ހިޔާ ފްލެޓްތަކަށް އަންނަ މަހުގެ މެދުތެރޭގައި ވަދެވޭނެ: އެޗްޑީސީ

ހިޔާ މަޝްރޫއުގައި އިމާރާތްކޮށްފައިވާ ޓަވަރުތަކެއް: މި ފްލެޓްތަކަށް އަންނަ މަހު ވަދެވޭނެ ކަމަށް އެޗްޑީސީން ބުނެފި. --ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ހިޔާ މަޝްރޫއުގައި އިމާރާތްކޮށްފައިވާ ޓަވަރުތަކެއް: މި ފްލެޓްތަކަށް އަންނަ މަހު ވަދެވޭނެ ކަމަށް އެޗްޑީސީން ބުނެފި. --ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ރާއްޖޭގައި މިހާތަނަށް ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއުގެ ދަށުން އަޅާފައިވާ ހިޔާ ފްލެޓްތަކަށް، އަންނަ މަހުގެ މެދުތެރޭގައި ވަދެވޭނެ ކަމަށް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

ކުރީގެ ސަރުކާރުގައި ފެށި ހިޔާ މަޝްރޫއުގެ 16 ޓަވަރުގައި 6,720 ފްލެޓް އަޅާފައިވާއިރު އެ ފްލެޓްތަކަށް ވަދެވޭނެ ކަމަށް އެންމެ ފުރަތަމަ ބުނީ މިދިޔަ އަހަރު ކުރީކޮޅުގަ އެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާ ހުރެ ފްލެޓްތައް ހަވާލު ނުކޮށް ވަނީ ލަސްވެފަ އެވެ.

Advertisement

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހެއިލް "އަދަދު"އަށް ވިދާޅުވީ އެންމެ ފަހުން ނިންމާފައިވާ ގޮތަށް އަންނަ މަހުގެ ތެރޭގައި ހިޔާ ފްލެޓްތަކަށް މީހުންނަށް ވަދެވޭނެ ކަމަށެވެ.

ފްލެޓްތަކުގެ ފިނިޝިން މަސައްކަތް މިހާރު ކުރިއަށް ދާއިރު ޕްލޭން ކޮށްފައިވާ ގޮތަށް މަސައްކަތްތައް ކުރިއަށް ދާ ކަމަށް ވެސް ސުހައިލް ވިދާޅުވި އެވެ.

ލިބޭނެ ފްލެޓް ކަނޑައެޅުމަށް ގިނަ ފްލެޓްތަކެއްގެ ގުރުއަތުލުން ވަނީ ބާއްވައިފަ އެވެ. ނަމަވެސް ގުރުއަތުލުން އެއްކޮށް ނުނިމެނީސް ކޮވިޑްގެ ސަބަބުން ވަނީ އެކަން މެދުކަނޑާލައިފަ އެވެ.

ސުހެއިލް ވިދާޅުވީ ފައިނަލް ލިސްޓް ޕްލޭނިން މިނިސްޓްރީން ފޮނުވާފައިވާ ކަމަށާއި ކޮވިޑުގެ ކަންކަން ހަމަޖެހުނުހާ އަވަހަކަށް އަލުން ގުރުއަތުލުން ނަގަން ފަށާނެ އެވެ.

ޔެސް ޓީވީ މެދުވެރިކޮށް ގުރުއަތު ނަގާއިރު އެ މީހަކަށް ފްލެޓް ލިބޭ ފްލޯ އާއި ޓަވަރު އެނގޭ ގޮތަށް ޓީވީ ސްކްރީނުން ދައްކަ އެވެ. އަދި އެސްއެމްއެސް މެދުވެރިކޮށް ފްލެޓްގެ ވެރި ފަރާތަށް އެ މައުލޫމާތު ދެ އެވެ.

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާ ގޮތުގައި ހިޔާގެ ކުލި 7،500ރ. އަށް ވުރެން ބޮޑެއް ނުވާނެ އެވެ. ޑައުންޕޭމަންޓް ދެއްކުން އޮޕްޝަނެއްގެ ގޮތުގައި ހުޅުވާލާނެ ކަމަށާއި އޭރަށް މަހު ކުލި ދައްކަން ޖެހޭ މިންވަރު ކުޑަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެޗްޑީސީން ލަފާކުރަނީ ހިޔާ ފްލެޓްތަކަށް ގާތްގަނޑަކަށް 35,000 މީހުން ވަންނާނެ ކަމަށެވެ. އެއީ ކޮންމެ ޓަވަރެއްގައި 2,000 މީހުން ދިރިއުޅޭނެ ކަމަށް ބަލައިގެންނެވެ. ހިޔާއަށް ދިރިއުޅުން ބަދަލުކޮށް ދެ ވަނަ ފިޔަވަހީގައި އާބާދުވާ މީހުންނާ އެކު ހުޅުމާލޭގެ ޖުމްލަ އާބާދީ މި އަހަރު 100,000 އަށް ވުރެން މަތިވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox