ކުޑަކުއްޖަކު ރޭޕުކުރި ކަމުގެ ތުހުމަތުވާ ބަޔަކު ހައްޔަރުނުކޮށްގެން ހަމަނުޖެހުން!

އުތުރުގެ ރަށެއްގައި 14 އަހަރުގެ ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތުވާ މައްސަލައިގެ ތަހުގީގު ލަސްކަމަށް ބުނެ އެ ރަށުގެ ބަޔަކު ރޭ މުޒާހަރާކޮށްފި އެވެ.

އެ ކުއްޖާ ރޭޕްކުރި ކަމަށް ތުހުމަތު ކުރާ މީހުންގެ ތެރޭގައި އެ ރަށުގެ ސްކޫލުގެ ޓީޗަރަކާއި ފުލުހަކު ވެސް ހިމެނެ އެވެ. ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ ބަޔަކު ނުރުހުންފާޅުކުރީ އެ މީހުން ހައްޔަރުކުރަން ގޮވާލަ އެވެ.

ފުލުހުންގެ ތަހުގީގު ލަސްކަމަށް ބުނެ ކުރި ޝަކުވާތަކާ އެކު އުފެދުނު ހަމަނުޖެހުމުގައި އާއްމުންގެ ބަޔަކާއި ފުލުހުންނާ ދެމެދު ކުރިމަތިލުމެއް ވެސް ހިނގި އެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަ ގޮތުގައި އޭގެ ތެރެއިން ބައެއް މީހުން ވަނީ އެ ސްޓޭޝަންގެ ދޮރުގައި ފައިން ޖަހައި ގާ ފަދަ ތަކެތި ފުލުހުންނާ ދިމާލަށް އުކައިފަ އެވެ.

ޝީލްޑް ހިފައިގެން ތިބެ އެ ހަމަ ނުޖެހުން ފުލުހުން ކޮންޓްރޯލް ކުރީ ޕެޕާ ސްޕްރޭ ބޭނުން ކޮށްގެންނެވެ.

އެ ރަށު މީހަކު ސޯޝަލް މީޑިއާގައި ލިޔެފައިވާ ގޮތުގައި އިންސާފަށް އެދި ރައްޔިތުން ގޮވުމުން ފުލުހުން އަމަލު ކުރި ގޮތަކީ އިތުރު ފޯހެއް ގެނެސް ރައްޔިތުންގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހައި އަނިޔާ ކުރުމެވެ. އެ މައްސަލަ ހިނގިތާ 20 ދުވަސް ވީއިރު އަދި ވެސް ތަހުގީގު ނުނިމޭ ކަމަށް ބުނެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ކުއްޖާ އަނގައިން އެ ހާދިސާ ކަިއދިންތާ 24 ގަޑިއިރު. އަދިވެސް އެކަން ކުރި މީހާ ގޭގައި. [ރަށުގެ ނަން] ރައްޔިތުން އެދެނީ އެ އަންހެން ކުއްޖާއަށް އިންސާފު ލިބުން. ޓީޗަރެއް ކުރިޔަސް ނުބައި ނުލަފާ ކަމެއް ކުށްވެރި ވާނެ،" ފޭސްބުކްގައި އޭނާ ލިޔެފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި މި މަހުގެ ތިން ވަނަ ދުވަހު ހިނގި ކަމަށް ބުނާ މައްސަލަ ރިޕޯޓްކުރީ މި މަހުގެ 11 ގައި ކަމަށެވެ. އެ މައްސަލަ ތަހުގީގުކުރަން ޖެންޑާ މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އިހުތިޖާޖު ކުރާ މީހުން ހަމަޔަކަށް އެޅުވީ އެ މީހުންނާ ވާހަކަ ދައްކައިގެން ކަމަށެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަނީ ރައްޔިތުންނާއި ފުލުހުންނާ ކުރިމަތިލާ ތަނެވެ.

ރޭޕަށް ތުހުމަތުކުރި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކުދި ޖަޒީރާތަކުން އެކަނި ތަކުލީފު އުފުލަން ޖެހިގެން ނުވާނެ"

މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުތަކަށް އަންނަ ބަދަލުތަކުގެ ތަކުލީފު ހަމައެކަނި ކުދި ޖަޒީރާ ގައުމުތަކުން އުފުލަންޖެހިގެން ނުވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. އިންޑިއާގައި ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން، ކަނޑުގެ ވަސީލަތްތަކުން ނަފާ ހޯދުމުގައި ހަމަހަމަކަން ބޭނުންވާ ކަމަށާއި، ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަމަށް އިސްކަންދީ ރާއްޖެ ފަދަ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދަރިވަރު މަރުވި މައްސަލަ: މެލޭޝިއާ ޑްރައިވަރަށް ތިން ދައުވާއެއް

މެލޭޝިއާގައި ދިވެހި ދަރިވަރަކު މަރުވި އެކްސިޑެންޓާ ގުޅިގެން، މަސްތުގެ ހާލަތުގައި ހުރެ ފަރުވާކުޑަކޮށް ކާރު ދުއްވި ޑްރައިވަރުގެ މައްޗަށް 26 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ތިން ދައުވާއެއް ވަނީ އުފުލާފައި. މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ މި ޑްރައިވަރު ކޯޓުގައި ހުރިހާ ދައުވާތަކަށް ވަނީ އިންކާރުކޮށްފައި.

އޭޑީކޭގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ޑރ. އަދީލް

އޭޑީކޭ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާކޮށް ތަރައްގީގެ އައު މަރުހަލާއަކަށް ތައްޔާރުވުމުގެ ގޮތުން، އެ ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. އަދީލް އައްޔަންކޮށްފި. ޑރ. އަދީލް ވަނީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް، ބައިނަލްއަގުވާމީ ފެންވަރުގެ ކާމިޔާބީތަކާއި ހިންގުމުގެ ދާއިރާގެ އެކި ތަޖުރިބާތައް ހޯދާފައި.

"ކުރީ އަސާސެއް ނެތް ތުހުމަތުތަކެއްކަން އިތުރަށް ސާފުވެއްޖެ"

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ދައުވާނުކުރަން ޕީޖީން ނިންމުން އެނގެނީ ކުރި ތުހުމަތަކީ އަސާސެއް ނެތް ތުހުމަތުތަކެއްކަން ކަމަށް އޭނާގެ ގާނޫނީ ޓީމުން ބުނެފި. ދޮޅު އަހަރުގެ ތަހުގީގު ނިންމީ އަޒްމިރާލްދާއާ ސުވާލެއްނުކޮށްކަން ގާނޫނީ ޓީމުން ފާހަގަކުރި.

މަދަރުސާ ގޮވާލަން އުޅުން: އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ

ތ. ތިމަރަފުށީ މަދަރުސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލި އަށް މީހުންގެ ތެރެއިން ހަތް މީހަކު، ބަންދުގައި ހޭދަކުރި މުއްދަތު ހުކުމަށްވުރެ އިތުރުވުމުން މިނިވަންވެއްޖެއެވެ. މި މައްސަލައިގައި ކުށް ސާބިތުވި މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ހުރީ ހަނގުރާމައަށް ދާން އުޅުމުގެ ކުށް ސާބިތުވި އަލީ އަރުހަމް އެކަންޏެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ ސާބިތުނުވި ދައުވާތައް އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމާނީ ކޯޓު ރިޕޯޓު ލިބުމުން ކަމަށެވެ.

ތަހުގީގަށްފަހު ނިންމީ މަހާޒުއަށް ދައުވާ ކުރެވެން ނެތް ކަމަށް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން، ދައުވާ ނުކުރަން ޕީޖީން ވަނީ ނިންމާފައި. ދެ އަހަރުގެ ތަހުގީގަށްފަހު ޕީޖީން މިގޮތަށް ނިންމުމާ ގުޅިގެން ފުލުހުން މިހާރު ވަނީ އެ މައްސަލަ ފައިލްކޮށްފައި.

"ރަސްމާލެ އެގްރިމެންޓުގައި ގާނޫނުއަސާސީއާ ހިލާފު ކަމެއް ނެތް"

"އޭގައި [ލަފާގައި] އޮންނާނީ އެގްރިމެންޓުގައި ބަދަލު ކުރަންޖެހޭ ކަންކަން. ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް އޭގައި [އެގްރިމެންޓުގައި] ނުވެސް ނެތް އަސްލު... އޭގައި [ލަފާގައި] ހުންނާނެ ވަރަށް ގިނަ ކަންކަން. މިހާރު އެގްރިމެންޓެއްގައި ލަފަޔެއް ދޭއިރު ހުންނާނެތާ ވަރަށް ގިނަ ކަންކަން ބަދަލު ކުރަންޖެހޭ،" އުޝާމް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox