މުންސިފް، އީޝަލް، ތަޒްކީ އަދި ލޫތަށް ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް

Sep 10, 2026, 10:15 AM
ކުރިއަށް އޮތް އޭޝިއަން ގޭމްސް އާއި ޔޫތު އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލާނެ އެތުލީޓުންނާ ދިދަ ހަވާލުކުރުން،---- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ކުރިއަށް އޮތް އޭޝިއަން ގޭމްސް އާއި ޔޫތު އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލާނެ އެތުލީޓުންނާ ދިދަ ހަވާލުކުރުން،---- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ކުރިއަށް އޮތް އޭޝިއަން ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް ޓޭބަލް ޓެނިސް ތަރި، މޫސާ މުންސިފް އަހުމަދު އާއި ޝޫޓިން އެތުލީޓު، މަރިޔަމް އީޝަލް އައްބާސް އަށް ދިންއިރު، ޔޫތު އޮލިމްޕިކް ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް ދެ ފެތުންތެރިން ކަމަށްވާ އަމްނާ ތަޒްކިޔާ މިރުސާދު (ތަޒްކީ) އަދި ލޫތު މުހައްމަދު ހުސެއިން އަށް ލިބިއްޖެ އެވެ. 

ޖަޕާނުގެ އައިޗީ އަދި ނަގޯޔާގައި އޭޝިއަން ގޭމްސް އޮތީ މި މަހުގެ 19 އިން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި، ސެނެގާލްގެ ޑަކާރުގައި ޔޫތު އޮލިމްޕިކް ގޭމްސް އޮތީ 31 އޮކްޓޫބަރުން ފެށިގެން 13 ނޮވެމްބަރަށެވެ. މި ދެ ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނެ އެތުލީޓުންނަށް ދިދަ ހަވާލުކުރުން އޮތީ އިއްޔެ ހަވީރު، ހ. މީރުމާ އިވެންޓް ހޯލުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބޭއްވި އިވެންޓެއްގަ އެވެ. 

މި އިވެންޓް ޝަރަފްވެރިކޮށްދެއްވީ، ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު (ރާއްޕެ)، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އަދި ޖަޕާނުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އެވެ. މި އިވެންޓްގައި ވާހަކަ ދައްކަވަމުން، ރާފިއު އާއި ސައްތާރު ވަނީ ބައިނަލްއަގުވާމީ ބޮޑެތި ކުޅިވަރު ގޭމްސްތަކުގައި ރާއްޖެ ތަމްސީލްކޮށް ކާމިޔާބަށް ވާސިލްވުމުގެ މުހިންމު ކަމަށް އަލި އަޅުވާލައި ވާހަކަ ދައްކަވައިފަ އެވެ. 

ކުރިއަށް އޮތް ޔޫތު އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލާނެ އެތުލީޓުންނާ ދިދަ ހަވާލުކުރުން،---- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ކުރިއަށް އޮތް ޔޫތު އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލާނެ އެތުލީޓުންނާ ދިދަ ހަވާލުކުރުން،---- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

މުންސިފް އަކީ މި ވަގުތު ރާއްޖޭގައި ކުޅެމުން އަންނަ އެންމެ ތަޖުރިބާކާރު އެއް ޓީޓީ ކުޅުންތެރިޔާގެ އިތުރުން، ބައިނަލްއަގުވާމީ ގޭމްސްތަކުގައި އެތައް ފަހަރެއް މަތިން ރާއްޖެ ތަމްސީލްކޮށްފައިވާ އެތުލީޓެކެވެ. އަދި، އީޝަލް އަކީ ވެސް ގިނަ މުބާރާތްތަކެއްގައި ވާދަކޮށް، ގައުމު ތަމްސީލްކޮށްފައިވާ އެތުލީޓެކެވެ. 

އޭޝިއަން ގޭމްސްގައި ހަރަކާތްތެރިވާ ރާއްޖޭގެ ކޮންޓިންޖެންޓްގެ ޖުމްލަ އަދަދަކީ، 81 އެވެ. އެއީ، ކުޅިވަރުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ސްޕޯޓްސް މިނިސްޓަރުގެ ޑެލިގޭޝަން ވެސް ހިމަނައިގެންނެވެ. އޭޝިއަން ގޭމްސްގައި ރާއްޖޭން ހަތް ކުޅިވަރަކުން ވާދަކުރާނެ ކަމަށް މޯލްޑިވްސް އެއީ، އެތުލެޓިކްސް، ބެޑްމިންޓަން، ބީޗްވޮލީބޯޅަ، ޓޭބަލް ޓެނިސް، ސްވިމިން، ޝޫޓިން އަދި ސާފިން އެވެ.

އޭޝިއަން ގޭމްސް އަށް ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފް ޑި މިޝަން އަކީ، މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ރައީސް، އަހުމަދު ނާސިފް އެވެ. އޭނާ އަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ހިންގާ ކޮމިޓީގެ މެމްބަރެއް ވެސް މެ އެވެ. 

ސެނެގާލްގައި ބާއްވާ ޔޫތު އޮލިމްޕިކްސްގައި ރާއްޖޭން ވާދަކުރަނީ ސްވިމިން ޓީމު އެކަންޏެވެ. ސްވިމިން ޓީމުން މި ގޭމްސްގައި ރާއްޖެ ތަމްސީލްކުރާއިރު، ދިދަ އުފުލުމުގެ ޝަރަފް ލިބިފައިވާ ތަޒްކީ އާއި ލޫތު އަކީ ބައިނަލް އަގުވާމީ ގިނަ މުބާރާތްތަކެއްގައި ރާއްޖެ ތަމްސީލްކޮށް، ގައުމީ ރެކޯޑްތަކެއް ވެސް ހަދާފައިވާ ފެތުންތެރިންނެވެ. 

ޔޫތު އޮލިމްޕިކްސްގައި ރާއްޖޭގެ ޝެފް ޑި މިޝަން އަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މަރިޔަމް ޝައުފާ އެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox