ހުޅުމާލެ ފެސިލިޓީގައި ހައްލުކުރަން ޖެހޭ މައްސަލަތަކެއް އެބަހުރި: އެޗްއާރުސީއެމް

ސިއްހީ ހިދުމަތްތެރިއަކު ބަލި މީހަކާ އެކު: ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރި ކަމަށް އެޗްއާރުސީއެމުން ވަނީ ބުނެފައި. -- ފޮޓޯ/ އަދަދު

ސިއްހީ ހިދުމަތްތެރިއަކު ބަލި މީހަކާ އެކު: ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރި ކަމަށް އެޗްއާރުސީއެމުން ވަނީ ބުނެފައި. -- ފޮޓޯ/ އަދަދު

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ބަލި މީހުންނަށް އެކަށީގެންވާ ފަރުވާ އާއި ކެއުން ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަަމަށާއި އެ މީހުންގެ ކަންކަން ބަލަހައްޓަމުން އަންނަ ސިއްހީ ހިދުމަތްތެރިންނަށް ދިމާާވާ ނަފްސާނީ އުނދަގޫތަކުގައި ވެސް މިހާތަނަށް އެކަށީގެންވާ ހައްލެއް ހޯދިފައި ނުވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ކަންބޮޑުވުންފާޅުކޮށްފި އެވެ.

ކޮވިޑުގައި ބޮޑުވަރުވާ މީހުން ފަރުވާއަށް އެޑްމިޓްކުރަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގަ އެވެ. ކޮވިޑުގެ އެންމެ ގޯސް ހާލަތުގައި ރާއްޖެ އޮތްއިރު ކޮންމެ ދުވަހަކު ބައްޔަށް ޕޮޒިޓިވްވާ ގިނަ ބަޔަކު ފަރުވާ އަށް ގެންދަނީ ވެސް އެތަނަށެވެ. އެހެންވެ ޖާގަ ފުލްވެ، ބަލި މީހުންނާ އެކަށީގެންވާ ވަރަށް ސިއްހީ ހިދުމަތްތެރިން ނެތުމުން ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.

އެތަނުގައި ދިމާވާ ކަންކަމުގެ ޝަކުވާތައް އާއިލާތަކުން ކޮންމެ ދުވަހަކު ކުރެ އެވެ. އެ ޝަކުވާތަކާ ގުޅިގެން އެޗްއާރުސީއެމްގެ ޓީމަކުން ވަނީ ފެސިލިޓީގެ ހާލަތު ބަލައިފަ އެވެ.

އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ވެސް އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ހުޅުމާލެ ފެސިލިޓީގައި ނަރުހުންނާއި ސިއްހީ ހިދުމަތްތެރިން މަދުވުމެވެ. އެހެންވެ، އެކަށީގެންވާ ފަރުވާ ބަލި މީހުންނަށް ދިނުމުގައި ދަތިތަކަކާ ކުރިމަތިވަމުންދާ ކަމަށް ބަޔާނުގައި ބުންޏެވެ.

ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު އެ ފެސިލިޓީގައި އެޑްމިޓްކުރަން ނަރުހުންނަށް ޖެހޭ އިރު އެ މީހުންނާ ގުޅޭ މައުލޫމާތު އާއިލާތަކުން ބޭނުންވާ އެންމެ އަވަހަށް ފޯރުކޮށްދިނުމުގައި ލަސްތަކެއް ކުރިމަތިވަމުންދާކަން އެޗްއާރުސީއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އެޑްމިޓްކުރާ ބަލި މީހުންނަށް އާއިލާތަކުން ފޮނުވާ ކާއެއްޗިއްސާއި ސަމާނާ ހަވާލުވާން ވަކި ގަޑިތަކެއް ފެސިލިޓީގައި ވަނީ ކަނޑައަޅައިފަ އެވެ. އެ ތަކެއްޗާ ހަވާލުވެ ވޯޑަށް ގެންދިޔަ ނަމަވެސް ބަލި މީހާއާ ހަމައަށް ފޯރުކޮށްދެވޭލެއް ލަސްކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

ފެސިލިޓީގައި ތިބި ބަލި މީހުންގެ ހާލަތަށް ބަލައި އެ މީހެއްގެ ބައްޔާ ގުޅޭ ގޮތުން ކެއުން ފޯރުކޮށްދެ އެވެ. އެހެން ވިޔަސް އެތަނުން ފޯރުކޮށްދޭ ކެއުމަކީ، އެޗްއާރުސީއެމުން ބުނިގޮތުގައި، ބަލި މީހުންގެ ހާލަތަށް ރިއާޔަތްކުރާއިރު އެންމެ އެކަށީގެންވާ ކެއުމެއް ނޫނެވެ.

ކޮމިޝަނުން ބުނީ ކޮވިޑު ބަލީގައި އެޑްމިޓްކުރާ މީހުންނަށް، އެ ބަލީގެ އިތުރުން ވެސް އެހެން އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭ ކަމަށް ބަލި މީހުންގެ ފަރާތުން ލިބުނު މައުލޫމާތުން އެނގޭ ކަމަށެވެ.

އަމިއްލައަށް ނޫޅެވޭވަރުގެ ބަލި މީހުންގެ އެހީތެރިން ވެސް ފެސިލިޓީގައި ތިބެ އެވެ. މިއީ ތަނުގެ ޖާގައަށް ވުރެން އިތުރަށް މީހުން ތިބުން ކަމަށާއި ނަތީޖާއަކީ އެޗްޕީއޭ އިން މި ބައްޔާ ގުޅޭ ގޮތުން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް އެތަނުގެ ކަންކަން ނުހިނގުން ކަމުގެ ކަންބޮޑުވުން ވެސް އެޗްއާރުސީއެމުން ފާޅުކޮށްފައިވެ އެވެ.

އެޗްއާރުސީއެމުން ބުނިގޮތުގައި ފެސިލިޓީގައި މަަސައްކަތްކުރާ މުވައްޒަފުންނަށް ނަފްސާނީ ގޮތުން އެތައް ކަމަކާ ކުރިމަތިލާން ޖެހޭއިރު، އެ އެހީތެރިކަން ފޯރުކޮށެއް ނުދެވެ އެވެ.

"އެ އެހީތެރިކަން އެ މުވައްޒަފުންނަށް ފޯރުކޮށްދިނުމަކީ މި ކޮމިޝަނުން ބާރު އަޅާ ކަމެކެވެ،" ބަޔާނުގައިވެ އެވެ.

ކޮމިޝަނުން ބުނީ ފެސިލިޓީ ސާފުކުރުމުގެ މަސައްކަތަށް ފޮނުވާފައި ތިބޭ އެއްވެސް މުވައްޒަފަކަށް ބަންދެއް ނުލިބި 12 ގަޑިއިރު މަސައްކަތް ކުރުވާ ކަަމަށެވެ. މިގޮތަށް އަމަލުކުރާއިރު އެ މުވައްޒަފުންނަށް މުސާރަ ނުދިނުމުގެ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

އެޗްއާރުސީއެމުން ބުނިގޮތުގައި ފެސިލިޓީއަށް ކުރި ޒިޔާރަތުގައި ފާހަގަކުރެވުނު ކަންކަމުގެ ތެރެއިން ބައެއް ކަންކަން ވަކި މައްސަލަތަކުގެ ގޮތުގައި ލޮޖްކޮށް އަންނަނީ ބަލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox