ބޮޑު ތަފާތަކުން އިންޑޮނޭޝިއާގެ އަތްދަށުވެ ބަންގްލަދޭޝް އަށް އާސިއާން ކަޕުގައި ދަށް ނަތީޖާތަކެއް

Oct 2, 2026, 9:41 AM
އާސިއާން ކަޕްގައި ބަންގްލަދޭޝް އާއި އިންޑޮނޭޝިއާ ކުޅުނު މެޗުގެ ތެރެއިން.

އާސިއާން ކަޕްގައި ބަންގްލަދޭޝް އާއި އިންޑޮނޭޝިއާ ކުޅުނު މެޗުގެ ތެރެއިން.

ޖަކާޓާ، އިންޑޮނޭޝިއާ (އޮކްޓޫބަރު 2) - މިހާރު ކުރިއަށްދާ ފީފާ އާސިއާން ކަޕްގެ ގްރޫޕް އޭގައި ބަންގްލަދޭޝް އިން ކުޅުނު ފަހު މެޗުގައި އިންޑޮނޭޝިއާ އަތުން 9-2 އިން ބަލިވެ، ޖުމްލަކޮށް މުބާރާތުގައި ދަށް ނަތީޖާތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ. 

އާސިއާން ކަޕުގައި ވާދަކުރަން ބަންގްލަދޭޝް އަށް ފުރުސަތު ލިބިގެންދިޔައީ، އިންޑިއާ މި މުބާރާތުން ވަކިވުމުންނެވެ. އެ ގޮތުން، ބަންގްލަދޭޝް އިން ކޯޗު ތޯމަސް ޑޫލޭގެ އިރުޝާދުގެ ދަށުން މި މުބާރާތަށް ނުކުމެ، ވާދަކުރަން ޖެހުނު ގްރޫޕްގައި އިންޑޮނޭޝިއާގެ އިތުރުން ދެން އޮތީ މެލޭޝިއާ އަދި ސިންގަޕޫރު އެވެ. 

ބަންގްލަދޭޝް އިން ފުރަތަމަ މެޗުގައި މެލޭޝިއާއާ ދެކޮޅަށް ކުޅެން ޖެހުނުއިރު، އެ މެޗުން ވަނީ 3-0 އިން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި ސިންގަޕޫރާ ކުޅެގެން ބަންގްލަދޭޝް ބަލިވީ 1-0 އިންނެވެ. ފުރަތަަމަ ދެ މެޗުގައި ލަނޑެއް ވެސް ނުޖެހި ބަލިވުމުން، ތިން ވަަނަ މެޗުގައި ނަތީޖާ އެއް ހޯދުމަށްޓަކައި ނުކުމެ، ބަންގްލަދޭޝް އަށް ދިމާވީ މާ ދެރަ ނަތީޖާ އެކެވެ. 

އިންޑޮނޭޝިއާ އިން ވަނީ ގޯލު ޖަހަން ލިބުނު ގިނަ ފުރުސަތުތަކެއްގެ ބޭނުންހިފައި، ބަންގްލަދޭޝް ކޮޅަށް 9 ގޯލު ޖަހައިފަ އެވެ. މިއީ، ފާއިތުވި 40 އަހަރު ތެރޭ ޓީމަކުން ބަންގްލަދޭޝް ކޮޅަށް ނުވަ ގޯލު ޖެހި ފުރަތަމަ ފަހަރެވެ. އެއީ، 1986 ވަނަ އަހަރު ދެކުނު ކޮރެއާ އިން 9-0 އިން ބަންގްލަދޭޝް ބަލިކުރިއިރު އެވެ. އޭގެ އިތުރުން، އިރާނުން 1982 ވަނަ އަހަރު 9-0 އިން ބަންގްލަދޭޝް ބަލިކުރިއިރު، 1975 ވަނަ އަހަރު ހޮންގް ކޮންގް އިން 9-1 އިން ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދި އެވެ. 

ބަންގްލަދޭޝް އިން އާސިއާން ކަޕްގައި ކުޅުނީ، ނޮވެމްބަރު 5-17 އަށް އެ ގައުމުގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށްޓަކަ އެވެ. އެކަމަކު، މި މުބާރާތުގައި އެ ޓީމުގެ ގިނަ މައްސަލަތަކެއް ވަނީ ފެނިގެންގޮސްފަ އެވެ. 

ސައުތު އޭޝިއާގެ ގައުމުތަަކުގެ ތެރެއިން ދެން މި ފަހަރުގެ އާސިއާން ކަޕްގައި ކުޅެނީ، ޕާކިސްތާން އެވެ. ޕާކިސްތާނުން ފުރަތަމަ މެޗުގައި ތައިލެންޑް އަތުން 4-0 އިން ބަލިވި ނމަވެސް ދެ ވަނަ މެޗުގައި ފަހަތުން އަރައި ފިލިޕީންސްއާ 2-2 އިން އެއްވަރުކުރި އެވެ. ޕާކިސްތާނަށް ގްރޫޕްގެ އެއް ވަނަ ހޯދައިގެން ފައިނަލަށް ދިއުމުގެ ފުރުސަތު ނެތް ކަމުގައި ވިޔަަސް، މިރޭ ވިއެޓްނާމް ބަލިކޮށް، ތިން ވަނަ ހޮވާ މެޗަށް ދަތުރުކުރުމުގެ ފުރުސަތު އެބައޮތެވެ. 

ޕާކިސްތާނަށް ފުޓްބޯޅައިގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ، މިދިޔަ ޖޫން މަހު މާލޭގައި ކުރިއަށްދިޔަ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތް ކާމިޔާބުކުރުމެވެ. އެ މުބާރާތަކީ، ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި މުބާރާތެކެވެ. 

އާސިއާން ކަޕްގައި ކުޅޭ ކޮންމެ ގައުމަކަށް، ފީފާގެ ސްޕޮންސަޝިޕްގެ ދަށުން، 125،000 ޑޮލަރުގެ ބޯނަހެއް ދޭން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox