ރިސޯޓް ލީގު ސައުތު މާލެ ޒޯންގެ ޗެމްޕިއަންކަން އޮޅުވެލި އަށް

Sep 4, 2026, 9:06 AM
ރިސޯޓް ލީގު ސައުތު މާލެ ޒޯންގެ ޗެމްޕިއަންކަން ހޯދި އޮޅުވެލިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ރިސޯޓް ލީގު ސައުތު މާލެ ޒޯންގެ ޗެމްޕިއަންކަން ހޯދި އޮޅުވެލިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ޕެނަލްޓީ ޖަަހައިގެން ހާޑް ރޮކް ހޮޓެލް މޯލްޑިވްސް 5-4 އިން ބަލިކޮށް ސަން ސިޔާމް އޮޅުވެލިން ރިސޯޓް ލީގު ސައުތު މާލެ ޒޯންގެ ޗެމްޕިއަންކަން ހޯދައިފި އެވެ. 

އޮޅުވެލިން މި ޒޯނުގެ ތަށި އުފުލާލާފައި ވަނީ ދެ ފަހަރަށެވެ. މީގެ އެއް އަހަަރު ކުރިން ވެސް އެ ޓީމުން ވަނީ މި ޒޯނުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. 

ޖުމްލަ އެކު 12 ޓީމާ އެކު ކުރިއަށް ދިޔަ މި ޒޯނުގެ މެޗުތައް އޮތީ އޮޅުވެލީގަ އެވެ. އިއްޔެގެ ފައިނަލުގައި ފުރިހަމަ ވަގުތު ހަމަވިއިރު، މެޗު އޮތީ 2-2 އިން އެއްވަރުވެފަ އެވެ. ޕެނަލްޓީގައި އޮޅުވެލިން ތިން ޕެނަލްޓީ ވައްދާލިއިރު، ހާޑް ރޮކަށް ޖެހުނީ ދެ ޕެނަލްޓީ އެވެ. 

Advertisement

އޮޅުވެލީގެ ހަސަން ސުހެއިލް އަތުން ބައިކޮޅަށް ގޯލެއް ވަންއިރު، ހާޑް ރޮކްގެ އަނެއް ލަނޑު ޖެހީ މުހައްމަދު ތަޝްމީން (ތައްތި) އެވެ. އޮޅުވެލީގެ ލަނޑުތައް ޖެހީ އަބްދުﷲ ސިނާން އާއި އަލީ ޝިއާއު އެވެ. 

ޕެނަލްޓީގައި އޮޅުވެލީގެ ސިނާން، އާފާގު ހަމީދު އަދި މުހައްމަދު ވިގާމް އަތުން ނާކާމިޔާބުވިއިރު، އެ ޓީމުގެ އަހުމަދު ޒައިން، ނާއިލް ސޮބާހު އަދި އަބްދުﷲ ހާޒިމް ޕެނަލްޓީ ވައްދާލި އެވެ. ހާޑް ރޮކުން ތައްތި، ސުހެއިލް، ހަސަން އިނާދު އަލީ އަދި މުހައްމަދު އައިލަމް އަތުން ޕެނަލްޓީ ނާކާމިޔާބުވިއިރު، އަހުމަދު މަޝީދު އަދި އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ) ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. 

ސައުތު މާލެ ޒޯންގެ ފޯމެޓް ރޭވިފައި އޮތްގޮތުން، ކޮންމެ ގްރޫޕެއްގެ ވެސް އެއް ވަނަ ޓީމަށް ކުއާޓާ ފައިނަލުގެ ސީދާ ޖާގައެއް ލިބުނެވެ. ދެން، ކޮންމެ ގްރޫޕެއްގައި ހިމެނޭ އަނެއް ދެ ޓީމު ކުޅެން ޖެހޭނީ ޕްލޭއޮފް ބުރުގަ އެވެ. އަދި، ޕްލޭއޮފުން މޮޅުވާ ޓީމުތަކަށް ކުއާޓާ ފައިނަލްގެ ފަހު ހަތަރު ޖާގަ ލިބުނެވެ. ހާޑް ރޮކުން ފައިނަލަށް އައީ ގްރޫޕްގެ އެއް ވަނަ ހޯދައިގެންނެވެ. އޮޅުވެލި އަށް ގްރޫޕްގެ ފުލުން ޖާގަ ލިބުނު ނަަމަވެސް ފަހުން ކަންކަން ރަނގަޅުކޮށް ފައިނަލާ ހަމަައަށް އައިސް ޗެމްޕިއަންކަން ހޯދީ އެވެ. 

މި ޒޯނުގެ އެންމެ މޮޅު ކުޅުންތެރިއަކީ އޮޅުވެލީގެ ޝިއާއު އެވެ. އެންމެ މޮޅު ކޯޗަކީ އޮޅުވެލީގެ އަހުމަދު ތޯހާ އެވެ. އެންމެ ގިނަ ގޯލު ޖެހީ، މާދޫގެ މުހައްމަދު މުއްސަފު އިބްރާހިމް އެވެ. އޭނާ ވަނީ ޖުމްލަ ހަ ގޯލު ޖަހައިފަ އެވެ. 

ސައުތު މާލެ ޒޯންގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ، އޮޅުވެލީގެ ވިގާމް އާއި އަބްދުﷲ ސުމައިދު ސޯލިހުގެ އިތުުރުން ހާޑް ރޮކްގެ ތައްތި، ސޮބީ އަދި މަޝީދު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox