"ރަގްބީ" މެޗަށް ފަހު ގްރީން ސްޓްރީޓްސް އަށް އަނިޔާގެ މައްސަލަ އެބަހުރި: ނިސްތާރު

ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ނިސްތާރު.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ނިސްތާރު.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުން ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ގްރީން ސްޓްރީޓްސް ކުޅުނު މެޗަކީ "ރަގްބީ" މެޗެއްގެ ގޮތުގައި ސިފަކޮށް އެ މެޗަށް ފަހު ގްރީން ސްޓްރީޓްސްގެ ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ޓީމުގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނެފި އެވެ.

ލީގުގައި މިރޭ ގްރީން ސްޓްރީޓްސް އިން ނުކުންނާނީ ކްލަބް އީގަލްސްއާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިސްތާރު ބުނީ ޝެޑިއުލަށް އައި ބަދަލާ އެކު މި މެޗު ކުޅޭ ވަގުތު ފަހުން އެނގުނު ނަމަވެސް މެޗަށް އެ ޓީމަށް ތައްޔާރުވެވޭނެ ކަމަށެވެ. އެހެން ނަމަވެސް އެންމެ ފަހުން ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި ފިޒިކަލް ގޭމެއް ފެނުނުއިރު ގިނަ ޓެކަލްތަކާއި އެހެން ކަންކަން ހިނގައި ގޮސްފައިވާތީ އެ މެޗުން ގްރީން ސްޓްރީޓްސްގެ ބައެއް ކުޅުންތެރިންނަށް އަނިޔާވެފައިވާކަން ނިސްތާރު ފާހަގަކުރި އެވެ.

"އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ. އެހެން ނަމަވެސް މީގެ ކުރިން އަޅުގަނޑުމެން ކުޅުނު ރަގްބީ މެޗުން ވަރަށް އިންޖަރީސް ގިނަ. އެހެންވީމަ އިންޝާﷲ ރަނގަޅުވާނެ ކަމަށް މި ތިބީ،" ކުރިން އއ. މާޅޮހާއި ށ. ފޯކައިދޫ ޓީމަށް ޕްރިމިއާ ލީގުގައި ކޯޗުކޮށްދިން ނިސްތާރު ބުންޏެވެ.

Advertisement

އެ މެޗަށް ފަހު ކިތަށް ކުޅުންތެރިން އަނިޔާގައި ތިބިތޯ ނޫސްވެރިއަކު ސުވާލުކުރުމުން ނިސްތާރު ބުނީ ސީދާ އަދަދެއް ބުނުން އެންމެ ރަނގަޅެއް ނުވާނެ ކަމަށެވެ. ގިނަ ކުޅުންތެރިންތަކަކަށް އަނިޔާވެފައިވާއިރު، އެ ކުޅުންތެރިންނަށް މި މެޗުގައި ކުޅެވޭތޯ ގްރީން ސްޓްރީޓްސްގެ ސްޕޯޓްސް ސައިންޓިސްޓް ކަމަށްވާ އީތޯފް ހުސެއިންގެ ބެލުމުގެ ދަށުން ކަންކަން ބަލަމުން އަންނަ ކަމަށް ނިސްތާރު ބުންޏެވެ.

"ވަރަށް ކީ (މުހިއްމު) ޕްލޭޔަރެއް މިސާލަކަށް ހަލީލް. މިހާރު އެދަނީ ޓްރީޓްމަންޓް ނަގަމުން (ފަރުވާ ހޯދަމުން). އަދިވެސް ވަރަށް ގިނަ ޕްލޭޔަރުން (ކުޅުންތެރިން) އެބަތިބި. އެކަމަކު އަޅުގަނޑު ބޭނުމެއް ނޫން އެހާ ޑީޓެއިލް ދޭކަށް (ތަފްސީލްކޮށް އެ ކުޅުންތެރިންގެ ވާހަކަ ދައްކަން)،" ނިސްތާރު ބުންޏެވެ.

"ކޮންމެ ޓީމަކަށް ވެސް ހުންނާނެ އެޑްވާންޓޭޖާއި ޑިސެޑްވާންޓޭޖް. އަޅުގަނޑުމެންގެ ކުރީގެ މެޗު (ޓީސީ މެޗު) ފުޓްބޯޅައިގެ ހަމަތަކުން ގެއްލިގެން ގޮސްފައި. އެ ކަހަލަ ގޮތަކަށް ވެފައި އިނީމަ އެެބަހުރި އުނދަގޫތައް އެހެންނޫނީ ރަނގަަޅަށް އިންނާނީ،"

މީގެ ކުރިން އެފްއޭއެމުން ހަދާފައިވާ ޝެޑިއުލްގައިވާ ގޮތުން އޭއެފްސީ ކަޕްގެ ކޮލިފައިންގައި ކުޅޭ އަބަހާނީ މެޗުގެ ކުރިން އީގަލްސް އަށް ދިވެހި ޕްރިމިއާ ލީގުގެ މެޗެއް ނޯންނާނެ އެވެ. އޭއެފްސީ ކަޕު މެޗުތަކާ އެކު ފުރަތަމަ ނެރުނު ލީގުގެ ޝެޑިއުލްގައިވާ ގޮތުން އީގަލްސް އާއި ގްރީން ސްޓްރީޓްސްގެ މެޗު ކުޅެން އޮތީ އަންނަ މަހު ފަސް ވަނަ ދުވަހު އެވެ. އެކަމަކު އީގަލްސް އާއި އަބަހާނީގެ މެޗު މި މަހު 21 އަށް ފަސްވުމުން ގްރީން ސްޓްރީޓްސް މެޗު އަވަސް ކުރީ އެވެ. ނިސްތާރު ބުނީ މި ފަދަ ބަދަލުތަކެއް އަންނާނެ ކަން ވިސްނައިގެން ތިބެން ޖެހޭ ކަމަށާއި މީގެ އޮތް ގޮތަކީ ކުޅުން ކަމަށެވެ.

"(މެޗު އަވަސްވީ) އޭއެފްސީ ކަޕްގެ ބަދަލަކާ ހެދި އެއީ. އޮބްވިއަސްލީ މި ކަހަލަ ޗޭންޖަސް އަންނާނެ. އަޅުގަނޑުމެންނަށް އެހެނެކޭ ކިޔާފައި އެ އަށް އެގްރީނުވެ އެއް ވެސް ނުތިބެވޭނެ. އެހެންވީމަ އަޅުގަނޑަށް ހީވާގޮތުގައި ހުރިހާ ކަމަކަށް ވުރެ ކުޅުމަކީ އެންމެ ރަނގަޅު ގޮތް ކަންނޭނގެ،" ނިސްތާރު ބުންޏެވެ.

ލީގުގެ ފުރަތަމަ ބުރުގައި ގްރީން ސްޓްރީޓްސް އިން ވަނީ އީގަލްސް ބަލިކޮށްފަ އެވެ. އެކަމަކު އޭގެ ފަހުން އީގަލްސް އިން ވަނީ މުހައްމަދު ޝާޒްލީ (ޝާޒް) އެ ޓީމުގެ ކޯޗުކަމާ ހަވާލުވި ފަހުން ޓީމުގެ ހާލަތު ރަނގަޅުކޮށް ނަތީޖާ ނެރެފަ އެވެ.

ގްރީން ސްޓްރީޓްސް މި ވަގުތު ލީގުގެ ތިން ވަނައިގައި އޮތީ 12 މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ. އީގަލްސް އަށް 10 މެޗުން ލިބުނު 12 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އެ ޓީމު އޮތީ ލީގުގެ ހަ ވަަނައިފަ އެވެ.

"އެ މީހުންނަށް (އީގަލްސް އަށް) އެ އިން ދެ މެޗު ނަގައިފިއްޔާ އެ މީހުން ގަދަ ހަތަރަކަށް ވަންނާނެ. އެހެންވީމަ ވަރަށް ރަނގަޅު ފޯމެއްގައި އެ މީހުން އެ ތިބީ. އެއީ ސްޓްރޯންގް (ވަރުގަދަ) ޓީމެއް ހަމަ. އީގަލްސް އިން އަޅުގަނޑަށް އެނގޭ އެއްޗަކީ އެންމެ ތަންކޮޅެއް ވެސް ދުލެއް ނުދޭނެކަން. އެ މީހުން ވެސް ޓޮޕް ފޯ (ގަދަ ހަތަރަކަށް) އަށް ހިފާނެހަމަ އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން،" ނިސްތާރު ބުންޏެވެ.

ގްރީން ސްޓްރީޓްސް އާއި އީގަލްސް ކުޅޭ މެޗު ފަށާނީ މިރޭ 10 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox