އިންޑިއާ މެޗަކީ ބްރެޒިލަށް ފުރުސަތެއް، ޓެސްޓެއް ނޫން: އަންޗެލޮޓީ

Oct 3, 2026, 6:04 AM
އިންޑިއާގައި ބްރެޒިލުން ކުރިއަށްގެންދިޔަ ޕްރެކްޓިހުގެ ތެރެއިން އަންޗެލޮޓީ

އިންޑިއާގައި ބްރެޒިލުން ކުރިއަށްގެންދިޔަ ޕްރެކްޓިހުގެ ތެރެއިން އަންޗެލޮޓީ

ކަލްކަތާ، އިންޑިއާ (އޮކްޓޫބަރު 3) - ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ބްރެޒިލުން އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗަކީ އެ ޓީމުގެ ލެވަލް ދައްކަން ކުރިމަތިލާ ޓެސްޓަކަށް ވުރެން ކުރިއަށްދާން ބޭނުންވާ މިސްރާބުން ދިއުމަށްޓަކައި ލިބިފައި އޮތް ފުރުސަތެއް ކަމަށް ބްރެޒިލްގެ ކޯޗު، ކާލޯ އަންޗެލޮޓީ ބުނެފި އެވެ. 

އާބާދީގެ ގޮތުން ބިލިއަނަކަށް ވުރެން ގިނަ މީހުން ދިރިއުޅުނު ކަމުގައި ވިޔަސް ފީފާ ވޯލްޑް ރޭންކިންގައި އިންޑިއާ އަކީ ދަށް ގައުމެއްގެ ގޮތުގައި އޮންނަ މައިގަނޑު އެއް ސަބަބަކީ އިންޑިއާ އަކީ ފުޓްބޯޅައިގެ ގައުމެއް ކަމަށް ނުވާތީ ކަމަށް މީގެ ކުރިން އަންޗެލޮޓީ ވަނީ ބުނެފަ އެވެ. 

އެކަމަކު، މިރޭ ސޯލްޓް ލޭކް ސްޓޭޑިއަމްގައި އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އިޓަލީ އަށް އުފަން މަޝްހޫރު ކޯޗު، އަންޗެލޮޓީ ބުނީ، ކްރިކެޓްގެ ފޯރި ބޮޑު ސަރަހައްދެއްގެ ގޮތުގައި ދެކުނު އޭޝިއާ އޮތް ކަމުގައި ވިޔަސް މި ސަރަހައްދުގައި ފުޓްބޯޅަ އަށް އޮތް ލޯބި ވެސް ކުޑައެއް ނޫން ކަމަށެވެ. އަދި، ބްރެޒިލަށް ސަޕޯޓްކުރާ ގިނަ އަދަދެއްގެ ބަޔަކު އިންޑިއާގައި ވެސް އެބަތިބި ކަމަށާއި އެހެންކަމުން، ބްރެޒިލްގެ އެންމެ މޮޅު ކުޅުން ބަލާލަން އެންމެން ވެސް ޝައުގުވެރިވާނެ ކަމަށެވެ. 

އިންޑިއާގެ މައްސަލަ އަކީ ފުޓްބޯޅައިގެ ގައުމަކަށް ނުވުން: އަންޗެލޮޓީ

އިންޑިއާގެ އާބާދީ ބޮޑުވި ނަމަވެސް ފުޓްބޯޅައިގައި އެ ގައުމު ފަހަތުގައި އޮތީ ފުޓްބޯޅައިގެ ސަގާފަތެއް ނެތުމުން ކަމަށް ބްރެޒިލްގެ ކޯޗު އަންޗެލޮޓީ ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި އިންޑިއާގެ ފުޓްބޯޅަ ކުރިއެރުވޭނީ އާ ޖީލުތަކެއް ބިނާކޮށް، ކުޅިވަރަށް ދޭ އަހައްމިއްޔަތުކަން އިތުރުކޮށްގެން

"އެންމެން ވެސް ދައްކާ ވާހަކަ އަކީ 2002 ގެ ފަހުން ބްރެޒިލަށް ވޯލްޑް ކަޕެއް ނުލިބެޔޭ، އެންމެން ވެސް މިހާރު ބްރެޒިލް މިނެކިރަނީ ވޯލްޑް ކަޕްގައި ހާސިލްކުރާ ކަމެއްގެ މައްޗަށް. އެހެންވީމަ، މި ފަަހަރުގެ ވޯލްޑް ކަޕް ދިޔަ ގޮތުން. ދެން، އަހަރެމެން ކުރިއަށްދާންވީ މިސްރާބު ކަނޑައެޅުމަށްޓަކައި މި މެޗަކީ ފުރުސަތެއް،" އަންޗެލޮޓީ ބުންޏެވެ. 

"އެއްގޮތަކަށް ވެސް މިއީ ޕްރެޝަރުތަކެއް ލައިގެން ކަންކަން ސާބިތުކޮށްދޭން އޮތް ޓެސްޓެއް ނޫން،" 

ބްރެޒިލުން ވަނީ މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި އޮސްޓްރޭލިއާއާ ދެކޮޅަށް ދެ މެޗު ކުޅެފަ އެވެ. އެ މެޗުތަކުން 1-1 އިން އެއްވަރުވެ، 4-2 އިން ބްރެޒިލް ވަނީ މޮޅުވެފަ އެވެ. އިންޑިއާ އިން ވަނީ ޕެނަމާއާ 1-1 އިން އެއްވަރުވެފަ އެވެ. މި މެޗުތަކަށް އިޝާރާތްކޮށް، އަންޗެލޮޓީ ވަނީ އިންޑިއާއާ ދެކޮޅަށް ކުޅެން ލިބޭ މެޗުގައި ބްރެޒިލުން ވިސްނާނެ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. 

"އިންޑިއާގެ ކޯޗު (ހާލިދު ޖާމިލް) ވަރަށް ރަނގަޅަށް ޓީމު ރާވާތަން މި ފެންނަނީ. ދެން، އެ މީހުންގެ ވިލިއަމްސް އަކީ ވެސް ނުރައްކާކުރާނެ ކުޅުންތެރިއެއް ގޮތުގައި ފެންނަނީ،" އަންޗެލޮޓީ ބުންޏެވެ. 

ބްރެޒިލްގެ އަންނަން އޮތް ޖީލުގައި މުހިންމު ރޯލެއް ކުޅޭނެ ބައެއް ކުޅުންތެރިން މި މެޗުގައި ފެންނާނެ ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ. 

ބްރެޒިލާއި އިންޑިއާ ކުޅޭ މެޗު ފަށާނީ މިރޭ 7 ޖަހާއިރު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox