ރިސޯޓް ލީގުގެ ސައުތު މާލެ ޒޯން ސެމީގެ ފުރަތަމަ ޖާގަަތައް ހާޑް ރޮކާއި މާދޫ އަށް

Aug 30, 2026, 12:40 PM
ހާޑް ރޮކް ޓީމުގެ މަޝީދު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ހާޑް ރޮކް ޓީމުގެ މަޝީދު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

މިހާރު ކުރިއަށްދާ ރިސޯޓް ލީގު ސައުތު މާލެ ޒޯންގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗުތަކުން މޮޅުވެ، ސެމީ ފައިނަލްގެ ފުރަތަމަ ޖާގަތައް ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އާއި އޯޒެން ލައިފް މާދޫ އިން ހޯދައިފި އެވެ. 

ރާއްޖޭގެ ރިސޯޓްތަކުގެ މެދުގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ ސައުތު މާލެ ޒޯންގައި 12 ޓީމު މި ފަހަރު ވާދަކުރާއިރު، ގަދަ އަށް ޓީމު ކުޅޭ ކުއާޓާ ފައިނަލް ފުރަތަމަ ދެ މެޗު އިއްޔެ ވަނީ ސަން ސިޔާމް އޮޅުވެލިފުށީގައި ކުރިއަށްގޮސްފަ އެވެ. 

ސެމީގެ ފުރަތަމަ ޖާގަ ހާޑް ރޮކް ހޮޓެލް އިން ހޯދީ ކުއާޓާގައި އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓް އަތުން 3-1 އިން މޮޅުވެގެންނެވެ. މި މެޗުގައި ހާޑް ރޮކްގެ ލަނޑުތައް ޖެހީ އައްފާޝް، އަޝްރަފް އަދި މަޝީދު އެވެ. މެޗުގައި އަނަންތަރާ ދިގުގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ، އިބްރާހިމް އެވެ. 

މާދޫން ވަނީ ކުއާޓާ ފައިނަލް ދެ ވަނަ މެޗުގައި ނިވާ ވެލައްސަރު މޯލްޑިވްސްގެ މައްޗަށް 8-2 އިން ކުރިހޯދައިފަ އެވެ. މި މެޗުގައި، މާދޫގެ ލަނޑުތައް ޖެހީ، މާއިދު، މުއްސަފު، އައްޒާމް، ކޮންމެ ކުޅުންތެރިއަކު ދެ ގޯލުގެ އިތުރުން، ނާއިޝް އާއި މަދީހު އެވެ. ވެލައްސަރުގެ ލަނޑުތައް ޖެހީ ޝައިބާން އާއި އިމްރާން އެވެ. 

ސެމީ ފައިނަލް ފުރަތަމަ މެޗުގައި އަންގާރަ ދުވަހު މާދޫން ކުޅޭނީ ހާޑް ރޮކްއާ އެވެ.

ކުއާޓާ ފައިނަލް ފަހު ދެ މެޗު މިއަދު އޮންނާނެ އެވެ. އެ ގޮތުން، މިއަދުގެ ފުރަތަމަ މެޗުގައި ދި މެރީނާ އިން ކުޅޭނީ ޖޭޑަބްލިއު މެރިއަޓް މޯލްޑިވްސް ކާފު އެޓޯލް އައިލެންޑް ރިސޯޓް އެވެ. އަދި، ކުއާޓާ ފައިނަލް ފަހު މެޗުގައި، އޯޒެން ރިސާވް ބޮލިފުށްޓާއި ސަން ސިޔާމް އޮޅުވެލިން ވާދަކުރާނެ އެވެ. މި ދެ ކުއާޓާ އިން މޮޅުވާ ދެ ޓީމު ބައްދަލުކުރާ ސެމީ ފައިނަލް ވެސް އޮންނާނީ އަންގާރަ ދުވަހު ހަވީރު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox