ހިޔާ ފްލެޓްތަކަށް ޑައުންޕޭމަންޓް ދައްކަން ނުޖެހޭނެ: އެޗްޑީސީ

ހުޅުމާލޭގައި އަޅާފައިވާ ހިޔާ ފްލެޓްތައް: އެ ފްލެޓްތަކަށް ޑައުންޕޭމަންޓް ދައްކަން ނުޖެހޭނެ ކަމަށް އެޗްޑީސީން ބުނޭ-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ހުޅުމާލޭގައި އަޅާފައިވާ ހިޔާ ފްލެޓްތައް: އެ ފްލެޓްތަކަށް ޑައުންޕޭމަންޓް ދައްކަން ނުޖެހޭނެ ކަމަށް އެޗްޑީސީން ބުނޭ-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތަކަށް ޑައުންޕޭމަންޓް ދައްކަން ނުޖެހޭނެ ކަމަށް އެޗްޑީސީން މިރޭ ބުނެފި އެވެ.

ހިޔާ ފުލެޓުތަކަށް ފައިސާ ދައްކާ ހަލާސްކުރުމަށް ހަމަޖެހިފައިވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7،500ރ ދައްކާ ގޮތަށެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000ރ. ނަގާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ. ފުލެޓު އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ މުއްދަތަކީ އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ މުއްދަތެއްގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ.

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ކުރިން ވިދާޅުވެފައިވާ ގޮތުގައި ހިޔާގެ ކުލި 7،500ރ. އަށް ވުރެން ބޮޑެއް ނުވާނެ އެވެ. ޑައުންޕޭމަންޓް ދެއްކުން އޮޕްޝަނެއްގެ ގޮތުގައި ހުޅުވާލާނެ ކަމަށާއި އޭރަށް މަހު ކުލި ދައްކަން ޖެހޭ މިންވަރު ކުޑަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

Advertisement

އެޗްޑީސީން މިރޭ ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި، ފުލެޓުތަކުގެ ޑައުންޕޭމަންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނެގުމަށް މިހަރު ނިންމާފައިވާ ކަމަށެވެ.

ނަމަވެސް، ޑައުންޕޭމަންޓުގެ ގޮތުގައި ފައިސާ ދައްކަން އެއްވެސް މީހަކު ބޭނުންވާނަމަ އެ މީހަކަށް އެ އިންތިޒާމު ހަމަޖައްސައިދެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އަދި، ޑައުންޕޭމަންޓުގެ ގޮތުގައި ދައްކާ ފައިސާ ފުލެޓުގެ ޖުމްލަ އަގުން އުނިކޮށް، މަހު ކުލި އަގާއި އެއްގޮތަށް ކުޑަކުރެވޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ. ފުލެޓަށް ފައިސާ ދައްކަން ކަނޑައެޅިފައިވާ މުއްދަތު ކުޑަކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ދޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ލަފާކުރަނީ ހިޔާ ފްލެޓްތަކަށް ގާތްގަނޑަކަށް 35,000 މީހުން ވަންނާނެ ކަމަށެވެ. އެއީ ކޮންމެ ޓަވަރެއްގައި 2,000 މީހުން ދިރިއުޅޭނެ ކަމަށް ބަލައިގެންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެޅުއްވި ހިޔާ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކޮށް ދެ ވަނަ ފިޔަވަހީގައި އާބާދުވާ މީހުންނާ އެކު ހުޅުމާލޭގެ ޖުމްލަ އާބާދީ މި އަހަރު 100,000 އަށް ވުރެން މަތިވާނެ ކަމަށް ލަފާކުރެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox