ހާލަތުގެ ޝަކުވާކުރަން ނިސްތާރު ބޭނުމެއް ނޫން

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ކޮވިޑް-19ގެ ސަބަބުން ޓްރެއިނިންތައް ކުރިއަށްގެންދިއުމާއި އެހެނިހެން ގޮތްގޮތުން ހުރި ގޮންޖެހުންތަކުގެ ޝަކުވާކުރަން އޭނާ ބޭނުންނުވާ ކަމަށް ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނެފި އެވެ.

ކޮވިޑް ކޭސްތައް ގިނަވާތީ ހަރުކަށި ގައިޑްލައިންތަކެއްގެ ތެރެއިން ފުޓްބޯޅަ ކުޅެން ފުރުސަތު ދީފައިވާއިރު، ރަނގަޅަށް ޕްރެކްޓިސް ސެޝަންތައް ކުރިއަށްގެންދަން އެކި އުނދަގޫތަކާ ވަނީ ކުރިމަތިވެފަ އެވެ. އޭގެ ތެރެއިން ސަބަބެއް ކަމަށް ބައެއް ކޯޗުން ފާހަގަކުރާ އެއް ކަމަކީ ހާފް ޕިޗެއްގައި ޕްރެކްޓިސް ކުރަން ޖެހުމެވެ.

ނިސްތާރު ބުނީ ކޮވިޑަކީ މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ކަމެއް ކަމަށާއި އެހެންވެ އޭގެތެރޭގައި އުޅޭއިރު ކަންކަން ކުރަން އުނދަގޫތަކެއް ހުންނާނެކަން އެނގޭ ކަމަށެވެ.

Advertisement

"އެއީ އަޅުގަނޑުމެންނަށް ސީޒަން ފެށުނުއިރު ވެސް އެނގޭ ކަންކަން މި ކަހަލަ ގޮތަކަށް ކަން ކަންކަން ހުންނާނީ. މިހާރު ހާފް ޕިޗްގައި ޓްރެއިން ކުރުމަކީ މިހާރު އެކްސްކިއުޒަކަށް (ޝަކުވާ އަކަށް) ނުނެގޭ ކަމަކީ ފުލް ޕިޗް ބޭނުންވީމަ ލިބޭ. އެއީ ހެނދުނު ޕްރެކްޓިސް ކުރާ ކަމަށްވާނަމަ ބޭނުންކުރެވިދާނެ. ފުލް ޕިޗްގައި މުޅި ވީކްގައި އެއްވެސް ބައެއް ޓްރެއިން ނުކުރާނެ އެއީކީ އުނދަގުލެއް ނޫން. ކޮވިޑް މިއީ މުޅި ދުނިޔެ އަށް އޮތް ކަމެއް. އެހެންވީމަ އުނދަގޫތަކެއް ހުންނާނެ،" ނިސްތާރު ބުންޏެވެ.

ލީގުގައި އެންމެ ފަހުން ގްރީން ސްޓްރީޓްސް ކުޅުނު މެޗުން ވަނީ ދަ ގްރާންޑޭ އަތުން މޮޅުވެފަ އެވެ. އެކަމަކު އެ ޓީމު ވަނީ ފުރަތަމަ ބުރުގައި މުހައްމަދު ޝާޒްލީ (ޝާޒް)ގެ ކޯޗުކަމުގައި އޭރު ކުޅުނު ޓީސީ އަތުން ބަލިވެފަ އެވެ. ނިސްތާރު ބުނީ ފުރަތަމަ ބުރުގެ މެޗުން ފިލާވަޅުނަގައި މި މެޗުގައި ކަންތައްތައް ރަނގަޅުކުރާނެ ކަމަށެވެ.

"މި އަހަރު އަޅުގަނޑުމެންނަށް ލަނޑު ދީފައި އިން އެއް ޓީމު (ޓީސީ އަކީ). އެހެންވީމަ އަޅުގަނޑު ދެކެނީ ވަރަށް އުނދަގޫ މެޗެއް ކަމަށް. ވަކި ޓީސީ އެއް ނޫން ކޮންމެ ޓީމަކާ ކުޅުނަސް އަޅުގަނޑުމެން ބައްޔެއް ބޭނުމެއް ނުވޭ ދެެން ވެވުނު ހުރިހާ ތައްޔާރީއެއް ވާނަން،" ނިސްތާރު ބުންޏެވެ.

މި ވަގުތު އަނިޔާގައި ހުރި ސްޕެއިންގެ މިޑްފީލްޑަރު އެންހެލް މުނޯޒަށް އަވަހަށް ކުޅެވޭނެ ކަމަށް ގަބޫލުނުކުރާ ކަމަށް ނިސްތާރު ބުންޏެވެ. އެކަމަކު ނިސްތާރަށް އޮތް ހިތްހަމަޖެހުމަކީ އެންމެ ފަހުން މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ލަނޑު ޖެހި މުހައްމަދު ރިސްވާން (ފުކޭ) ފިޓްވެފައިވުމެވެ.

ނިސްތާރު ބުނީ އަބަދުވެސް ޓީމެއް ކަނޑައަޅަނީ އެ މެޗަކަށް އެންމެ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކުޅުންތެރިންނަށް ބަލައިގެން ކަމަށެވެ.

ލީގުގެ ތިން ވަނައިގައި ގްރީން ސްޓްރީޓްސް އޮތީ 11 މެޗުން 17 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ ޓީސީ ބަލިކޮށްގެން ގްރީން ސްޓްރީޓްސް އަށް ލީގުގެ ދެ ވަަނައިގައި އޮތް ވެލެންސިއާ އާއި އެއް ވަނައިގައި އޮތް މާޒިޔާއާ ދެމެދު ޕޮއިންޓުގެ ފަރަގު ކުޑަކުރެވޭނެ އެވެ. މާޒިޔާ އަށް 11 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، ރޭ ސަސް އަތުން މޮޅުވި ވެލެންސިއާ ވަނީ 11 މެޗުން 21 ޕޮއިންޓް ހަމަކޮށްފަ އެވެ.

ޓީސީ އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox