނެއްގެ ބަނޑުން މިފަހުން ވަނީ ފޮތިގަނޑެއްވެސް ނަގައިފަ އެވެ. ފޮތިގަނޑު ނެގީ ބަނޑުގައި ރިއްސާތީ އައިޖީއެމްއެޗްއަށް ދެއްކުމުން ކުރި އޮޕަރޭޝަނަކަށް ފަހުގަ އެވެ.

ފުވައްމުލަކު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ އަންހެނުންގެ ހާއްސަ ޑޮކްޓަރުގެ ފަރާތުން މާބަނޑުމީހުންނާއި ދަރިންގެ ފުރާނަޔަށް ގެއްލުންވާފަދަ ބައެއް ހާދިސާތައް ހިގަމުންދާކަމުގެ ޝަކުވާ ކައުންސިލަށް ލިބުމާ ގުޅިގެން އެ ހޮސްޕިޓަލްގެ މެނޭޖުމެންޓާ ބައްދަލު ކޮށްފައިވާ ކަމަށެވެ.

އެ ޑޮކްޓަރާ ގުޅޭ ގޮތުން ދެކެވެމުންދާ ވާހަކަތަކަކީ ކަންބޮޑުވާންޖެހޭ ވަރުގެ ވާހަކަތަކެއް ކަމާއި، އަދި ފާއިތުވި ދެމަސްދުވަހުގެ ތެރޭ ކުރި ސިޒޭރިއަން އޮޕްރޭޝަންތަކުގެ ތެރެއިން ތިން ކޭސްއެއްގައި މައްސަލަތައް ދިމާވެ ބަލިމީހާ މާލެ ފޮނުވަން ޖެހުނު ކަމަށް ބަޔާނުގައިވެ އެވެ.

މިހާރު ހުރި ޑޮކްޓަރު ސަސްޕެންޑް ކުރުމުގެ އިތުރުން އޭނާގެ ބަދަލުގައި އަންހެނުންގެ ބަލިތަކަށް ހާއްސަ އެހެން ޑޮކްޓަރެއް ހަމަޖައްސައި ދިނުމަށް ވެސް ހެލްތު މިނިސްޓްރީގައި އެ ކަައުންސިލުން ވަނީ އެދިފަ އެވެ.

"މިކަންވަނީ ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށްވެސް ގެނެވިފައެވެ. އަދި މިކަން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ހެލްތް މިނިސްޓަރާއި ދިވެހިރާއްޖޭގެ ނައިބް ރައީސް އަދި ހޮސްޕިޓަލްގެ މެނޭޖްމެންޓްގެ ފަރާތުން ލިބިފައިވާކަން މިފުރުސަތުގައި ދަންނަވަމެވެ." ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ އެފަދަ މައްސަލަތައް ހައްލުކޮށް ސިއްހީ އެންމެ ރަނގަޅު ފަރުވާ އެ ސިޓީ ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox