މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވީއޭއާރް ލައިޓް ބޭނުންކުރުމުގެ ވިސްނުމެއް

Jul 30, 2026, 7:45 AM
އެންމެ ފަހުން 2023 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ބޫޓާން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

އެންމެ ފަހުން 2023 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ބޫޓާން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބާއްވަން ނިންމާފައިވާ 15 ވަނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރުމުގެ މަަސައްކަތް ހަލުވި ދުވެލީގައި ކުރަމުން އަންނައިރު، މި ފަހަރުގެ މުބާރާތުގައި، ވީއޭއާރްގެ ލައިޓް ގެންގުޅުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ. 

ސާފް އިން އިއުލާނުކޮށްފައިވާ ގޮތުގައި މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާނީ ނޮވެމްބަރު 4-17 އަށް ބަންގްލަދޭޝްގެ ވެރި ރަށް ޑާކާގަ އެވެ. މީގެ ކުރިން، ބަންގްލަދޭޝްގެ ދެ ސިޓީއެއްގައި ސާފް ޗެމްޕިއަންޝިޕް ކުޅެން ނިންމި ނަމަވެސް ފަހުން ސާފް އިން ނިންމާފައިވަނީ މުބާރާތް ކުޅޭނީ ޑާކާގައި ކަމަށެވެ.

ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޓެކްނޯ އިން މި ފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރުކަން ނަގާފައިވާއިރު، މިއީ، 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ސްޕޮންސަރަކަަށް ސުޒުކީ މަސައްކަތް ކުރި ފަހުން މި ފަދަ ގޮތަކަށް ރައިޓްސް ދިން ފުރަތަމަ ފަހަރެވެ. 

Advertisement

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ބޭނުންކުރަން ބޭރުގެ ކުންފުންޏަކާ ވާހަކަ ދައްކަމުން އަންނަ ކަމަށް ސާފްގެ ޖެނެރަލް ސެކްރެޓަރީ، ޕްރުޝޮތަމް ކަޓޭލް، ޓައިމްސް އޮފް އިންޑިއާ އަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވަނީ ބުނެފަ އެވެ. 

ބަންގްލަދޭޝް މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގައި ވީއޭއާރް ބޭނުންކުރުމުގައި ސާފް އިން ތަފާތު ވިސްނުންތަކެއް ގެންގުޅެ އެވެ. ގައުމީ ޓީމުތައް ވާދަކުރާ މުބާރާތްތަކުގައި ވީއޭއާރް ބޭނުންކުރުމުގައި ފީފާގެ ރުހުން ހޯދަން ޖެހެ އެވެ. ސާފް އިން މިހާރު އަންނަނީ ފީފާއާ ކުރަން ޖެހޭ މުއާމަލާތްތައް ކުރިއަށްގެންދަމުންނެވެ. އަދި، ފީފާއާ އެކު ސާފް އިން. ކުރަން ޖެހޭ ފަހުގެ މަޝްވަރާތައް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭ ފެށިގެންދާނެ އެވެ. 

ސާފް ޗެމްޕިއަންޝިޕް ބަންގްލަދޭޝްގައި؛ ވީއޭއާރް ބޭނުންކުރުމުގެ ފުރުސަތު ބޮޑު

މި އަހަރުގެ ނޮވެމްބަރު 4 އިން 17 އަށް ބަންގްލަދޭޝްގެ ޑާކާގައި ބާއްވާ 15 ވަނަ ސާފް ޗެމްޕިއަންޝިޕްގައި ވީއޭއާރް ބޭނުންކުރުމުގެ ފުރުސަތު ބޮޑުކަމަށް ސާފް އިން ވަނީ ހާމަކޮށްފައި އަށް އަހަރަށްފަހު ބަންގްލަދޭޝްގައި މި މުބާރާތް ބާއްވާއިރު، މުބާރާތުގެ ގުރުއަތުލުން އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހު ބޫޓާންގައި. ސަސްޕެންޝަންގެ ސަބަބުން ނޭޕާލް ނުފެނިދާނެ

ވީއޭއާެރް ބޭނުންކުރުމުގައި ސާފް އިން އަންނަނީ އާސިއާން ފުޓްބޯލް ފެޑެރޭޝަނާ އެކު ވެސް ވާހަކަ ދައްކަމުންނެވެ. އެއީ، އާސިއާންގެ ބައެއް ގައުމުތަކުގައި ވީއޭއާރް ޓެސްޓްކޮށްފައިވާއިރު، އެ ގައުމުތަކުގައި މި ކަމުގެ ތަޖުރިބާ ހުރި ރެފްރީންނާއި ޓެކްނިކަލް ފަރާތްތައް ހިމެނޭތީ އެވެ. 

މި ވަގުތަށް ބަލާއިރު، ސާފްގެ ވިސްނުން ހުރީ ވީއޭއާރް ލައިޓް، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބޭނުންކުރުމަށެވެ. އެއީ، ދަނޑުގައި މެޗު ކުރިއަށްދާއިރު ނަގާ ވީޑިއޯ ފޫޓޭޖުތައް ހައި ސްޕީޑް އިންޓަނެޓް މެދުވެރިކޮށް، އެހެން ގައުމެއްގައި ހުންނަ ވީއޭއާރް ޓެކްނިކަލް ޓީމަކަށް ފޮނުވައިގެން، ދަނޑުގައި ހުންނަ މޮނީޓަރުން ރެފްރީ އަށް ވީޑިއޯތައް ދެއްކޭގޮތަށެެވެ. މިއީ، މިހާރު ވެސް  އޭޝިއާ، އެފްރިކާ، ޔޫރަޕް އަދި ދެކުނު އެމެރިކާގައި ޓެސްޓް ކުރަމުން އަންނަ މޮޑެލް އެކެވެ. 

ބަންގްލަދޭޝްގައި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރާއިރު، މި މުބާާރާތް އެ ގައުމުގައި މި ހޯސްޓްކުރަނީ، އަށް އަހަރަށް ފަހު އެވެ. އެންމެ ފަހުން، ބަންގްލަދޭޝްގައި ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2018 ވަަނަ އަހަރު އެވެ. ބަންގްލަދޭޝް އިން ވަނީ 2003 ވަނަ އަހަރާއި 2009 ވަނަ އަހަރުގައި ވެސް ސާފް ޗެމްޕިއަންޝިޕް ހޯސްޓްކޮށްފަ އެވެ. އެ ގޮތުން، 2003 ވަނަ އަހަރު ރާއްޖޭން ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް އަތުން ބަލިވިއިރު، 2009 ވަނަ އަހަރު އިންޑިއާ އަތުން ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބަލިވި އެވެ. އަދި، 2018 ވަނަ އަހަރު ފައިނަލުގައި އިންޑިއާ ބަލިކޮށް ރާއްޖޭން ޗެމްޕިއަންކަން ހޯދި އެވެ. 

އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ބާއްވާފައިވަނީ، 2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގަ އެވެ. އެ ފަހަރުގެ މުބާރާތް ކުރިއަށްދިޔައީ، ދައުވަތު ދީގެން ލެބަނަން އާއި ކުވެއިތު ވެސް ހިމަނައިގެންނެވެ. އެ ފަހަރުގެ މުބާރާތުގައި ސަސްޕެންޝަނުގެ ސަބަބުން ސްރީ ލަންކާ ނުކުޅެ އެވެ. މި ފަހަރުގެ މުބާރާތް ބާއްވާނެ ތާރީހު ސާފް އިން އިއުލާނުކުރިއިރު، ނޭޕާލް މި ވަގުތު އޮތީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ. 

ސާފް ޗެމްޕިއަންޝިޕްގެ ގުރުއަތުލުން ކުރިއަށްދާނީ އަންނަ މަހު އެއް ވަނަ ދުވަހު ބޫޓާންގެ ތިމްޕޫގައި ކުރިއަށްދާ ސާފްގެ އަހަރީ އާންމު ޖަލްސާގެ ހަވާސާގެ ތެރެއިން ބާއްވާ އިވެންޓެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox