އިންޑިއަން ސުޕަ ލީގުގެ ކްލަބް ކެރަލާ ބްލާސްޓާސް ޔޫއޭއީގެ ކުންފުންޏަކަށް ވިއްކާލަން ނިންމައިފި

Sep 29, 2026, 11:43 PM
ކެރަލާ ބްލާސްޓާސް ގަންނަން ނިންމާފައިވާ ޔޫއޭއީގެ އަލް ފުރްސާން ސްޕޯޓްސްގެ އިސް ހަރަކާތްތެރިޔާ، ޝެއިހް އަހުމަދު ބިން ފައިސަލް އަލް ގައިސިމީ

ކެރަލާ ބްލާސްޓާސް ގަންނަން ނިންމާފައިވާ ޔޫއޭއީގެ އަލް ފުރްސާން ސްޕޯޓްސްގެ އިސް ހަރަކާތްތެރިޔާ، ޝެއިހް އަހުމަދު ބިން ފައިސަލް އަލް ގައިސިމީ

އަބޫ ދާބީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ސެޕްޓެމްބަރު 29) - އިންޑިއަން ސުޕަ ލީގުގެ ކްލަބް، ކެރަލާ ބްލާސްޓާސް، ޔޫއޭއީގެ އަލް ފުރްސާން އަށް ވިއްކާލަން ޑީލް ހަމަޖައްސައިފި އެވެ. 

އަލް ފުރްސާން އަކީ ޔޫއޭއީގެ ޝާހީ އާއިލާ އަށް ނިސްބަތްވާ، ޝެއިހް އަހުމަދު ބިން ފައިސަލް އަލް ގައިސިމީގެ ކުންފުންޏެކެވެ. އެ ކުންފުނިން އަންނަނީ ޔޫއޭއީގެ ކުޅިވަރުގަައި ގިނަ އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ. 

އެ ގޮތުން، އިންޑިއަން ސުޕަ ލީގުގައި ކުޅޭ ކެރަލާ ބްލާސްޓާސް ޓީމުގެ 100 ޕަސެންޓް ހިއްސާ މެގްނަމް ގްރޫޕް އަތުން އަލް ފުރްސާން އިން ގަންނަން ނިންމާފައިވާއިރު، މި ޑީލްގެ ލިޔެކިޔުންތަކާއި މުދާތަކާއި ގުޅޭ ހުރިހާ ކަމެއްގެ ކޮންޓްރެކްޓްގެ ކަންކަން ނިމިގެންދާނީ ކުރިއަށް އޮތް އަށް މަސް ތެރޭގަ އެވެ. މާނަ އަކީ މި ޑީލްގެ އެކިއެކި ކަންކަން ކުރިއަށް އޮތް އިންޑިއަން ސުޕަ ލީގުގެ 26/27 ސީޒަނުގެ ތެރޭގައި ކުރިއަށްދާނެ އެވެ. 

ކެރަލާ ބްލާސްޓާސް އިން ބުނީ، އިންޑިއަން ސުޕަ ލީގުގައި  އެ ކްލަބުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކާ ގާތަށް އަދި އެކަންކަން ކާމިޔާބު ކުރުމަށްޓަކައި، ބޭރުގެ އިންވެސްޓަރުން އަތަށް ކްލަބްގެ ކަންކަން ދިނުމަކީ މުސްތަގުބަލަށް ރަނގަޅު ނިންމުމެއް ކަމަށެވެ. 

ކެރަލާ ބްލާސްޓާސްގެ ކުޅުންތެރިން މެޗެއްގެ ތެެރެއިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
ކެރަލާ ބްލާސްޓާސްގެ ކުޅުންތެރިން މެޗެއްގެ ތެެރެއިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

"ކްލަބް މި ދަނީ ރަނގަޅު ބައެއްގެ އަތްމައްޗަށްކަން ޔަގީން،" ކެރަލާ ބްލާސްޓާސް އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ފުޓްބޯޅައިގެ ފޯރި އިންތިހާ އަށް ގަދަ ކެރަލާގެ މައި ކްލަބް، ކެރަލާ ބްލާސްޓާސް، އަލް ފުރްސާން އަށް ވިއްކާލުމުގެ ހުރިހާ ކަަންތައްތައް ނިމެންދެން، އެ ކްލަބްގެ ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންކަން ހަވާލުކުރި، ކެލަރާގެ އޮފިއޯ ސްޕޯޓީއާ އެވެ. 

އިންޑިއަން ސުޕަ ލީގުގެ އާ ސީޒަނުގައި ކެރަލާ ބްލާސްޓާސް އިން ކުޅޭ ފުރަތަމަ މެޗު އޮތީ އަންނަ މަހު 11 ވަނަ ދުވަހު އިންޓަ ކާޝީއާ ދެކޮޅަށެވެ. ކެރަލާ ބްލާސްޓާސް އިން އާ ސީޒަނުގައި އަމިއްލަ ދަނޑުގައި ކުޅޭ ފުރަަތަމަ މެޗު އޮތީ އަންނަ މަހު 25 ވަނަ ދުވަހު މުމްބާއި އިންޑިއަންސްއާ ދެކޮޅަށެވެ.

ކެރަލާ ބްލާސްޓާސްގެ ކޯޗަކީ، ކުރިން ބެންގަލޫރު އެފްސީ އާއި އިންޑިއަން ސުޕަ ލީގުގައި ގިނަ އަހަރުތަކެއް މަސައްކަތްކުރި އިނގިރޭސި ކޯޗު، އެޝްލީ ވެސްޓްވުޑް އެވެ. އެ ޓީމުން މި ވަގުތު ޕްރީ ސީޒަން ޕްރެކްޓިސް ކުރަމުން އަންނަނީ ޗެންނާއި ގައި ކޭމްޕްކޮށްގެންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox