ކޯޗަކަށް ޝާކިއްޓެ، 20 އަހަރުން ދަށުގެ ގައުމީ ޓީމު ފައިނަލްކޮށްފި

Aug 27, 2026, 3:47 PM
އެންމެ ފަހުން ބޭއްވި 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ މެޗެއްގެ ތެރެއިން ޝާކިއްޓެ.--- ފޮޓޯ: އަދަދު ސްޕޯޓްސް

އެންމެ ފަހުން ބޭއްވި 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ މެޗެއްގެ ތެރެއިން ޝާކިއްޓެ.--- ފޮޓޯ: އަދަދު ސްޕޯޓްސް

އޭއެފްސީ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން ޑިވެލޮޕްމަންޓް ފޭސްގައި މި ފަހަރު ވާދަކުރާ ރާއްޖޭން ކޯޗަކަށް ކުރިން ވެސް އެ މަގާމުގައި ގިނަ މުބާރާތްތަކެއްގައި މަސައްކަތްކުރި، އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށް ރާއްޖޭގެ ސްކޮޑު ފައިނަލްކޮށްފި އެވެ. 

ރާއްޖޭގައި މިދިޔަ މާޗް މަހު ބޭއްވި ސާފް 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށް މަސައްކަތްކުރީ ސީނިއާ ޓީމުގެ ކޯޗު އިސްތަވާން އުރްބާނީ އެވެ. އޭނާއާ އެކު ކޯޗިން ޓީމުގައި ޝާކިއްޓެ ވެސް މަސައްކަތްކުރި އެވެ. އެކަމަކު، ކުރިއަށް އޮތް އޭއެފްސީ ކޮލިފައިން ބުރުގައި ރާއްޖޭން ނުކުންނާނީ ޝާކިއްޓެގެ ބެލުމުގެ ދަށުންނެވެ. 

އޭއެފްސީ ކޮލިފައިންގެ އޮނިގަނޑަށް މި ފަހަރު ވަނީ ބަދަލު ގެނެސްފަ އެވެ. އެ ގޮތުން، ކޮލިފައިން ކުރިއަށްދާނީ ކޮލިފިކޭޝަން ފޭސް އާއި ޑިވެލޮޕްމަންޓް ފޭސް އެއް ގޮތަށެވެ. ކޮލިފިކޭޝަން ފޭސްގައި މަތީ ރޭންކުގެ ގައުމުތަކުން ކުޅޭއިރު، ޑިވެލޮޕްމަންޓް ފޭސްގައި ކުޅޭނީ ދަށް ރޭންކުގެ ގައުމުތަކެވެ. 

އެ ގޮތުން، ކޮލިފިކޭޝަން ފޭސްގައި ހިމެނެނީ، ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭ ގޮތަށް އަށް ގްރޫޕެވެ. އޭގެ ތެރެއިން، ކޮންމެ ގްރޫޕެއްގެ އެއް ވަނަ އާއި އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ވަނަ ޓީމުތަކުގެ ތެރެއިން ހަތް ޓީމަކަށް އަންނަ އަަހަރު އޭޕްރީލް މަހު ޗައިނާގައި ކުޅޭ 20 އަހަރުން ދަށުގެ އޭޝިއަން ކަޕުން ޖާގަ ލިބޭނެ އެވެ.

ކޮލިފިކޭޝަން ފޭސްގެ ކޮންމެ ގްރޫޕެއްގެ އެންމެ ފުލަށް ދާ ޓީމެއް، ޑިވެލޮޕްމަންޓް ފޭސް އަށް ރެލިގޭޓްވާނެ އެވެ.  ރާއްޖެ ހިމެނެނީ ޑިވެލޮޕްމަންޓް ފޭސްގަ އެވެ. ޑިވެލޮޕްމަންޓް ފޭސްގައި ތިން ގްރޫޕެއް އޮތްއިރު، ރާއްޖޭގެ ގްރޫޕްގެ މެޗުތައް ކުޅޭނީ މިޔަންމާގަ އެވެ. އެ ގްރޫޕްގައި މިޔަންމާ އާއި ރާއްޖެ އަދި ސްރީ ލަންކާ އާއި ދާރުއްސަލާމް ހިމެނޭއިރު، މީގެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމަކަށް ދެން އޮތް އޭޝިއަން ކަޕް ކޮލިފައިންގެ ކޮލިފިކޭޝަން ފޭސް އިން ޖާގަ ލިބޭނެ އެވެ. 

ރާއްޖެ އާއި ސްރީ ލަންކާ އިން ވަނީ މިދިޔަ މާޗް މަހު މާލޭގައި ކުރިއަށްދިޔަ ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވާދަކޮށްފަ އެވެ. އެ މެޗުން ރާއްޖެ 2-0 އިން ކުރީގައި އޮއްވައި، ސްރީ ލަންކާ އިން ވަނީ ދެ ވަނަ ހާފުގައި ނަތީޖާ އަނބުރާލައި، 3-2 އިން މޮޅުވެފަ އެވެ. ރާއްޖޭން އެ މުބާރާތުގައި ކުޅުނީ ސީނިއާ ގައުމީ ޓީމުގެ ކޯޗު، ހަންގޭރީގެ އިސްތަވާން އުރްބާނީގެ އިރުޝާދުގެ ދަށުންނެވެ.  މީގެ ކުރިން، 2022 ވަނަ އަހަރު އޭއެފްސީ ކޮލިފައިންގައި ރާއްޖެ އާއި މިޔަންމާ ވަނީ އެއް ގްރޫޕެއްގައި ވާދަކޮށްފަ އެވެ. އެ ގޮތުން، ސައުދީ އަރަބިއްޔާގެ ދަންމާމުގައި ކުޅުނު ކޮލިފައިން ބުރުގައި، މިޔަންމާ އަތުން ރާއްޖެ ބަލިވީ 3-0 އިންނެވެ. 

ކޮލިފައިންގައި މި މަހު 31 ވަނަ ދުވަހު ރާއްޖޭން ކުޅޭނީ ބްރުނާއީއާ އެވެ. ދެ ވަނަ މެޗުގައި އަންނަ މަހު ތިން ވަނަ ދުވަހު ސްރީ ލަންކާއާ ކުޅުމަށް ފަހު، ކޮލިފައިން ފަހު މެޗުގައި އަންނަ މަހު ހަ ވަނަ ދުވަހު، މިޔަންމާއާ ބައްދަލުކުރާނެ އެވެ. 

އޭޝިއަން ކަޕް ކޮލިފައިންގައި ކުޅޭ 20 އަހަރުން ދަށުގެ ގައުމީ ސްކޮޑު: 

މުހައްމަދު އަބާން ބިން އަބްދުﷲ ޒުބައިރު، ހަސަން ހައިޝަމް ހާމިދު، މުހައްމަދު ޖޫދު އިސްމާއިލް، އަލްހާން ފައިސަލް އަމީން، މުހައްމަދު ނައިސަމް ނަދީމް، މުހައްމަދު ޒީކް އަހުމަދު، އަރުހަމް އަމްޖަދު، އަހްޒަމް ރަޝީދު (އަހު)، މުހައްމަދު އިލާން އިމްރާން، އީތަން އިބްރާހިމް ޒަކީ، ނައްސާހު އިބްރާހިމް ނާސިރު، އަނޫފް އަބްދުﷲ، އަހުމަދު މިކްޔަލް މުއީން (މިކީ)، އައިދަން އަހުމަދު މޫސާ، އަލީ ހައިޒޫމް ހަސަން، އަހުމަދު އަފްނާން އަލީ، މުހައްމަދު ޝަމްހާން، ޝައިމަން ރަޝާދު، އައިދު މުހައްމަދު ޖަވީޒު، ހަސަން ގައިސް މުހައްމަދު، އަހުމަދު ހަމީސް އަރީފް، ޒަހުރާން ހަސަން ޒިޔާދު (ޒަހު)، ނާޝިއު އަހުމަދު ޝިހާމް 

ޓީމުގެ ކޯޗިން ސްޓާފުން 

އަހުމަދު ޝާކިރު (ޝާކިއްޓެ)، އިބްރާހިމް ސައީދު (ކަކާ)، އިސްމާއިލް އާސިފް (އާސިއްޕެ)، އިމްރާން މުހައްމަދު، ހިޝާމް އަލީ ޒަކީ، އަބްދުލް ހަކީމް މޫސާ، އިސްމާއިލް ނަސީރު، މުހައްމަދު އަބީރު

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީ އާއި އާސެނަލަށް މޮޅެއް ނުލިބުނު، ޗެލްސީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ އާއި އާސެނަލް އެއްވަރުވިއިރު، ޗެލްސީ ވަނީ ލީޑްސް ޔުނައިޓެޑް އަތުން 4-1 އިން ބަލިވެފައި. ސިޓީ އާއި ފުލަމް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، އާސެނަލް އާއި ނިއުކާސަލް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން.

އޮޑިން ކޮންމެ މެޗެއްގައި ވެސް ޓީމު ވަރުގަދަކޮށްގެން ނަތީޖާ ނެރެން

ދިވެހި ޕްރިމިއާ ލީގުގައި އޮޑި ސްޕޯޓްސް ކްލަބުން ކޮންމެ މެޗަކަށް ވެސް ނުކުންނަނީ ޓީމު ވަރުގަދަކޮށް ރަނގަޅު ނަތީޖާއެއް ނެރުމުގެ އަމާޒުގައި ކަމަށް އެ ޓީމުގެ ކޯޗު ލޫޗޯ ބުނެފި. ލީގުގެ ބްރޭކުގެ ތެރޭގައި ޓީމުގެ ފިޓްނަސް އާއި ކުޅުން ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މާދަމާ ޓީސީއާ ދެކޮޅަށް ނުކުންނާނީ މެޗުގެ ކޮންޓްރޯލް ހޯދައިގެން މޮޅުވާން

ނިއު ރޭޑިއަންޓް ބަލިކުރުން މުޅި ވިކްޓަރީ އަށް އިތުބާރަކަށްވާނެ

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުމަކީ ވިކްޓަރީގެ އިތުބާރު ބޮޑުވެ، ސަޕޯޓަރުންގެ ޝައުގުވެރިކަން އިތުރުވާނެ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު މޯހަން ބުނެފި ލީގުގައި މިހާތަނަށް ބަލިނުވެ އޮތް މި ދެ ޓީމުގެ ކުރިމަތިލުމަށް ވިކްޓަރީ އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށްވެސް އޭނާ ފާހަގަކުރި

މުޑްރިކް އާއި ޔޫކްރެއިން އެފްއޭގެ ކޯޅުމެއް

މަނާބޭހުގެ މައްސަލައެއްގައި 21 މަސް ދުވަހުގެ ސަސްޕެންޝަނެއް ފުރިހަމަކުރުމަށްފަހު، ޔޫކްރެއިންގެ މިހައިލޯ މުޑްރިކް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިހުމާލުވި ކަމަށް ބުނެ ކުރި ތުހުމަތުތަކާ ގުޅިގެން މައްސަލަ ހޫނުވެއްޖެއެވެ. މުޑްރިކްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޔޫކްރެއިން އެފްއޭގެ ރައީސް އަންޑްރީ ޝެވްޗެންކޯ ވިދާޅުވީ މުޑްރިކް ހަދަނީ ދޮގު ކަމަށާއި، މިއީ އެސޯސިއޭޝަނުގެ އަގުވައްޓާލަން ކުރާ ކަމެއް ކަމަށެވެ.

ޓޮމް ބްރެޑީ ޗެލްސީގެ ހިއްސާއެއް ގަންނަނީ

އެމެރިކަން ފުޓްބޯޅަ ލެޖެންޑް ޓޮމް ބްރެޑީ، ކްލިއަލޭކް ކެޕިޓަލް މެދުވެރިކޮށް އިނގިރޭސި ކްލަބް ޗެލްސީގެ މައިނޯރިޓީ ހިއްސާއެއް ގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި އިންވެސްޓްމަންޓާއެކު އޭނާއަށް ވޯޓުލުމުގެ ހައްގު ނުލިބުނު ނަމަވެސް، ކުރިއަށް އޮތް ތަނުގައި ކްލަބުގެ ބޯޑުން ފުރުސަތު ލިބުމުގެ ފުރުސަތު އެބައޮތެވެ. ބްރެޑީ މި ފިޔަވަޅު އަޅަނީ ބާމިންހަމް ސިޓީގައި އޮތް އޭނާގެ ހިއްސާ ދޫކޮށްލުމަށްފަހުއެވެ.

ބަޔާން އެއްވަރުވި މެޗުގައި ކޭން އަށް ސީރިއަސް އަނިޔާއެއް

ޖަރުމަނު ލީގުގައި ކޮލޯންއާ ދެކޮޅަށް ކުޅުނު މެޗުގައި ބަޔާން މިއުނިކްގެ ފޯވާޑް ހެރީ ކޭންގެ ކުޑަހުޅަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން، ތިން މަސް ދުވަހަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. ބަޔާން މި މެޗުން 1-1 އިން އެއްވަރުވިއިރު، މި ނަތީޖާއާއެކު ލީގުގެ އެއްވަނަ މަގާމު ގެއްލުމުގެ ބިރު އެ ޓީމަށް ވަނީ ކުރިމަތިވެފައި

ސްޕެއިން ކައިރިން ބަދަލުހިފަން ޒިދާން ބޭނުމެއް ނޫން

ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ސްޕެއިނާ ދެކޮޅަށް ނުކުންނައިރު، ފްރާންސްގެ އަމާޒަކީ ވޯލްޑް ކަޕްގެ ބަލިވުމުގެ ބަދަލުހިފުމުގެ ބަދަލުގައި މުބާރާތުގެ ތަށި ހޯދުން ކަމަށް ކޯޗު ޒިދާން ބުނެފި. ޒިދާން ފާހަގަކުރި ގޮތުގައި މިއީ އާ މުބާރާތެއް ކަމަށާއި، އަންނަ މާޗް މަހު އޮންނަ މި މެޗުތަކަށް ޓީމު އޮތީ ވަރުގަދަ އަމާޒެއްގައި

Newsletter

Get the latest news delivered straight to your inbox