މުލަ ރޯދަ ދުވަހު ދެ ޕާޓީން އެއްވެ ހަމަނުޖެހުން

އިދިކޮޅާއި އެމްޑީޕީގެ ސަޕޯޓަރުން ބާ ޖަމާލުއްދީނަށް އެއްވެ މުޒާހަރާ ކުރަނީ: އެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރީ ޕެޕާ ސްޕްރޭ ބޭނުން ކޮށްގެން-- ފޮޓޯ: ހުސައިން ޝަޔާހް/އަދަދު

އިދިކޮޅާއި އެމްޑީޕީގެ ސަޕޯޓަރުން ބާ ޖަމާލުއްދީނަށް އެއްވެ މުޒާހަރާ ކުރަނީ: އެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރީ ޕެޕާ ސްޕްރޭ ބޭނުން ކޮށްގެން-- ފޮޓޯ: ހުސައިން ޝަޔާހް/އަދަދު

ރޯދަ މަސް މިއަދު ފެށިފައިވާއިރު އިދިކޮޅު ކޯލިޝަނާއި އެމްޑީޕީގެ އިސްވެރިން ހިމެނޭގޮތަށް ގިނަ އަދަދެއްގެ ސަޕޯޓަރުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މައި މަރުކަޒު ދޮށަށް އެއްވެ ހަމަނުޖެހުން ހިންގައިފި އެވެ.

އިންތިހާބާ ބެހޭ މައި މަރުކަޒު ބާ ޖަމާލުއްދީނަށް އިދިކޮޅު، ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން 1:30 ކަންހާއިރު އެއްވީ މިދިޔަ ހޮނިހިރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ ކަށަވަރުނުވާ 18 ވޯޓު ފޮއްޓެއް އަލުން ގުނަން އުޅުމުންނެވެ. އިދިކޮޅު ކޯލިޝަނުން ތުހުމަތު ކުރަނީ ވޯޓު އަލުން ގުނުމުގެ ނަމުގައި ވޯޓު އޮޅުވާލަން ސަރުކާރާއި އީސީން މަސައްކަތް ކުރާ ކަމަށެވެ.

ބާޖަމާލުއްދީން ސަރަހައްދަށް ފުރަތަމަ އެއްވި މީހުންގެ ތެރޭގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމާއި އެ ކޯލިޝަންގެ މަޖިލިސް މެމްބަރުންގެ އިތުރުން މާލޭ މޭޔަރުކަމަށް އިންތިހާބުވި ޑރ. މުހައްމަދު މުއިއްޒު ހިމެނެ އެވެ. މުއިއްޒު އެތަނަށް ވަޑައިގަތީ ވޯޓު އަލުން ގުނަން ވެގެން އީސީން ދައުވަތު ދިނުމުންނެވެ.

Advertisement

ރައީސް މުހައްމަދު ނަޝީދު އެއްވުމުގެ ތެރޭގައި: ނަޝީދު އެ ސަރަހައްދަށް ވަޑައިގަތުމުން ހަމަނުޖެހުން ބޮޑުވި-- ފޮޓޯ: ހުސައިން ޝަޔާހް/އަދަދު
ރައީސް މުހައްމަދު ނަޝީދު އެއްވުމުގެ ތެރޭގައި: ނަޝީދު އެ ސަރަހައްދަށް ވަޑައިގަތުމުން ހަމަނުޖެހުން ބޮޑުވި-- ފޮޓޯ: ހުސައިން ޝަޔާހް/އަދަދު

ރައީސް މުހައްމަދު ނަޝީދު އެއްވުމުގެ ތެރޭގައި: ނަޝީދު އެ ސަރަހައްދަށް ވަޑައިގަތުމުން ހަމަނުޖެހުން ބޮޑުވި-- ފޮޓޯ: ހުސައިން ޝަޔާހް/އަދަދު

ވޯޓު އަލުން ގުނާތީ އިދިކޮޅު ސަޕޯޓަރުން ނުރުހުން ފާޅު ކޮށް މުޒާހަރާ ކުރަމުން ދަނިކޮށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ 2:00 ޖަހާކަންހާއިރު ބާޖަމާލުއްދީނަށް ވަޑައިގެންފަ އެވެ. ނަޝީދާއެކު އެމްޑީޕީގެ ގިނަ މަޖިލިސް މެމްބަރުންނާއި ސަޕޯޓަރުން ވެސް ވަޑައިގަތެވެ. އޭގެ ތެރޭގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ހިމެނެ އެވެ. ނަޝީދު ވިދާޅުވިގޮތުގައި އެ ސަރަހައްދަށް ވަޑައިގަތީ އިދިކޮޅު ކޯލިޝަންގެ ލީޑަރުން ބާޖަމާލުއްދީނަށް ވަދެ ނުނިކުމެ ގިނައިރު ވުމުގެ ސަބަބުންނެވެ.

އިހުތިޖާޖުގެ ތެރެއަށް ނަޝީދު ވަޑައިގަތުމާއެކު ހަމަ ނުޖެހުން ބޮޑުވި އެވެ. ނަޝީދު އެ ސަރަހައްދުން ނެރުމަށް އިދިކޮޅު ސަޕޯޓަރުން ގޮވާލަމުން ދިޔައިރު ނަޝީދަށް ހިމާޔަތް ދިނީ ބޮޑީގާޑުންނާއި ފުލުހުންގެ އިތުރުން އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ސަޕޯޓަރުންނެވެ.

އިދިކޮޅުގެ ސަޕޯޓަރުން ވަނީ ނަޝީދުގެ ހިމާޔަތުގައި ތިބި މީހުން ވަށާލައި އަޑުއުފުލާފަ އެވެ. ހުތުރު ބަހުން ވާހަކަ ދެއްކުމުގެ އިތުރުން ދެ ފަރާތުގެ ސަޕޯޓަރުން ގަޔަށް އަތްލައި ކޮންމެވެސް ވަރަކަށް މާރާމާރީ ވެސް ހިންގި އެވެ.

އެއްވުމުގެ ބައިވެރިން އެ ސަރަހައްދުން ފޮނުވާލުމަށް ފުލުހުން މަސައްކަތް ކުރަނީ: އެކަން ކޮންޓްރޯލް ކުރީ ޕެޕާ ސްޕްރޭ ޖަހައިގެން-- ފޮޓޯ: ހުސައިން ޝަޔާހް/އަދަދު
އެއްވުމުގެ ބައިވެރިން އެ ސަރަހައްދުން ފޮނުވާލުމަށް ފުލުހުން މަސައްކަތް ކުރަނީ: އެކަން ކޮންޓްރޯލް ކުރީ ޕެޕާ ސްޕްރޭ ޖަހައިގެން-- ފޮޓޯ: ހުސައިން ޝަޔާހް/އަދަދު

އެއްވުމުގެ ބައިވެރިން އެ ސަރަހައްދުން ފޮނުވާލުމަށް ފުލުހުން މަސައްކަތް ކުރަނީ: އެކަން ކޮންޓްރޯލް ކުރީ ޕެޕާ ސްޕްރޭ ޖަހައިގެން-- ފޮޓޯ: ހުސައިން ޝަޔާހް/އަދަދު

ނަޝީދު 30 މިނެޓް އެ ސަރަހައްދުގައި ހުންނެވުމަށް ފަހު ފަހުން ވަނީ ކާރުގައި އެ ސަރަހައްދު ދޫކޮށް ވަޑައިގެންފަ އެވެ. އޭރު ކާރު ކައިރީގައި ތިބެގެން ވެސް އިދިކޮޅު ސަޕޯޓަރުން ދިޔައީ ނުރުހުން ފާޅު ކުރަމުންނެވެ.

އެއްވި މީހުންގެ ތެރޭގައި އިދިކޮޅުގެ ސަޕޯޓަރުން ގިނައިރު، ފުލުހުން ފަހުން ވަނީ ބާޖަމާލުއްދީންގެ ތެރެއިން އެންމެން ނެރެފަ އެވެ. އެކަން ފުލުހުން ކުރީ އެ ސަރަހައްދު ދޫކޮށް ދާން އިންޒާރު ދިނުމަށް ފަހު ޕެޕާ ސްޕްރޭ ޖަހައިގެންނެވެ.

ޕެޕާ ސްޕްރޭ ޖެހުމުން އަސަރު ކުރި މީހުންގެ ތެރޭގައި އަބްދުއްރަހީމް ވެސް ހިމެނެ އެވެ.

ފުލުހުން ބުނީ އެ މަރުކަޒުގައި ހިނގި ހަމަނުޖެހުން ކޮންޓްރޯލްކޮށް، އެ ސަރަހައްދުގައި ތިބި މީހުން މިހާރު ފޮނުވާލާފައިވާ ކަމަށެވެ.

އަދި އެ ހަމަނުޖެހުންތަކުގައި އެއްވެސް މިހާކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox