އިންޑިއާއާ ކުޅޭ މެޗުގައި ބްރެޒިލްގެ ރަފީނިއާ ނުފެންނާނެ

Oct 1, 2026, 8:59 AM
ބްރެޒިލްގެ މެޗެއްގެ ތެރެއިން ރަފީނިއާ.

ބްރެޒިލްގެ މެޗެއްގެ ތެރެއިން ރަފީނިއާ.

އޯކްލޭންޑް، އޮސްޓްރޭލިއާ (އޮކްޓޫބަރު 1) - އަންނަ ހޮނިހިރު ދުވަހު، އިންޑިއާއާ ދެކޮޅަށް ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުން ކުޅޭ މެޗުގައި، މި ވަގުތު އެންމެ ފޯމުގައި ހުރި ބްރެޒިލްގެ ފޯވާޑް، ރަފީނިއާ ނުކުޅޭނެ ކަމަށް އެ ޓީމުން ބުނެފި އެވެ. 

އަންގާރަ ދުވަހު ބްރެޒިލުން އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު މެޗުގައި، ރަފީނިއާގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފަ އެވެ. ބްރެޒިލުން 4-2 އިން މޮޅުވި އެ މެޗުގައި ރަފީނިއާ އަށް ލިބުނު އަނިޔާއާ ހެދި، ޓީމާ އެކު ހުުރުމުގެ ބަދަލުގައި ރަފީނިއާ ވަނީ ބާސެލޯނާ އަށް އެނބުރި ގޮސްފަ އެވެ. އެއީ، ބްރެޒިލްްގެ ޑޮކްޓަރާއި ބާސެލޯނާގެ މެޑިކަލް ޓީމު މަޝްވަރާކުރުމަށް ފަަހު ނިންމި ނިންމުމެކެވެ. 

މި އަހަރުގެ ޖޫން/ޖުލައި މަހު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބޭއްވި ވޯލްޑް ކަޕްގެ ތެރެއިން ވެސް އަނިޔާވެގެން މެޗުތަކެއް ގެއްލުނު ރަފީނިއާ އަށް މިދިޔަ ސީޒަނުގައި އިންޖަރީގެ އެކި މައްސަލަތަކެއް ވަނީ ދިމާވެފަ އެވެ. އެ ގޮތުން، މިދިޔަ ސީޒަނުގައި ރަފީނިއާ އަށް މަސްގަނޑުގެ އެކި އަނިޔާގެ ކަންކަން ދިމާވެ، 25 މެޗު ގެއްލިފައިވެ އެެވެ. 

Advertisement

މި ވަގުތު މުޅި ދުނިޔޭގެ ފުޓްބޯޅަ އަށް ބަލާއިރު ވެސް އެންމެ ފޯމުގައި ހުރި އެއް ކުޅުންތެރިއަކީ ރަފީނިއާ އެެވެ. ޖަރުމަނުގެ ކޯޗު، ހަންސީ ފްލިކްގެ ކޯޗުކަމުގައި ބާސެލޯނާ އިން މި ސީޒަނުގައި ދައްކަމުން އަންނަ މޮޅު ކުޅުމުގައި ފޯވާޑެއްގެ ގޮތުގައި އެޓޭކު ލީޑުކުރަނީ ރަފީނިއާ އެވެ. އެ ގޮތުން، ސީޒަނުގެ އަށް މެޗުގައި ރަފީނިއާ ވަނީ 14 ލަނޑު ޖަހައިފަ އެވެ. 

ބްރެޒިލުން 1-1 އިން އޮސްޓްރޭލިއާއާ އެއްވަރުވި މެޗުގައި ރަފީިނިއާ ވަނީ ލަނޑު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ. އަދި، ދެ ވަނަ މެޗުގައި އަންގާރަ ދުވަހު، ފުރަތަމަ ހާފަށް ފަހު ބަދަލުކުރުމުގެ ކުރިން ޕެނަލްޓީއެއް ވެސް ޖެހި އެވެ. 

އިންޓަނޭޝަނަލް ބްރޭަކަށް ފަހު ބާސެލޯނާ އިން ކުޅޭ ފުަރަތަމަ މެޗު އޮތީ މި މަހު 10 ވަނަ ދުވަހު، ގެޓަފޭއާ ދެކޮޅަށެވެ. އޭގެ ފަހުން މި މަހު ދެން އޮތީ، ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އާއި ގަލަތަސަރާއިއާ ކުޅޭ މެޗުތަކުގެ އިތުރުން ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑާ ބައްދަލުުކުރާ މެޗެވެ. 

ރަފީނިއާ ވަނީ ބްރެޒިލަށް ކުޅެދިން 43 މެޗުން 12 ލަނޑު ޖަހައިފަ އެވެ. އޭނާ ނުލައި، ބްރެޒިލުން ހޮނިހިރު ދުވަހު، އިންޑިއާއާ ކުޅޭ މެޗު އޮތީ ކަލްކަތާގެ މަޝްހޫރު ސޯލްޓް ލޭކް ސްޓޭޑިއަމްގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox