އެވަޓަންއާ އެއްވަރުވެ ޓޮޓެންހަމް ގަދަ ހަތަރެއްގެ ރޭހުގައި ފަހަތަށް

Apr 16, 2021, 9:26 PM
ލަނޑު ޖެހުމަށް ފަހު ޓޮޓެންހަމްގެ ކޭން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ޓޮޓެންހަމްގެ ކޭން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލް (އޭޕްރީލް 17) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެވަޓަން ދަނޑުގައި 2-2 އިން އެއްވަރުވެ, ގަދަ ހަތަރެއްގެ ރޭހުގައި ޓޮޓެންހަމް ހޮޓްސްޕާސް އަށް އިތުރު އުނދަގޫތަކެއް ކުރިމަތިވެއްޖެ އެވެ.

މި މެޗުން ލިބުނު ޕޮއިންޓާ އެކު ޓޮޓެންހަމް އޮތީ ލީގުގެ ހަތް ވަނައިގައި 32 މެޗުން 50 ޕޮއިންޓާ އެކު އެވެ. އެވަޓަން ލީގުގެ އަށް ވަނައިގައި އޮތީ 31 މެޗުން 49 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް ވެސްޓް ހޭމް އަށް ލިބިފައިވަނީ 31 މެޗުން 55 ޕޮއިންޓެވެ.

އެވަޓަންގެ ގުޑިސަން ޕާކުގައި މިރޭ ކުޅުނު މެޗުގެ 27 ވަނަ މިނިޓްގައި އެވަޓަންގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި ހެރީ ކޭން ވަނީ ލަނޑެއް ޖަހައި ޓޮޓެންހަމަށް ލީޑުނަގައިދީފަ އެވެ. ޓޮޓެންހަމަށް ލީޑު ހިފަހައްޓައިލެވުނީ ހަތަރު މިނިޓް ވަންދެނެވެ. މެޗުގެ 31 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން އައިސްލެންޑްގެ މިޑްފީލްޑަރު ގިލްފީ ސިގަޑްސަން ވަނީ އެވަޓަން އަށް އެއްވަރުކޮށްދީފަ އެވެ. މިއީ ސާޖް ރެގީލޯން އޭރިއާތެރެއިން ހަމޭސް ރޮޑްރިގޭޒަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެޗުގެ 62 ވަނަ މިނިޓްގައި ސީމަސް ކޯލްމަން ދިން ބޯޅައަކުން އެވަޓަން އިން ލީޑުނެގި ގޯލު ޖެހީ ވެސް ކުރިން ޓޮޓެންހަމަށް ކުޅުނު ސިގަޑްސަން އެވެ. މި ފަހަރު އެވަޓަން އަށް ވެސް މާ ގިނައިރު ވަންދެން ލީޑު ހިފަހައްޓައިނުލެވުނެވެ. މެޗުގެ 68 ވަަނަ މިނިޓްގައި އެވަޓަންގެ ދެ ޑިފެންޑަރުން ކަމަށްވާ މައިކަލް ކީން އާއި މޭސަން ހޯލްގޭޓް ހެދި ގޯހެއްގެ ފައިދާނަގައި ކޭން ވަނީ ޓޮޓެންހަމަށް ދެ ވަނަ ލަނޑެއް ޖަހައިދީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ދެ ގޯލާ އެކު ކޭން ލީގުގެ ލަނޑު ލިސްޓުގެ ކުރީގައި އޮތީ 21 ގޯލާ އެކު އެވެ.

އެވަަޓަން މޮޅުކޮށްދޭން ޖޯޝުއާ ކިންގް ޖެހި ބޯޅަ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް ވަނީ މަތަކޮށްފަ އެވެ. ފަހުން ލަނޑު ޖަހަން އެވަޓަންގެ ރިޗާލިސަން އަށް ލިބުނު ރިބައުންސް ބޯޅައިގެ ވެސް ބޭނުމެއް ނުހިފުނެވެ.

މެޗުން ދެ ޕޮއިންޓް ގެއްލުމުގެ އިތުރުން ދެން ޓޮޓެންހަމަށް ކުރިމަތިވި މާޔޫސްކަމަކީ އިތުރު ވަގުތުގައި އެ ޓީމުގެ ތަރި ކޭން އަށް އަނިޔާވުމެވެ. އަންނަ ހަފްތާގައި ލީގު ކަޕް ފައިނަލުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކޭން އަށް އަނިޔާވެއްޖެނަމަ އެއީ އެ ޓީމަށް ލިބޭނެ ބޮޑު ދެރަ އެކެވެ.

ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ކޭން އަށް ލިބުނު އަނިޔާއާ ބެހޭ ތަފްސީލީ ވާހަކަތަކެއް ދައްކަން އަދި ތަންކޮޅެއް އަވަސްކަމަށެވެ. އަދި އޭނާ އުއްމީދުކުރަނީ ލަސްނުވެ ކޭން އަށް ކުޅުމަށް އެނބުރި އާދެވޭނެ ކަމަށެވެ.

އެވަޓަންގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ލީގުގެ ހަތަރު ވަނައިގައި ނިންމަން ބަލާއިރު އޭނާގެ ޓީމަށް މި މެޗުން ތިން ޕޮއިންޓް ހޯދުން ވަރަށް މުހިއްމު ކަމަށާއި ގަދަ ހަތަރެއްގެ ރޭހުގެ ވާދަވެރިކަން އޮތްގޮތުން މި މެޗުން މޮޅެއް ނުލިބުމުން އެ ޓީމަށް ވެސް ވަރަށް އުނދަގޫ ހާލަތެއް ކުރިމަތިވެފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox