ޕެންޝަން ފަންޑަށް ވިއްކި ބޮންޑާއެކީ ސެކިއުރިޓީސް ދަރަނި 100 ބިލިއަން ރުފިޔާއިން މައްޗަށް

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު: މި ސަރުކާރުން ވަނީ ބަޖެޓުގައި ބުނި ވަރަށް ވުރެ އިތުރަށް އެތެރޭގެ ބާޒާރުން ދަރަނި ނަގާފަ --- ފޮޓޯ: ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު: މި ސަރުކާރުން ވަނީ ބަޖެޓުގައި ބުނި ވަރަށް ވުރެ އިތުރަށް އެތެރޭގެ ބާޒާރުން ދަރަނި ނަގާފަ --- ފޮޓޯ: ފިނޭންސް މިނިސްޓްރީ

ޕެންޝަން ފަންޑުން ކުރިން ގަނެފައި ހުރި ބޮންޑުތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކާލުމަށް ފަހު އެ ފައިސާއިން އާ ބޮންޑުތަކަށް އިންވެސްޓުކުރުމާ އެކީ ސަރުކާރުގެ ސެކިއުރިޓީސް ދަރަނި 100 ބިލިއަން ރުފިޔާ ފަހަނައަޅައި ގޮސްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުތަކުން ދައްކާ ގޮތުގައި، މި މުއާމަލާތާއެކީ ބޮންޑު ދަރަނި ވަނީ 28.6 ބިލިއަން ރުފިޔާއިން 33.6 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މި އިތުރުވުން އައިސްފައި ވަނީ ފަސް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ވިއްކާފައިވާ ބޮންޑުތަކަށެވެ. 

ސެކިއުރިޓީސް ދަރަނި 100 ބިލިއަން ރުފިޔާއަށް އެރި އިރު، މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ސުކޫކަށް ފައިސާ ދެއްކުމާ އެކީ ސެކިއުރިޓީސް ދަރަނި 95 ބިލިއަން ރުފިޔާއަށް ތިރިވި އެވެ. އަދި، ޕެންޝަން ފަންޑަށް ބޮންޑު ވިއްކުމުގެ މުއާމަލާތް ހިންގުމުގެ ކުރިން ޖުމްލަ ސެކިއުރިޓީސް ދަރަނި ހުރީ 97.3 ބިލިއަން ރުފިޔާގައި އެވެ. 

ސަރުކާރުން މިހާ ގިނަ އަދަދަކަށް އެތެރޭގެ ބާޒާރުން ފައިސާ ނެގިއިރު، މިއީ މި އަހަރަށް ފާސްކުރި ބަޖެޓުގައި ނަގަން ބުނި ވަރަށް ވުރެ އެތައް ގުނައެއް އިތުރު އަދަދެއް ކަން ފާހަގަކުރެވެ އެވެ.

ބަޖެޓުގައި ފަސް ބިލިއަން ޖެހުމަށް ފަހު، އެތެރޭގެ ބާޒާރުން 8 ބިލިއަން ރުފިޔާ ނަގައިފި!

މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި 5.1 ބިލިއަން ރުފިޔާއަށް ވުރެ އިތުރަށް، އަހަރުގެ ފުރަތަމަ ހަތް މަސް ތެރޭގައި ސަރުކާރުން ވަނީ 10 ބިލިއަނާ ގާތްކުރާ އަދަދަކަށް ދަރަނި ނަގަން ބަޖެޓުގައި ރާވާ ގޮތަށް ބޭރުގެ މާލީ ބާޒާރުން ފައިސާ ނުލިބުމުގެ ސަބަބުން، ހަރަދުތައް ފޫބެއްދުމަށް އެތެރޭގެ ބާޒާރަށް ބަރޯސާވާން ޖެހުމުން.

ބަޖެޓުގައި އޮތީ ޑޮމެސްޓިކް ސެކިއުރިޓީޒްތަކާއި ލޯނުތަކުން ފައިނޭންސިންގެ ގޮތުގައި ހޯދާނީ 5.1 ބިލިއަން ރުފިޔާ ކަމަށެވެ. އަހަރުގެ މިހާ ހިސާބަށް އައިއިރު އެތެރޭގެ ބާޒާރުގެ ދަރަނި ވަނީ 8.2 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ. 

ފިނޭންސުގެ ރަސްމީ ހިސާބުތަކުން ދައްކަނީ 2024 ގައި 8.9 ބިލިއަން ރުފިޔާ އަދި މިދިޔަ އަހަރު 8.6 ބިލިއަން ރުފިޔާ އެތެރޭގެ ބާޒާރުން ނެގި ކަމަށެވެ. އެހެންކަމުން މި އަހަރުގެ މިހާތަނަށް ނެގި އަދަދާއެކީ، މި ސަރުކާރުގެ ދައުރުގެ ތެރޭގައި އެތެރޭގެ ބާޒާރުން ވަނީ  25 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ދަރަނި ނަގާފަ އެވެ.

ދިވެހި ސަރުކާރުގެ ސެކިއުރިޓީސް ދަރަނީގެ ތެރެއިން 97 ޕަސެންޓަކީ އެތެރޭގެ ދަރަންޏެވެ. މި ދަރަނިތައް މައިގަނޑު ގޮތެއްގައި ވިއްކާފައި ވަނީ ވިިޔަފާރި ބޭންކުތަކުންނާއި ޕެންޝަން ފަނޑު ފަދަ ތަންތަނަށެވެ. މި ސަރުކާރުގެ ދައުރުގެ ތެރޭގައި ސަރުކާރު ކުންފުނިތައް ލައްވާ ވެސް ވަނީ ކުރީ ސަރުކާރުތަކުގައި ނުކުރާ ވަރަށް ޓީބިލާއި ބޮންޑަށް އިންވެސްޓުކުރުވާފަ އެވެ. 

ސަރުކާރުގެ ހަރަދުތައް ފޫބައްދަން އެތެރޭގެ ބާޒާރަށް ބަރޯސާވާން ޖެހިފައި ވަނީ އެއްވެސް އަަހަރެއްގައި ރޭވި ގޮތަށް މި ބަޖެޓު ފައިނޭންސިން ނުހޯދޭތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox