ތަޖުރިބާ ނެތް ކަމަށް ބުނާތީ އަނަސް ރައްދު ދެއްވައިފި

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވައި އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރު އަދަދު އަށް އިންޓަވިއު ދެއްވަނީ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވައި އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރު އަދަދު އަށް އިންޓަވިއު ދެއްވަނީ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

އަންނަ ހޮނިހިރުދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވައިގެން ހުންނެވި އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރާ އެންމެ ގާތުން ވާދަކުރައްވާނެކަމަށް ބެލެވޭ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓަކީ މާ ތަޖުރިބާކާރު ބޭފުޅެއްކަމަށް ބުނާ ވާހަކަތަކަށް އަނަސް ރައްދު ދެއްވައިފި އެވެ.

"އަދަދު"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަނަސް ވިދާޅުވީ ކުރީގެ ސަރުކާރުގައި އެތައް އަހަރެއް ވަންދެން ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރުކަން ކުރެއްވި ނަމަވެސް، އޭރު މާލޭގެ ކަންކަން ރާވާފައި އޮތް ގޮތް ރައްޔިތުންނަށް އޮޅިފައި ނޯންނާނެ ކަމަށެވެ.

"ހިންގެވި މަޝްރޫއު ތަކުގައި ވެސް މާލޭގެ ރައްޔިތުންނަށް ކިހާ ދުއްތުރާއްލެއްކަންވީ އެއީ އޮޅިފައިއޮތް ކަމެއް ނޫން. މާލޭ ސިޓީ ރައްޔިތުންނެއް އެކަމެއް ހަނދާނެއް ނުނެތޭ،" އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވި އަނަސް ވިދާޅުވި އެވެ.

Advertisement

މާލޭގެ ބައެއް މަގުތައް ހެދުން ފަދަ މަޝްރޫއުތަކުން ވެސް ހައްލެއް ލިބުމުގެ ބަދަލުގައި، ރައްޔިތުން ތަހައްމަލު ކުރަންޖެހުނީ އިތުރު ތުރާލެއްކަމަށް އޭނާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލަށް އޭރުގެ ސަރުކާރުން ކުރިމަތިކުރުވި ފިއްތުންތައް ފާހަގަކުރައްވަމުން އަނަސް އިތުރަށް ވިދާޅުވީ، ލާމަރުކަޒީ އިންތިޒާމުގެ ތެރެއިން ކައުންސިލްތަކަށް އެމްޑީޕީ އިސްވެ އޮތް ސަރުކާރުން ބާރުވެރިކަން ދިނުމުން، މާޒީ ތަކުރާރުވާން މާލޭގެ ރައްޔިތުން ބޭނުންނުވާ ކަމަށެވެ.

"މެދުނުކެނޑި އައި ހަތް އަހަރުގެ ތުރާތައް އިތުރު ފަސް އަހަރަކަށް ތަކުރާރުވާން ދޭކަށް މާލެ ސިޓީ ރައްޔިތުންނެއް ތިބީ ތައްޔާރަކަށް ނޫން،" އަނަސް ވިދާޅުވި އެވެ.

އެމްޑީޕީގެ ސާފު އަގުލަބިއްޔަތު އޮތް މިހާރުގެ ސިޓީ ކައުންސިލަށް އެކަށީގެންވާ ހިދުމަތެއް ފޯރުކޮށްނުދެވުނު ކަމުގެ ފާޑުކިއުންތަކަށް އިޝާރާތް ކުރައްވައި، އަނަސް ވިދާޅުވީ އެކަންވެސް އެ ގޮތަށް މެދުވެރިވީ ކުރީގެ ސަރުކާރުން ލާމަރުކަޒީ ނިޒާމު އެއްކޮށް ހަނިކޮށް، ކައުންސިލުގެ ބާރުތައް ނެގުމުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox