މުސްތަގުބަލުގައި ގައުމީ ޓީމަށް ކުޅޭނެ ކުޅުންތެރިން ގްރީންގައި އެބަތިބި: ނިސްތާރު

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު ވާހަކަ ދައްކަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު ވާހަކަ ދައްކަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މުސްތަގުބަލުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅޭނެ ގިނަ ކުޅުންތެރިން ކްލަބް ގްރީން ސްޓްރީޓްސް މި ވަގުތު އެބަތިބި ކަމަށް އެ ޓީމުގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނެފި އެވެ.

ކުރިން އއ. މާޅޮހާއި ށ. ފޯކައިދޫއާ އެކު ފުރަތަމަ ޑިވިޝަނުގައި ވާދަކުރިއިރު ވެސް ނިސްތާރު ވަނީ ގިނަ ޒުވާން ކުޅުންތެރިންތަކަކަށް ފުރުސަތު ދީފަ އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ގްރީން ސްޓްރީޓްސްގެ ކޯޗުކަމާ ހަވާލުވެ ނިސްތާރު އަންނަނީ އެ ޓީމުގައި ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ. ޔޫތު ގައުމީ ޓީމުތަކަށް ވެސް ކުޅެފައިވާ ކުޅުންތެރިން ހިމެނޭ ގޮތަށް ވަރަށް ރަނގަޅު ސްކޮޑެއް ނިސްތާރުގެ ބެލުމުގެ ދަށުން ގްރީން ސްޓްރީޓްސް ވަނީ އެކުލަވާލައިފަ އެވެ.

ނިސްތާރު ބުނީ އޭނާ އަށް ގްރީން ސްޓްރީޓްސްގެ މުސްތަގުބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށާއި އޭގެ އެންމެ ބޮޑު ސަބަބަކީ ކުޅުންތެރިން ކުރާ މަސައްކަތް ރަނގަޅުވުން ކަމަށެވެ.

Advertisement

"އަޅުގަނޑު ގަބޫލުކުރާގޮތުގައި މިހާރު އަޅުގަނޑުމެން އަތުގައި މި ތިބި ޕްލޭޔަރުންނަކީ ކުރިއަށް އޮތްތާގައި ރާއްޖޭގެ ގައުމީ ޓީމަށް ކުޅޭނެ ކުޅުންތެރިން. ވަރަށް ގިނަ ކުދިން މީގެއިން ކުޅޭނެ (ގައުމީ ޓީމަށް). އެހެންވީމަ ވަރަށް އުއްމީދު އެބައޮތް ގްރީން ސްޓްރީޓްސް ކުރިއަށް އޮތްތާގައި މި އަށް ވުރެން ސްޓްރޯންގް (ވަރުގަދަ) ވާނެ ކަމަށް," ނިސްތާރު ބުންޏެވެ.

ގްރީން ސްޓްރީޓްސް އިން މިހާތަނަށް ލީގުގައި 10 މެޗު ކުޅެފައިވާއިރު އެ ޓީމު އޮތީ ލީގުގެ ހަތަރު ވަނައިގަ އެވެ. އެއީ 14 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް މިރޭ ގްރީން ސްޓްރީޓްސް ނުކުންނައިރު, މި މެޗުން މޮޅުވެގެން އެ ޓީމަށް ލީގުގެ ތިން ވަނަ އަށް އެރޭނެ އެވެ.

"ދަ ގްރާންޑޭ އަކީ ތިން ވަނައިގައި އިން ޓީމު އެހެންވީމަ ވަރުގަދަ މެޗަކަށް މި ތައްޔާރުވަނީ. އަޅުގަނޑުމެން މި އިން ހިސާބުން ކުރިއަށް އަރަން ލިބޭ ވަރަށް ބޮޑު ފުރުސަތެއް. ދަ ގްރާންޑޭ އަށް ވެސް ހަމަ ސޭމް ސިޓުއޭޝަން (ހާލަތު) ކަންނޭނގެ. އެހެންވީމަ ހަަމަ އެކްސްޕެކްޓް (އުއްމީީދު) ކުރެވޭ ވަރަށް ސްޓްރޯންގް (ވަރުގަދަ) މެޗަކަށް," ނިސްތާރު ބުންޏެވެ.

ކޮވިޑް-19ގެ ތެރޭގައި މި ސީޒަން ފަށަން ޖެހުމާ އެކު ގްރީން ސްޓްރީޓްސް އިން ސީޒަނަށް ޓީމު އެކުލަވާލީ ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭނެ ކަމަށް ތައްޔާރުވެގެންނެވެ. ނިސްތާރު ބުނީ އެ ގޮތަށް ވިސްނައި ޓީމު އެކުލަވާލުމުގެ ފައިދާ މިހާރު ފެންނަ ކަމަށާއި ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުގެ މާ ބޮޑު މައްސަލައެއް އަދި އެ ޓީމަށް ކުރިމަތިނުވާ ކަމަށެވެ.

"އެއީ ހަމަ އަޅުގަނޑުމެން ރާވައިގެން ކްލަބްގެ ވެރިފަރާތާއި ވާހަކަ ދެކެވިގެން އެ ގޮތަށް އިންނާނީ ސެޓްކޮށްފައި. ސްކޮޑު އެކުލަވާލި ފަހުން ނަޒާމް މި ލިބުނީ އެެ ވަރަށް ބޮޑު ސްޓްރެންތަކަށް ވެގެންދިޔަ. ދެން ނާހިލް ވެސް ޖޮއިންކުރީ ވަރަށް ފަހުން. ނާހިލް އަކީ އަކީ ވެސް (ފުރަތަމަ) 11 ގައި ކުޅެވޭނެ ކުޅުންތެރިއެއް ދެން މިހެން ނަން ކިޔަން ވެއްޖިއްޔާ ހުރިހާ ކުދިންނަކީ ވެސް ވަރަށް ރަނގަޅު ކުޅުންތެރިން," ނިސްތާރު ބުންޏެވެ.

ނިސްތާރު ބުނީ އޭނާ ކޯޗުކޮށްދޭ ޓީމުތައް އެއްބައިވަންތަކޮށް ފެންނަ އެއް ސަބަބަކީ ކުޅުންތެރިންނާ ދެމެދު ބަހައްޓާ ގުޅުން ވެސް ރަނގަޅުވުމުން ކަމަށާއި ޓީމަކަށް ކާމިޔާބު ލިބޭނީ ހުރިހާ އެންމެން ގުޅިގެން އެކުވެގެން ކުރާ މަސައްކަތުން ކަމަށެވެ.

ގްރީން ސްޓްރީޓްސް އިން މި ސީޒަނުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިއަކީ ފަހަތަށް ކުޅޭ ޓީމުގެ ވައިސް ކެޕްޓަން މުހައްމަދު ސާއިފް އެވެ. ނިސްތާރު ބުނީ ސާއިފް ހުރުމުން މުޅި ޓީމަށް ވެސް ހިތްވަރު ލިބޭ ކަމަށެވެ.

"ހަމަ ޓީމުގެ އެންމެ އިންފްލުއެޝިއަލް ޑިފެންޑަރު ސާއިފް އަކީ އަޅުގަނޑުގެ ނަޒަރުގައި ރާއްޖޭގެ އެންމެ ރަނގަޅު އެއް ޑިފެންޑަރު ނަން ކިޔަންޏާ އަކުރަމް, ނޫމާން ދެން އަޅުގަނޑަށް އެންމެ ރަނގަޅު އެކަކު ސާއިފް އެއީ. ދެން ސާއިފް ގެ ފަރާތުން އެ އަންނަ ލީޑަޝިޕާއި އެ އިންނަ ގެރެންޓީ އަޅުގަނޑުމެންގެ ކުރިއަށް ކުޅޭ ކުޅުންތެރިންނަށް ވެސް އިންނާނެ އޭނައާ މެދު އިތުބާރެއް. އެއީ އަޅުގަނޑުމެންގެ ޓީމު ކުރިއަށްޖައްސާލަން ވެސް ލިބޭ ވަރަށް ބޮޑު ހިތްވަރެއް އަދި މިހާރު ރާމޯސް އައީމަ ވަރަށް ހިތްހަމަޖެހޭ ޑިފެންސްލައިނެއް," ނިސްތާރު ބުންޏެވެ.

ލީގުގައި ދަ ގްރާންޑޭ އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox