އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑް ސެމީ އަށް

Apr 15, 2021, 9:31 PM
ލަނޑު ޖެހުމަށް ފަހު އާސެނަލް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު އާސެނަލް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (އޭޕްރީލް 16) - ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި މިރޭ ކުޅުނު މެޗުތަކުން މޮޅުވެ، އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ޗެކް ރިޕަބްލިކްގެ ސްލަވިއާ ޕްރާގާ ދެކޮޅަށް މިދިޔަ ހަފްތާގައި އާސެނަލް ވަނީ އަމިއްލަ ދަނޑުގައި 1-1 އިން އެއްވަރުވެފަ އެވެ. މިރޭ އާސެނަލުން ވަނީ ސްލަވިއާ ދަނޑުގައި 4-0 އިން މޮޅުވެ، އެގްރިގޭޓުން 5-1 އިން ކުރިހޯދައިފަ އެވެ. ޔުނައިޓެޑުން މިރޭ އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުން ވެސް ވަނީ ގްރަނާޑާގެ މައްޗަށް 2-0 އިން ކުރިހޯދައިފަ އެވެ. އެގްރިގޭޓަށް ބަލާއިރު ޔުނައިޓެޑަށް ކުރި ލިބުނީ 4-0 އިންނެވެ.

ސެމީ ފައިނަލުގައި ޔުނައިޓެޑް ނުކުންނާނީ އިޓަލީގެ ރޯމާއާ ދެކޮޅަށެވެ. ރޯމާ ސެމީން ފުރުސަތު ހޯދީ މިރޭ އަޔަކްސްއާ 1-1 އިން އެއްވަރުވި ނަމަވެސް އެގްރިގޭޓަށް ބަލާއިރު 3-2 އިން ކުރިހޯދައިގެންނެވެ.

އާސެނަލުން ސެމީގައި ބައްދަލުކުރާނީ ވިޔަރެއާލްއާ އެވެ. އާސެނަލް ގޮވައިގެން 2019 ވަނަ އަހަރުގެ ޔޫރޮޕާ ލީގުގެ ފައިނަލުން ބަލިވި އުނާއި އެމެރީ ކޯޗުކޮށްދޭ ވިޔަރެއާލް ސެމީން ފުރުސަތު ހޯދީ މިރޭ ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބް އަތުން 2-1 އިން މޮޅުވެ، އެގްރިގޭޓަށް ބަލާއިރު 3-1 އިން ކުރިހޯދައިގެންނެވެ. އެމެރީ އަކީ ޔޫރޮޕާ ލީގުގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ކޯޗެވެ.

ސެމީގެ މެޗުތައް ކުޅޭނީ މި މަހު 29 ވަނަ ދުވަހާއި އަންނަ މަހު ހަ ވަނަ ދުވަހު އެވެ.

ޔުނައިޓެޑުން މިރޭގެ މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި އެޑިންސަން ކަވާނީގެ ގޯލުން ވަނީ ލީޑުނަގައިފަ އެވެ. މިއީ ޕައުލް ޕޮގްބާ ދިން ބޯޅައަކުން ކަވާނީ ޖެހި ގޯލެކެވެ. ޔުނައިޓެޑްގެ ދެ ވަނަ ގޯލަކީ މެޗުގެ އިތުރު ވަގުުތުގައި އެ ޓީމުގެ އަލެކްސް ޓެލޭސް ނެގި ހުރަހަކުން ގްރަނާޑާގެ ހެސޫސް ވައޭހޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޔުނައިޓެޑް މިދިޔަ އަހަރުގެ ޔޫރޮޕާ ލީގުން ކެޓީ ސެމީ ފައިނަލްގައި ސެވިއްޔާ އަތުންނެވެ.

ރަށުންބޭރުގައި އާސެނަލުން ވަނީ މިރޭ ތަފާތު ކުޅުމެއް ދައްކައިފަ އެވެ. ފުރަތަަމަ ހާފުގައި އާސެނަލުން ތިން ގޯލުގެ ލީޑެއް ނެގި އެވެ. ނިކޮލަސް ޕެޕޭ އާއި އަލެކްސަންޑަ ލަކަޒޭޓް އަދި ބުކާޔޯ ސަކާގެ ގޯލުތަކާ އެކު ފުރަތަމަ ހާފު ނިންމާލިއިރު، އާސެނަލްގެ ފަހު ގޯލު ދެ ވަނަ ހާފުގައި ޖެހީ ލަކަޒޭޓް އެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ މި މޮޅަކީ ހަގީގަތުގައި ސެމީ ފަައިނަލުގެ ޖާގައެއް ލިބުމަށް ވުރެ މި ސީޒަން އާސެނަލުން ވަރުގަދަކޮށް ނިންމާލަން ލިބިގެންދިޔަ ހިތްވަރެއް ކަމަށެވެ. ޔޫރަޕްގެ ނޮކައުޓް މެޗެއްގައި މިވަރުގެ ކުޅުމެއް އާސެނަލްގެ ފަރާތުން ފެނުމަކީ ކުޅުންތެރިންގެ ކޮންފިޑެންސަށް ވަރަށް ރަނގަޅު ކަމެއް ކަމަށް އާޓެޓާ ބުންޏެވެ.

ޔޫރޮޕާ ލީގު ކާމިޔާބުކުރަން އާސެނަލުން ބޭނުންވާ އެއް ސަބަބަކީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox