މާލެ ހިތްގައިމު ތަނަކަށް ހަދަން ލޭންޑް ޔޫސް ޕްލޭނަށް ހިޔާލުދޭން އެމްޑީޕީން އެދިއްޖެ

މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް އޮންލައިންކޮށް ކުރިއަށް ދަނީ: ރައްޔިތުންނަށް ފައިދާވާ ކަންކަމުގައި މުއިއްޒަށް އެއްބާރުލުންދޭނެ ކަމުގެ ޔަގީންކަން އެމްޑީޕީން ވަނީ ދީފައި.

މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް އޮންލައިންކޮށް ކުރިއަށް ދަނީ: ރައްޔިތުންނަށް ފައިދާވާ ކަންކަމުގައި މުއިއްޒަށް އެއްބާރުލުންދޭނެ ކަމުގެ ޔަގީންކަން އެމްޑީޕީން ވަނީ ދީފައި.

މާލޭ ލޭންޑް ޔޫސް ޕްލޭން އެކުލަވާލަން އަންނަ އަންގާރަ ދުވަހުގެ ރޭ އޮންލައިންކޮށް ބާއްވާ ބައްދަލުވުމުގައި މާލޭގެ ރައްޔިތުން ބައިވެރިވެ ސިޓީ ކައުންސިލަށް ހިޔާލާއި މަޝްވަރާ ހުށަހަޅަން އެމްޑީޕީން މިރޭ އެދިއްޖެ އެވެ.

މާލެ ސިޓީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ކައުންސިލަރުން ނެރުނު ބަޔާނެއްގައި ބުނީ ލާމަރުކަޒީ ގާނޫނަށް އެމްޑީޕީން ބޭނުންވާ އިސްލާހުތައް ގެނެސް ކައުންސިލްތަކަށް ބާރުވެރިކަން ދީފައިވާ ކަމަށެވެ. އެ ބާރުވެރިކަމާ އެކު މާލޭ ސިޓީ ކައުންސިލް ހިންގުމުގައި ރައްޔިތުންނަށް ފައިދާވާ ކޮންމެ ކަމެއްގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް އެމްޑީޕީގެ ކައުންސިލަރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދިނެވެ.

ކައުންސިލްތައް އުފެދުނު ފަހުން ފުރަތަމަ ފަހަރަށް މާލޭގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލި މޭޔަރުގެ މަގާމާ އެކު ކައުންސިލްގެ 11 ގޮނޑި ކާމިޔާބުކުރީ ޕީޕީއެމުންނެވެ. އެމްޑީޕީއަށް ލިބުނީ ހަ ގޮނޑި އެވެ.

"ޕީޕީއެމްގެ މޭޔަރަކު ހުންނެވިކަމަށްޓަކައި އަދި އޭނާ ހުށަހެޅުއްވި ކަމެއް ވީމާ ދެކޮޅު ހެދުމުގެ އިދިކީލި ސިފައިން އަޅުގަނޑުމެން ނެއްޓި ތިބޭނެކަމުގެ ޔަގީންކަން ވެސް އަރުވަމެވެ،" ލޭންޑް ޔޫސް ޕްލޭނާ ގުޅޭ ބަޔާނުގައިވެ އެވެ.

ކައުންސިލަރުން ވިދާޅުވީ މާލޭގެ ރައްޔިތުންގެ މަސްލަހަތުތަކުގެ މައްޗަށް ހުޝިޔާރުކަމާ އެކު ފާރަވެރިވަމުން ދާނެ ކަމަށެވެ. އަދި ކައުންސިލް ހިނގާ ނުހިނގާ ގޮތާއި ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނުގެ 41 ވަނަ މާއްދާގައިވާ ވާގޮތުގެ މަތިން މާލޭގެ ލޭންޑް ޔޫސް ޕްލޭން އެކުލެވުމުގެ ބޮޑު މަސައްކަތް ފަށައި ހިޔާލު ހޯދުމުގެ ބައްދަލުވުމެއް އަންގާރަ ދުވަހުގެ ރޭ 8:30ގައި ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އެމްޑީޕީން އެދެނީ މި ބައްދަލުވުމުގައި މާލޭގެ ރައްޔިތުންގެ ތެރެއިން ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށެވެ. އެއީ، މާލެ ހިތްގައިމު، ރައްކާތެރި އަދި އަމާން ސިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ހިނގަންވީ ގޮތުގެ މައްޗަށް ހިޔާލާއި މަޝްވަރާ ދޭން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"ބޯހިޔާވަހިކަމާއި ތޮއްޖެހުން ހިމެނޭގޮތުން މާލޭގެ މަގުތަކާއި އާއްމު ޖާގަތަކާއި މުނިސިޕަލް ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި މައްސަލަތައް ހައްލުކޮށް، ކަންބޮޑުވުންތައް ފިލުވުމުގައި މުރާލިކަމާއި ފަރުވާތެރިކަމާ އެކު އަޅުގަނޑުމެން ދެމި ތިބޭނަމެވެ،" ބަޔާނުގައިވެ އެވެ.

ލޭންޑް ޔޫސް ޕްލޭން އެކުލަވާލަން ގާނޫނުގައި ކަނޑައަޅާފައި ވަނީ ކައުންސިލްގެ މަސައްކަތް ފަށާތާ ތިން މަސް ދުވަހުގެ ތެރޭގަ އެވެ. މާލޭ ސިޓީ ކައުންސިލްގެ ލޭންޑް ޔޫސް ޕްލޭނަށް ހިޔާލު ހޯދުމުގެ ބައްދަލުވުން ކުރިއަށް ގެންދަން ރާވާފައި އޮތީ ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީއާ އެކުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox