ރާއްޖޭގެ އެންމެ ރީތި އެއް ތުނޑި އޮންނަ ހއ. ކެލާގައި 100 އެނދުގެ ޓޫރިސްޓް ހޮޓަލެއް އަޅަން ފެޑޯ ކުންފުންޏާ ޓޫރިޒަމް މިނިސްޓްރީން ހަވާލުކޮށްފި އެވެ.
މި ހޮޓާ އަޅަން ހަމަޖައްސާފައި ވަނީ ކެލާގެ ތުނޑި އާއި އެތަނާ ގުޅިފައިވާ މޫދުގެ ސަރަހައްދުން 865،414 އަކަ ފޫޓުގަ އެވެ.
ފެޑޯ ކުންފުނިން ބުނީ މިތަން ހަދާނީ ފުލް ފްލެޖް ރިސޯޓަކުން ލިބޭ ހުރިހާ ހިދުމަތްތަކަކާ އެކުގައި ކަަމަށެވެ. އެކަމަކު ތަފާތު ކޮންސެޕްޓަކަށް ކަމަށް ވިދާޅުވި އެވެ. މި މަޝްރޫއާ އެކު ގިނަ ވަޒީފާތަކެއް އުފެދިގެންދާނެ އެވެ.
ކެލާގެ އިތުރުން ހއ. އުލިގަމުގައި ޓޫރިސްޓް ހޮޓަލަކާއި ޔޮޓް މެރީނާ އެއް އަޅަން ވެސް އޮތީ ބީލަމަށް ލައިފަ އެވެ. އެކަމަކު އެ މަޝްރޫއަށް އެއްވެސް ފަރާތަކުން ކުރިމައްޗެއް ނުލަ އެވެ.











