ރިސޯޓް ލީގުގެ ސައުތު މާލެ ޒޯން ސެމީގެ ފަހު ޖާގަތައް ޖޭޑަބްލިއު މެރިއަޓް އާއި އޮޅުވެލި އަށް

Aug 31, 2026, 6:35 AM
ރިސޯޓް ލީގު ސައުތު މާލެ ޒޯން ކުއާޓާ ފައިނަލުގައި ޖޭޑަބްލިއު މެރިއަޓް ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ރިސޯޓް ލީގު ސައުތު މާލެ ޒޯން ކުއާޓާ ފައިނަލުގައި ޖޭޑަބްލިއު މެރިއަޓް ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

މިހާރު ކުރިއަށްދާ ރިސޯޓް ލީގު ސައުތު މާލެ ޒޯންގެ ކުއާޓާ ފައިނަލް ފަހު މެޗުތަކުން މޮޅުވެ، ސެމީ ފައިނަލްގެ ފަހު ޖާގަތައް ޖޭޑަބްލިއު މެރިއަޓް މޯލްޑިވްސް ކާފު އެޓޯލް އައިލެންޑް ރިސޯޓް އާއި ސަން ސިޔާމް އޮޅުވެލިން ހޯދައިފި އެވެ. 

އެ ގޮތުން، އިއްޔެ ކުޅުނު ކުއާޓާ ފައިނަލްގެ ތިން ވަނަ މެޗުގައި ދި މެރީނާ އަތުން ޖޭޑަބްލިއު މެރިއަޓް ކުރިހޯދީ 2-1 އިންނެވެ. އަދި، ސަން ސިޔާމް އޮޅުވެލިން ވަނީ 2-0 އިން އޯޒެން ރިޒާވް ބޮލިފުށި އަތުން މޮޅުވެފަ އެވެ. 

އިއްޔެެގެ މެޗުގައި ޖޭޑަބްލިއު މެރިއަޓް އިން ލަނޑުތައް ޖެހީ ހުސެއިން މުނާޒް އާއި މުހައްމަދު ލުފާފް އަބްދުﷲ އެވެ. އަދި، ދި މެރީނާގެ ހަމައެކަނި ލަނޑު ޖެހީ ނޫހު އިބްރާހިމް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ޖޭޑަބްލިއު މެރިއަޓްގެ އަހުމަދު ފަޒަލް އެވެ. 

Advertisement

ކުއާޓާ ފައިނަލް ފަހު މެޗުގައި ސަން ސިޔާމް އޮޅުވެލީގެ ލަނޑުތައް ޖެހީ، އަލީ ޝިއާއު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ އޮޅުވެލީގެ އަލީ ޝިއާއު އެވެ. 

އަންގާރަ ދުވަހު ސެމީ ފައިނަލްގެ ދެ މެޗު ކުޅޭއިރު، ފުރަތަމަ ސެމީގައި ބައްދަލުކުރާނީ ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އާއި އޯޒެން ލައިފް މާދޫ އެވެ. އަދި، ދެ ވަނަ ސެމީގައި، ޖޭޑަބްލިއު މެރިއަޓުން ކުޅޭނީ މި ފަހަރު މި ޒޯނުގެ މެޗުތައް ހޯސްޓްކުރާ އޮޅުވެލިއާ އެވެ. 

މި ފަަހަރުގެ މުބާރާތުގައި ޖުމްލަ އެކު، މި ޒޯނުން 12 ޓީމު ވާދަކުރި އެވެ. 

މިދިޔަ އަހަރުގެ ފައިނަލުުގައި ސައި ލެގޫން ބަލިކޮށްފައި މި ޒޯންގެ ތަށި ހޯދީ ވަލްޑޯފުންނެވެ. ފުރިހަމަ ވަގުތު ހަމަވިއިރު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ވަލްޑޯފުން މޮޅުވީ 5-4 އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox