އަލިފާނުގެ ހާދިސާތައް މަދުކުރަން ފެންވަރު ދަށް ގޭސް ރެގިއުލޭޓަރުތައް ބޭނުންކުރުން ހުއްޓުވަނީ

ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު: ވަކި ފެންވަރެއްގެ ރެގިއުލޭޓަރަށްވުރެ ދަށް ފެންވަރުގެ ރެގިއުލޭޓަރު ބޭނުން ނުކުރެވޭ ގޮތް ހަދަން ނިންމާފައިވާ މިނިސްޓަރު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު: ވަކި ފެންވަރެއްގެ ރެގިއުލޭޓަރަށްވުރެ ދަށް ފެންވަރުގެ ރެގިއުލޭޓަރު ބޭނުން ނުކުރެވޭ ގޮތް ހަދަން ނިންމާފައިވާ މިނިސްޓަރު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ކައްކާ ގޭހުގެ ރެގިއުލޭޓަރުގެ ސަބަބުން ހިނގާ އަލިފާނުގެ ހާދިސާތައް ގިނަ ވާތީ، ރަނގަޅު ފެންވަރުގެ ގޭސް ރެގިއުލޭޓަރު ބޭނުންކުރަން މަޖުބޫރު ކުރުވަން ގަސްދުކުރާ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ރޭ ވިދާޅުވެއްޖެ އެވެ. 

ޕީއެސްއެމްއިން ގެނެސްދޭ އަހާ ފޯރަމް ގައި ހަސަން ރަޝީދު ވިދާޅުވީ ބާޒާރުގައި ތަފާތު ފެންވަރުގެ ރެގިއުލޭޓަރު ހުރުމާއެކު، ވަކި ފެންވަރެއްގެ ރެގިއުލޭޓަރަށްވުރެ ދަށް ފެންވަރުގެ ރެގިއުލޭޓަރު ބޭނުން ނުކުރެވޭ ގޮތް ހަދަން ނިންމާފައިވާ ކަމަށެވެ. 

"ގޭސް ރެގިއުލޭޓަރު މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް. ބާޒާރުގައި އެބަހުރޭ ތަފާތު ކޮލެޓީގެ ރެގިއުލޭޓަރު. އެހެންވީމަ އަޅުގަނޑުމެން އެބަ ގަސްދުކުރަން. މިކަމަށް ހައްލެއް ގެނައުމަށްޓަކައި މި ސްޓޭންޑަޑް ބަލާފައި އަޅުގަނޑުމެން ކަނޑައަޅާ ސްޓޭންޑަޑަކަށްވުރެ ދަށް ސްޓޭންޑަޑްގެ ރެގިއުލޭޓަރު ބޭނުން ނުކުރެވޭ ގޮތް ހަދަން،" މިނިސްޓަރު ވިދާޅުވި އެވެ.

ހަސަން ރަޝީދު ވިދާޅުވީ ގޭސް ވިއްކާ ފަރާތްތަކާ މަޝްވަރާކޮށް ގޭސް ފުޅި ގެންގުޅޭ ގޮތާއި ގޭސްފުޅި ބަހައްޓާފައި ހުންނަ ތަންތަނަކީ އެންމެ ރައްކާތެރި ތަންތަނަށް ހެދުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް އެކި މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ. 

"ހަމަ މިއާއެކު ގޭސް ވިއްކާ ފަރާތްތަކާއެކު ވެސް އަޅުގަނޑުމެން ކުރިއަށް އޮތްތަނުގައި މަޝްވަރާ ބައްދަލުވުންތައް ބާއްވާނަން. އެބޭފުޅުން ފުރަތަމަ ގޭސް ހޭންޑަލް ކުރުމުގައި އާއި އަދި ގޭގޭގައި ގޭސްފުޅި ބަހައްޓާފައި ހުންނަ ތަންތަނަކީ އެންމެ ރައްކާތެރި ތަންތަނަށް ހެދުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް މިކަމުގައި މަޝްވަރާކުރަންޖެހޭ މުއައްސަސާތަކާ މަޝްވަރާކޮށްގެން ކުރިއަށްގެންދާނަން،" މިނިސްޓަރު ވިދާޅުވި އެވެ. 

މާލޭގެ މަގުތައް ހަދާފައި ހުރިގޮތުން އަލިފާން ނިއްވަން ހަނިގޯޅިތަކަށް ވެހިކަލްތައް ވެއްދުމަށް ދަތިތައް ދިމާވާ ކަމަށާއި ބައެއް ފަހަރު އަލިފާން ނިއްވަން މަގުތަކުގައި ބަހައްޓާފައިވާ ފެން ޕަމްޕުތައް ކައިރީގައި ވެހިކަލްތައް ޕާކުކޮށްފައި ހުރުމުންވެސް ދަތިތައް ދިމާވާ ކަމަށް ހަސަން ރަޝީދު ވިދާޅުވި އެވެ. 

އަލިފާނުގެ ހާދިސާތަކަށް އާންމުން ހެލުންތެރިކުރުވަން ތަފާތު އެކި ޕްރޮގްރާމްތައް ސިފައިންގެ އެކި ކޮމާންޑް ސެންޓަރުތަކުން އަމިއްލަ އިސްނެގުމަށް އަދި ކައުންސިލްތަކާ ގުޅިގެން ކުރިއަށް ގެންދާ ކަމަށް ހަސަން ރަޝީދު ވިދާޅުވި އެވެ. ސިފައިންގެ ކޮމާންޑް ސެންޓަރުތަކުގެ ތެރޭގައި ނޮދަން އޭރިއާ، މާލޭ އޭރިއާ، ސެންޓްރަލް އޭރިއާ އަދި ނޮދަން އޭރިއާ ހިމެނެ އެވެ.

މީގެއިތުރުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ވެސް ހޭލުންތެރިކަން ކުރުވަން ޕްރޮގްރާމްތައް ހިންގާ، އަލިފާން ނިއްވުމަށް ބޭނުންވާ އެކި ވަސީލަތްތައްވެސް ކައުންސިލްތަކަށް ފޯރުކޮށްދެމުންދާ ކަމަށް ހަސަން ރަޝީދު ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox