ދަ ގްރާންޑޭ އަށް ދެ ރަތް ކާޑު, ގްރީން ތިން ވަނަ އަށް

ދަ ގްރާންޑޭގެ އިފާޒް އަށް މެޗުގެ ރެފްރީ ހުސެއިން ރަތް ކާޑެއް ދައްކަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދަ ގްރާންޑޭގެ އިފާޒް އަށް މެޗުގެ ރެފްރީ ހުސެއިން ރަތް ކާޑެއް ދައްކަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ މެޗުގެ ބޮޑުބައި ދެ ކުޅުންތެރިން މަދުކޮށް ކުޅުނު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް, ކްލަބް ގްރީން ސްޓްރީޓްސް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

މިރޭގެ މެޗުން މޮޅުވެގެން ލީގުގެ ދެ ވަނަ އަށް އެރުމުގެ ފުރުސަތު ދަ ގްރާންޑޭ އަށް އޮތެވެ. އެކަމަކު ފުރަތަމަ ހާފުގައި ދެ ރަތް ކާޑު ދެއްކުމުން އެ ޓީމުން މޮޅުވާން ކުރި މަސައްކަތަށް ކާމިޔާބެއް ނުލިބުނީ އެވެ.

ގްރީން ސްޓްރީޓްސް އިން ހޯދި މޮޅާ އެކު އެ ޓީމު ތިން ވަނަ އަށް އެރީ 11 މެޗުން 17 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ މި ހަފްތާގައި ކުޅެން އޮތް އީގަލްސް މެޗު ވަނީ ފަސްކޮށްފަ އެވެ. އެއީ އީގަލްސް އޭއެފްސީ ކަޕް ކޮލިފައިންގައި ކުޅޭ މެޗު އޮތުމުންނެވެ. ވެލެންސިއާ އަށް 10 މެޗުން ވަނީ 18 ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަނައިގައި ދަ ގްރާންޑޭ އޮތީ 11 މެޗުން 16 ޕޮއިންޓާ އެކު އެވެ.

ދަ ގްރާންޑޭ މި މެޗަށް ނުކުތްއިރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލަ އަކީ ސަސްޕެންޝަނުގެ ސަބަބުން އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އަހުމަދު އަޔާޒް (އަޔާ) އަށް ނުކުޅެވުމެވެ. އަނެއްކޮޅުން ގްރީން ސްޓްރީޓްސްގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) ފިޓްވުމުން އޭނާ ވަނީ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ.

މެޗު ފަށައިގެން ފުރަތަމަ 10 މިނިޓް ތެރޭގައި ޗޯޓު ފޮނުވާލި ބޯޅައެއް ދަ ގްރާންޑޭގެ ކީޕަރު އިޔާން އަބްދުލް އަލީމް (ޗިކީ) ވަނީ މަތަކޮށްފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން މެޗުގެ 12 ވަނަ މިނިޓްގައި ދަ ގްރާންޑޭގެ ކެޕްޓަން އަހުމަދު ވިޖުދާން (ވިޖޫ) އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. ވިޖޫ އަށް ރަތް ކާޑު ދެއްކީ އެންމެ ފަހަތުގައި ހުރެފައި ގްރީން ސްޓްރީޓްސްގެ އަންސަރު އިބްރާހިމް (އަންކޮ) އަށް ފައުލުކުރުމުންނެވެ.

ކުޅުންތެރިއަކު މަދުވި ފަހުން ދަ ގްރާންޑޭ އިން ކުޅުން ރަނގަޅުކޮށް ގްރީން ސްޓްރީޓްސް ހާފުގެ ތެރޭގައި ކުޅެން ފެށި އެވެ. ދަ ގްރާންޑޭގެ މުހައްމަދު ސަހާއު (ބޭލް) ޖެހި ބޯޅައެއް އަރިމަތިން ދިޔައީ ބޭރަށެވެ. މެޗުގެ 27 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ މުހައްމަދު ސާއިފް އެންމެ ފަހަތުގައި ހުރެފައި މަތިން އައި ބޯޅައެއްގައި އަތްލުމުން ރެފްރީ ހުސެއިން ޒަހީރު ވަނީ ހިލޭ ޖެހުމެއް ދީފަ އެވެ. އެކަމަކު ސާއިފަށް ރީނދޫ ކާޑެއް ނުދެއްކުމުން ދަ ގްރާންޑޭ ކުޅުންތެރިން ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

ގްރީން ސްޓްރީޓްސް އިން ލީޑުނެގީ މެޗުގެ 32 ވަނަ މިނިޓްގައި ޗޯޓު ޖެހި ގޯލުންނެވެ. އޭރިއާތެރެއިން ލިބުނު ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ޗޯޓު ވަނީ ހަމަޖެހިލާފައި ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

މެޗުގެ 44 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އަށް ގްރާންޑޭގެ އޭރިއާބޭރުން ލިބުނު ހިލޭ ޖެހުމެއް ގްރީން ސްޓްރީޓްސްގެ އަބްދުالله ޔާމީން (ޔާން) އަވަހަށް ޖެހި އެވެ. އޭރު ދަ ގްރާންޑޭ ކުޅުންތެރިން ތިބީ ރަނގަޅަށް ތައްޔާރުނުވެ އެވެ. އެ ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އެ ހިލޭ ޖެހުން އަވަހަށް ފޮނުވާލަން ފުރުސަތު ދިނުމުން އެކަމާ ދަ ގްރާންޑޭ ކުޅުންތެރިން ނުރުހުން ފާޅުކުރުމުގެ ތެރޭގައި އެ ޓީމުގެ އަލީ އިފާޒް ބުނި އެއްޗަކުން އޭނާ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. ރެފްރީ ހުސެއިންގެ މި ނިންމުމާ މެދު ދަ ގްރާންޑޭގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ވަރަށް ބޮޑަށް ހިތްހަަމަނުޖެހިފަ އެވެ.

ދެ ކުޅުންތެރިން މަދުކޮށް ވެސް ދަ ގްރާންޑޭ އިން ވަނީ ދެ ވަނަ ހާފުގައި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްފަ އެވެ. ދަ ގްރާންޑޭގެ އުޒްބެކިސްތާން މިޑްފީލްޑަރު ކޮމިލޯވް އަބްދުރަސުލް އަށް ލިބުނު ދެ ބޯޅަ ވެސް ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވުމުން އެ ފުރުސަތު ގެއްލުނީ އެވެ.

ދެ ވަނަ ހާފްގެ ފުރަތަމަ 15 މިނިޓަށް ފަހު ގްރީން ސްޓްރީޓްސް އިން އެޓޭކްތައް ވަރުގަދަކުރި އެވެ. އެގޮތުން މެޗުގެ 61 ވަނަ މިނިޓްގައި އަންކޮ އޭރިއާތެރެއިން ހުސްކޮށް ހުރެފައި ޖެހި ބޯޅަ ތިރިތިރިން ދިޔައީ ބޭރަށެވެ. އޭގެ ހަތަރު މިނިޓް ފަހުން އޭރިއާބޭރުން ހަލީލް ޖެހި ބޯޅަ ދަ ގްރާންޑޭގެ ކީޕަރު ޗިކީ ވަނީ މަތަކޮށްފަ އެވެ. އަދި އޭގެ ފަހުން ގާތްގާތުގައި ގްރީން ސްޓްރީޓްސް އިން ފޮނުވާލި ބޯޅަތަކެއް ވެސް ޗިކީ ވަނީ ހުށިޔާރުކަމާ އެކު ހުއްޓުވައިފަ އެވެ.

ނަތީޖާ ހަމަހަމަކުރަން ދަ ގްރާންޑޭގެ އުޒްބެކިސްތާން މިޑްފީލްޑަަރު އުމަރުޔޯނޯފް އަހްރޯރް އާއި ޔަސްފާދު ހަބީބު (މުލަކޭ) އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުންނުކުރުމުގެ ނަތީޖާއަކަށްވީ މެޗުގެ 78 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އިން ދެ ވަނަ ލަނޑެއް ޖެހުމެވެ. މި ގޯލު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މުހައްމަދު ރިސްވާން (ފުކޭ) އެވެ. އޭރިއާތެރެއިން ފުކޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފަ އެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ ތިން ޕޮއިންޓް ލިބުމުން ހިތްހަމަ ޖެހޭ ކަމަށާއި އެކަމަކު ބޭނުންވި ގޮތަށް މެޗުގައި ބައެއް ކަންތައްތައް ނުދިޔަ ކަމަށެވެ.

"އެހެންދިމާވި (ދަ ގްރާންޑޭ ރަތް ކާޑާ ހެދި މެޗު ފަސޭހަކޮށްލެވުނު). ދެން ފާހަގަކޮށްލަން ކީޕަރު އިޔާންގެ ވަރަށް މޮޅު ސޭވްތަކާއި ދެން ވަރަށް ސްޓްރޯންގްކޮށް ޖެއްސި އެ މީހުން 90 މިނިޓް ވަންދެން. މިހާރު ކާޑެއް އައީމަ ވަރަށް އުނދަގޫވާނެ. ދެން އެކަމަކު އަޅުގަނޑުމެން ވަރަށް ރަނގަޅަށް ކުޅެނިކޮށް އެ ކާޑު އައީ. ދެން އަޅުގަނޑުމެންގެ ގޭމް ރަނގަޅަށް ދިޔަ ހަމަ," ނިސްތާރު ބުންޏެވެ.

ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ ހަގީގަތުގައި ފުރަތަމަ ރަތް ކާޑަށް ފަހު ވަރަށް ބޮޑެތި އުނދަގޫތަކެއް ދިމާވި ކަމަށާއި އެހާކުރިން ދެ ވަނަ ރަތް ކާޑެއް ވެސް ދެއްކުމުން ދެން މުޅި މެޗު ކަހަލަ ގޮތަކަށް ޖެހުނީ ރިސްކު ނަގައިގެން ޓެކްޓިކްސްތަކަށް މާ ބޮޑަށް ނުބަލައި ވިޔަސް ކުޅެވޭތޯ ކަމަށެވެ.

"މިއަދު 90 މިނިޓް ތެރޭގައި ވަރަށް އުނދަގޫ ހާލަތްތަކެއް އަޅުގަނޑަށް ދިމާވީ ހާއްސަކޮށް ދެ ޕްލޭޔަރުންނަށް ރަތް ކާޑު ދައްކައި މެޗުގެ ފުރަތަމަ ހާފުގައި ބޭލުމަކީ ވަރަށް އުނދަގޫ ކަމެއް. އެކަމަކު ވެސް ހިތްވަރުކޮށްގެން ފަހަތަށް ނުޖެހި ބައްޓަން ކުރެވޭގޮތަކަށް ޓެކްޓިކްސް ބައްޓަންކޮށްގެން ހަމަ އެޓޭކިން މެންޓަލިޓީ ލަނޑު ޖަހާނެ ފުރުސަތު ވެސް ހޯދި. މި ވަރުގެ ހިތްވަރެއް އެ ކުދިން ދެއްކީތީ އެކަން ފާހަގަކުރަން. ބަލިވީތީ ހިތްހަމަޖެހެއޭ ނުބުނެވޭނެ," އިންމަ ބުންޏެވެ.

އިންމަ ބުނީ ދަ ގްރާންޑޭގެ އިފާޒަށް ރެފްރީ ރަތް ކާޑު ދެއްކީ އެ ޓީމުގެ އެހެން ކުޅުންތެރިއަކާ ދިމާލަށް ބުނި އެއްޗެއް އެއީ ރެފްރީ އަށް ނިސްތަތްކޮށް ދެއްކި ވާހަކައެއް ކަމަށް ހީކޮށް ކަމަށެވެ. އަދި އެ ރަތް ކާޑު ދެއްކުމުގައި އެ މެދުވެރިވި ހާލަތްތަކުގައި ރެފްރީ އަށް ވެސް ގޯސްތަކެއް ހެދުނު ކަމަށާއި އެކަމަކު އެއީ ފުޓްބޯޅައިގައި ކޮންމެވެސް ވަރަކަށް ހިނގާ ކަންތައްތައް ކަން އިންމަ ފާހަގަކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އިން 10 ވަނަ ފަހަރަށް ސާފްގެ ތަށި އުފުލާލައިފި

ޕާކިސްތާން 2-1 އިން ބަލިކޮށް، އިންޑިއާ އިން 10 ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ތަށި ކާމިޔާބުކޮށްފިއެވެ. މިއީ އިންޑިއާ އިން ޖެހިޖެހިގެން މި މުބާރާތުގެ ތަށި އުފުލާލި ތިންވަނަ ފަހަރެވެ. ފުރަތަމަ ހާފުގައި ޕާކިސްތާނުން ލީޑު ނެގި ނަމަވެސް، ދެވަނަ ހާފުގައި އިންޑިއާ އިން ވަނީ ފަހަތުން އަރައި ދެ ގޯލު ޖަހައި މެޗު ކާމިޔާބުކޮށްފައެވެ.

ސުޖަން، 17 އަހަރަށް ފަހު ސްރީ ލަންކާ އަށް ކުޅުން ހުއްޓާލައިފި

ސްރީ ލަންކާގެ ގައުމީ ފުޓްބޯޅަ ޓީމަށް 17 އަހަރު ވަންދެން ކުޅެދިނުމަށްފަހު، އެ ޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު ސުޖަން ޕެރޭރާ ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކޮށްފި. ގައުމީ ޓީމަށް 69 މެޗު ކުޅެދީފައިވާ ސުޖަންގެ ރިޓަޔަމަންޓް ފާހަގަކުރުމަށް އަންނަ އަހަރުގެ މާޗް މަހު ހާއްސަ ހަފްލާއެއް ބޭއްވުމަށް ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމާފައި

އިޔަން އާއި އާމިން ގައުމީ ބޮޑީބޯޑިން ލީގު ޓައިޓަލް ދިފާއުކޮށްފި

މި އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ޗެމްޕިއަންކަން އާމިން އުމަރު މޫސާ ދިފާއުކުރިއިރު، ޖޫނިއާ ލީގުގެ ޓައިޓަލް އިޔަން އަހުމަދު ވަނީ ދިފާއުކޮށްފައެވެ. އާމިން ލީގު ކާމިޔާބުކުރީ ސީޒަން ނިންމާލުމަށް ބޭއްވި ބަނޑުފިލާ ޗެލެންޖުގެ މެންސް އޯޕަން ބައިގެ އެއްވަނަ ހޯދައިގެންނެވެ. އަދި އިޔަން ޖޫނިއާ ލީގުގެ އެއްވަނަ ހޯދީ ބަނޑުފިލާ ޗެލެންޖުގެ ޖޫނިއާ ބައިގެ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު ކުރިހޯދައިގެންނެވެ.

އިންޑިއާގެ އަމާޒު ހުރީ ޖެހިޖެހިގެން ތިން ވަނަ ސާފް ތަށްޓައް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް، ޖެހިޖެހިގެން ތިންވަނަ ފަހަރަށް ތަށި ހޯދުމުގެ އަމާޒުގައި އިންޑިއާ މިރޭ ފައިނަލުގައި ޕާކިސްތާނާ ދެކޮޅަށް ނުކުންނާނެ. އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ބުނިގޮތުގައި، ގިނަ ގޮންޖެހުންތަކަކާއެކު ވެސް މި މުބާރާތް ކާމިޔާބުކުރުމަކީ އެ ގައުމުގެ ފުޓްބޯޅައަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް

ޕާކިސްތާނަށް އިންޑިއާ ބަލިކުރަން އެނގޭނެ: ސޮލާނޯ

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އިންޑިއާ ބަލިކުރަން އެނގޭނެ ކަމަށް ޕާކިސްތާނުގެ ކޯޗު ސޮލާނޯ ބުނެފައިވާއިރު، މިއީ އެ ގައުމުން މި މުބާރާތުގެ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. ގްރޫޕް ސްޓޭޖުގައި އިންޑިއާ އަތުން ބަލިވި ނަމަވެސް، ޔޫރަޕްގައި ކުޅޭ މުހިންމު ކުޅުންތެރިންތަކެއް ޓީމާ ގުޅުމަކީ ޕާކިސްތާނަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ. އިންޑިއާ އަކީ މި މުބާރާތުގެ ތަށި ނުވަ ފަހަރު ހޯދާފައިވާ އެންމެ ކާމިޔާބު ޓީމެވެ.

ވާޓްޒްގެ ލަނޑުތަަކާ އެކު ޖަރުމަނުން ނެދަލެންޑްސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން 5-0 ގެ ބޮޑު ތަފާތަކުން ނެދަލެންޑްސް ބަލިކޮށް، ޖަރުމަނުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި. ފްލޯރިއަން ވާޓްޒް ދެ ލަނޑު ކާމިޔާބުކުރި މި މެޗުގެ ނަތީޖާއާއެކު، ޖަރުމަނުން ވަނީ ގްރޫޕްގެ އެއްވަނަ މަގާމު ވެސް ހޯދާފައި.

ޔުއެފާ އިން ފީފާ އިންތިހާބަށް ނެރުނީ ފްރާްންސްގެ ފުޓްބޯޅަ ރައީސް

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރަން އާސެން ވެންގާ ދެކޮޅު ހެދުމުން، ޔުއެފާގެ ތާއީދާއެކު ފްރާންސް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ފިލީޕޭ ޑިއާލޯ އިންތިހާބަށް ކުރިމަތިލައްވައިފި. މި އިންތިހާބުގައި ޑިއާލޯގެ އިތުރުން މިހާރުގެ ރައީސް އިންފަންޓީނޯ އާއި އިތުރު ދެ ކެންޑިޑޭޓުން ވާދަކުރާއިރު، އިންތިހާބު އޮންނާނީ އަންނަ އަހަރުގެ މާޗް މަހުގައި

Newsletter

Get the latest news delivered straight to your inbox