ރިސޯޓް ލީގު: ޕަޓިނާ، ބަރޮސް، ބަނޑޮސް އަދި ސަންގެލި ސެމީ އަށް

Sep 30, 2026, 8:33 AM
ރިސޯޓް ލީގު ނޯތު މާލެ ޒޯންގެ ކުއާޓާ ފައިނަލުގަައި ލަނޑު ޖެހުމަށް ފަހު ޕަޓިނާ އިން އުފާފާޅުކުރަނީ.

ރިސޯޓް ލީގު ނޯތު މާލެ ޒޯންގެ ކުއާޓާ ފައިނަލުގަައި ލަނޑު ޖެހުމަށް ފަހު ޕަޓިނާ އިން އުފާފާޅުކުރަނީ.

ރާއްޖޭގައި ކުރިއަށްދާ އެންމެ ފޯރިގަދަ ރިސޯޓް ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ ނޯތު މާލެ ޒޯންގެ ސެމީ ފައިނަލުން ޕަޓިނާ މޯލްޑިވްސް، ބަރޮސް މޯލްޑިވްސް، ބަނޑޮސް މޯލްޑިވްސް އަދި އޮބްލު ސެލެކްޓް ސަންގެލިން ޖާގަ ހޯދައިފި އެވެ. 

ޖުމްލަ އެކު، 15 ރިސޯޓުން ނޯތު މާލެ ޒޯންގައި ވާދަކުރާއިރު، މުބާރާތުގެ މެޗުތައް ކުޅެނީ ބަނޑޮސް މޯލްޑިވްސްގަ އެވެ. 

ކުއާޓާ ފައިނަލު ފަހު މެޗުގައި ޕަޓިނާ އިން ވަނީ 4-1 އިން އޯގާ އާޓް ރިސޯޓް ބަލިކޮށްފަ އެވެ. ތިން ވަނަ މެޗުގައި، ބަރޮސް އިން ވަނީ 1-0 އިން ޖޯއީ އައިލެންޑް، ދި ކޮކޫން ކަލެކްޝަން ބަލިކޮށްފަ އެވެ. ދެ ވަނަ ކުއާޓާ ފައިނަލުގައި ބަނޑޮސް އިން ވަނީ 2-0 އިން ހިލްޓަން މޯލްޑިވްސް އަމީންގިރި ރިސޯޓް އެންޑް ސްޕާ ބަލިކޮށްފަ އެވެ. އަދި، ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި، ސަންގެލިން ވަނީ ސަމާ އައިލެންޑް މޯލްޑިވްސް އަތުން 5-2 އިން މޮޅުވެފަ އެވެ. 

Advertisement

ސެމީ ފައިނަލް ފުރަތަމަ މެޗުގައި، ސަންގެލިން ކުޅެނީ ބަނޑޮސްއާ އެވެ. ދެ ވަނަ މެޗުގައި ބަރޮސް އިން ނުކުންނާނީ ޕަޓިނާއާ ދެކޮޅަށެވެ. 

އޯގާގެ ހަަމައެކަނި ލަނޑު ހުސެއިން މައިޝާން ޖެހިއިރު، ޕަޓިނާގެ ލަނޑުތައް ޖެހީ މާދިހު ވަޖީހު ދެ ލަނޑާއި އިބްރާހިމް ވަޖީހު އަދި މޫސާ ހުމެދިހު އެވެ. ބަރޮސް އަށް ކުއާޓާ ފައިނަލް މެޗުގައި ހަމައެކަނި ލަނޑު ޖެހީ މުހައްމަދު ނަޒީހު އެވެ. ބަނޑޮސް އިން ކުއާޓާ ފައިނަލް މެޗުގައި ލަނޑު ޖެހީ މުހައްމަދު އިކުރާމް އާއި އަހުމަދު ރަޝީދު އެވެ. 

ސަންގެލި އަށް ކުއާޓާ ފައިނަލް މެޗުގައި ލަނޑުތައް ޖަހައިދިނީ، އަބްދުﷲ ޒަމީން ދެ ލަނޑާއި ހުސެއިން އަޒުމަތު އާއި މުހައްމަދު ސިރުފާން އެވެ. ސަމާ އައިލެންޑްގެ ހަމައެކަނި ލަނޑު ޖެހީ މުހައްމަދު އާދަމް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox