ތެޔޮ އިމްޕޯޓުކުރަން އޭޑީބީން 50 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފި

މާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގޭގެ ދުންހޮޅިތައް: ރާއްޖޭގައި އުފައްދާ ކަރަންޓާއި ފެނުގެ 94 ޕަސެންޓު އުފައްދަނީ ޑީސަލުން ---- ފޮޓޯ: އަދަދު

މާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގޭގެ ދުންހޮޅިތައް: ރާއްޖޭގައި އުފައްދާ ކަރަންޓާއި ފެނުގެ 94 ޕަސެންޓު އުފައްދަނީ ޑީސަލުން ---- ފޮޓޯ: އަދަދު

އިރާނު ހަނގުރާމައާ ގުޅިގެން ހަކަތައިގެ އަގު އުފުލި، ތެލުގެ އިމްޕޯޓުތަކަށް ހަރަދުކުރަން ޖެހޭ ފައިސާ ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައި، ތެޔޮ ގަންނަން އެހީތެރިވެދިނުމުގެ ގޮތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް 50 މިލިއަން ޑޮލަރު (772.5 މިލިއަން ރުފިޔާ) ގެ ކުއްލި އެހީގެ ލޯނެއް ހަމަޖައްސައިދީފި އެވެ. 

އޭޑީބީން އިއްޔެ ނެރުނު ނުސް ބަޔާނެއްގައި ބުނީ މި ލޯނަކީ "އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓު" އަށް އެ ބޭންކުން ފޯރުކޮށްދިން އެހީތެރިކަމެއް ކަމަށެވެ. އަދި، މި ފައިސާ ހަމަޖައްސައިދިނީ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި، ޓޫރިސްޓުން މަދުވެ، ތެޔޮ އިމްޕޯޓުކުރަން ބޭނުންވާ ފައިސާ ހޯދުމުގެ ގާބިލުކަން ކުޑަވެފައިވާތީ އެވެ.

މި ލޯނު ފައިސާ ބޭނުންކުރަނީ، އޭޑީބީން ބުނި ގޮތުގައި، ކަރަންޓާއި ފެން އުފެއްދުމަށް ބޭނުންވާ ޑީސަލް އެތެެރެކުރުމަށާއި، ކާބޯތަކެއްޗާއި ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ތަކެތި އުފުލާށާއި އެތެރޭގެ ދަތުރުފަތުރާއި މުދާ އުފުލުމުގެ އިތުރުން ކުނި މެނޭޖުކުރުމުގެ މަސައްކަތަށެވެ.

އޭޑީބީގެ ރައީސް މަސާޓޯ ކަންޑާ ވިދާޅުވީ މި ލޯނުގެ  ސަބަބުން ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ކަރަންޓާއި ފެނާއި ލިބޭނެ ކަމުގެ ޔަގީންކަން ލިބިދޭ މަޝްރޫއެއް ކަމަށެވެ. 

އޭޑީބީން 50 މިލިއަން ޑޮލަރު ނެގިއިރު، މީގެ ކުރިން ސަރުކާރުން ވަނީ ހަމަ މި ބޭނުމަށް ވާލްޑް ބޭންކުން 40 މިލިއަން ޑޮލަރު (618 މިލިއަން ރުފިޔާ) ގެ ލޯނެއް ނަގާފަ އެވެ.  މިއާ އެކީ މި އަހަރުގެ ތެރޭގައި ތެޔޮ އިމްޕޯޓުކުރަން ހޯދި ޖުމްލަ އަދަދު ވަނީ 90 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) އަށް އަރާފަ އެވެ. 

ރާއްޖޭގައި އުފައްދާ ތެލާއި ފެނުގެ 94 ޕަސެންޓު އުފައްދަނީ ޑީސަލް ބޭނުންކޮށްގެންނެވެ. ސަރުކާރުން ބުނަނީ އިރާން ހަނގުރާމަ ފެށުމުގެ ކުރިން، މި ބޭނުންތަކަށް ތެޔޮ އިމްޕޯޓުކުރަން މަހަކު  50 މިލިއަން ޑޮލަރު ހަރަދުވީއިރު، މިހާރު މަހަކު 116 މިލިއަން ޑޮލަރު (1.7 ބިލިއަން ރުފިޔާ) ހަރަދުވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox