ކުރީ މެޗުގެ ހަނދާން އެބަހުރި، ޕްރެޝަރު އޮތީ މާޒިޔާ އަށް: ނިސްތާރު

ލީގުގައި ގްރީން ސްޓްރީޓްސް ކުޅުނު މެޗެއްގެ ތެރެއިން ނިސްތާރު (މ).-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ލީގުގައި ގްރީން ސްޓްރީޓްސް ކުޅުނު މެޗެއްގެ ތެރެއިން ނިސްތާރު (މ).-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ އަތުން 7-1 އިން ބަލިވި މެޗު ހަނދާނުގައި އެބަހުރި ކަމަށާއި މި ވަގުތަށް ބަލާއިރު، މާދަމާރޭގެ މެޗު ކުޅޭއިރު ޕްރެޝަރު އޮތީ މާޒިޔާ ކޮޅުގައި ކަމަށް އެ ޓީމާ ދެކޮޅަށް ނުކުންނަ ގްރީން ސްްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނެފި އެވެ.

"އަޅުގަނޑުމެން މިހާރު މި ނުކުންނަނީ އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް ރާއްޖޭގައި އޮތް. އަންބީޓަން (މެޗަކުން ބަލިނުވެ) ޓީމެއް ރާއްޖޭގައި އޮތް. ދެން އަަޅުގަނޑުމެން އަދި ހަނދާން އެބަހުރި މިދިޔަ މެޗުގައި ވީ ގޮތް. އިންޝާﷲ ހަމަ ވަރަށް ޕްރެޕެއާޑް (ތައްޔާރުވެގެން މި ތިބީ) އިރާދަކުރެއްވިއްޔާ،" މާދަމާރޭގެ މެޗުގެ ކުރިން މިއަދު މެންދުރު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިސްތާރު ބުންޏެވެ.

"ދެން އަސްލު އަޅުގަނޑުމެންގެ ޓެކްޓިކަލް ޑިސިޕްލިން ގެއްލިގެންދިޔަ ދުވަހެއް ތި ވިދާޅުވީ. އެހެންވިޔަ ނުދީ (މާދަމާރޭގެ މެޗުގައި) ހިފަހައްޓާނަން އިރާދަކުރެއްވިއްޔާ،"

ގްރީން ސްޓްރީޓްސް އަތުން މާޒިޔާ ތަފާތު ބޮޑުކޮށް މޮޅުވިއިރު، އެ ޓީމުގެ ކޯޗަކަށް ހުރީ މިހާރު ޓީސީއާ ހަވާލުވެ ހުރި ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ. މާޒިޔާގައި މިހާރު ހުރީ ކުރިން ސާބިއާ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި ކޯޗު ރިސްޓޯ ވިޑަކޮވިޗް އެވެ.

ލީގުގެ އެއް ވަަނައިގައި މި ވަގުތު މާޒިޔާ އޮތީ 12 މެޗުން 28 ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތީ 12 މެޗުން 24 ޕޮއިންޓާ އެކު ވެލެންސިއާ އެވެ. ތިން ވަނައިގައި ގްރީން ސްޓްރީޓްސް އޮތީ 13 މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ.

ގްރީން ސްޓްރީޓްސް އަށް މާޒިޔާ ބަލިކުރެވިދާނެތޯ ސުވާލުކުރުމުން ނިސްތާރު ބުނީ ލީގުގައި އޮތް ކޮންމެ ޓީމަކަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވިދާނެ ކަމަށެވެ.

"މިހާރު އަޅުގަނޑު ގަބޫލެއް ނުކުރަން ޕްރިމިއާ ލީގުގައި އެއްވެސް ޓީމަަކަށް އަނެއް ޓީމެއް އެެއީ ބަލިނުކުރެވޭނެ ބައެއް ކަމަށް. އެހެންވިޔަސް މާޒިޔާ އަކީ މި ވަގުތު އަދި އަންބީޓަން (ބަލިނުވެ އޮތް) ބައެއް. މިދިޔަ ސީޒަނުން ފެށިގެން އެ އަންނަނީ ހަމަ ވަރަށް ސްޓްރޯންގްކޮށް (ވަރުގަދަކޮށް). ހަމަ ރާއްޖޭގެ އެންމެ ސްޓްރޯންގް (ވަރުގަދަ) ޓީމޭ ބުންޏަކަސް ދޮގަކަށް ނުވާނެ. އެހެންވީމަ ހަމަ ވަރަށް މެސިވް ޓާސްކެއް (ބޮޑު މަސައްކަތެއް) އެ މީހުން ބަލިކުރުމަކީ. އެކަމަކު އިރާދަކުރެއްވިއްޔާ ޕްރެޕެއާޑް ފޯ އެނީތިން (ކޮންމެ ކަމަކަށް ވެސް ތައްޔާރު)،" ގްރީން ސްޓްރީޓްސްއާ މިދިޔަ އަހަރު ކުރީކޮޅު ހަވާލުވުމަށް ފަހު ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ ނިސްތާރު ބުންޏެވެ.

"އަޅުގަނޑުމެންނަށް ވުރެ ޕްރެޝަރު އޮތީ މާޒިޔާ ކޮޅުގައި. ގުޑް އޮޕަޗިއުނިޓީއެއް (ރަނގަޅު ފުރުސަތެއް) މިއީ ގްރީން ސްޓްރީޓްސްގެ ޕްލޭޔާސް (ކުޅުންތެރިން) އަށް،"

މިދިޔަ ސީޒަނުގައި މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީގެ ކޯޗުކަމުގައި މާޒިޔާ ރަނގަޅު ފޯމެއްގައި އޮއްވައި ނިސްތާރު ކޯޗަކަށް ހުރި ފޯކައިދޫ ފުޓްބޯޅަ ޓީމުން ވަނީ މާޒިޔާ ލަނޑެއް ޖެހިޔަނުދީ ހިފަހައްޓައިފަ އެވެ. އެ ފަދަ ނަތީޖާއެއް ތަކުރާރުކުރަން ބަލާއިރު ތިބި ކުޅުންތެރިންނާ މެދު ވެސް ވިސްނާލަން ޖެހޭ ކަމަށް ނިސްތާރު ގަބޫލުކުރެ އެވެ.

"ތި އެއްޗެހި ޑިޕެންޑްވާނީ ޕްލޭޔާސް އަށް. ދެން ހަމަ ގާތްގަނޑަކަށް އެ ޕްލޭޔާސް ތެރެއިން ގިނަ ޕްލޭޔާސް އެބަތިބި ކަންނޭނގެ މިހާރު ވެސް. (މާޒިޔާ ކައިރީގައި ނަތީޖާ ނެރުން) ކުރެވިދާނެ ކަމެއްގެ ވާހަކަ ތި ވިދާޅުވަނީ. އަޅުގަނޑުމެންނަށް ޖެހޭނީ އޭތި ޕްރޫވްކޮށްލަދޭން. ފަސޭހަ މެޗަކަށް ނުވާނެ ހަމަގައިމުވެސް ތަކުރާރުކޮށް ބުނާހެން އެންމެ ވަރުގަދަ ސްކޮޑު އެއީ،" ނިސްތާރު ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ އެއްވެސް ކުޅުންތެރިއަކަށް ވަކި ހާއްސަކަމެއް ނޯންނާނެ ކަމަށާއި އެ ޓީމުގެ ކުރިއަށް ކުޅޭ އަންސަރު އިބްރާހިމް (އަންކޮ) އަށް ވެސް އޮންނާނީ ހަމަ އެހެން ކުޅުންތެރިންނަށް އޮންނަ ފުރުސަތު ކަމަށް ނިސްތާރު ބުންޏެވެ.

ނިސްތާރު ބުނީ އަންކޮގެ މަގާމަށް އަސްލު ކުޅެނީ މި ވަގުތު އަނިޔާގައި ހުރި އެންހެލް މުނޯޒް ކަމަށާއި އަންކޮ ބޭނުންކުރަނީ މުހައްމަދު މުސްލިހު (މުއްޓި)އާ އަޅާކިޔާއިރު، ރަނގަޅު ފޯމެއްގައި ހުރީ އަންކޮ ކަމަށްވާތީ ކަމަށެވެ. އަދި އެންމެ ފަހުން މެޗުގައި މުހައްމަދު ޖައިލަމް (އޮގީ) ވެސް އެ މަގާމުގައި މޮޅަށް ކުޅުނުކަން ނިސްތާރު ފާހަގަކުރި އެވެ.

މާޒިޔާ އާއި ގްރީން ސްޓްރީޓްސް މެޗު ފަށާނީ މާދަމާރޭ 22:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox