އިރާނާއެކު އާ މަޝްވަރާތަކެއް ފަށަން ޓްރަމްޕް ނިންމަވައިފި

Aug 3, 2026, 11:30 AM
ފޮޓޯ: އޭއެފްޕީ

ފޮޓޯ: އޭއެފްޕީ

އިރާނާއެކު ކުރަމުންދާ ހަނގުރާމަ ހަ މަސް ދުވަހަށް ދިގުލައިގެން ގޮސްފައިވާ އިރު، އެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ދިއުމަށްޓަކައި އިރާނަށް ހަމަލާދިނުން މަޑުޖައްސާލުމަށް ނިންމަވައި، މިއަދު އެ ގައުމާއެކު އާ މަޝްވަރާތަކެއް ފައްޓަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އިއްޔެ ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މި މަޝްވަރާތަކުގައި ދުނިޔޭގެ ހަކަތަ ސަޕްލައިކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އަދި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ މައިގަނޑު މައްސަލައަކަށް ވެފައިވާ ހޯރްމޫޒް ކަނޑުއޮޅީގެ މައްސަލަ އާއި، އިރާނުން ނިއުކްލިއާ ހަތިޔާރު ނައްތާލުމާ ގުޅޭ ގޮތުން ވާހަކަދެކެވޭނެ ކަމަށެވެ.

އިރާނުން ބުނި ގޮތުގައި، ހޯރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް އާ މަގެއް ހޯދުމަށް އޮމާންއާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އެއްބަސްވުމަކާ ވަނީ ގާތްވެފަ އެވެ. ނަމަވެސް، އިއްޔެ އެ ސަރަހައްދުން ދަތުރުކުރި ތެޔޮ ޓޭންކަރެއްގެ ކައިރީގައި އެއްޗެއް ގޮވުމާ ގުޅިގެން، އެ ކަނޑުގައި ދަތުރުކުރުމުގެ ނުރައްކާ އަދިވެސް އޮތްކަން ވަނީ ހާމަވެފަ އެވެ.

Advertisement

އާ މަޝްވަރާތައް ފަށާނެކަން ޓްރަމްޕް އިއުލާން ކުރެއްވުމާ ގުޅިގެން، މިއަދު އޭޝިއާގެ ބާޒާރުތައް ހުޅުވުނުއިރު ތެލުގެ އަގު ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓްގެ އަގު 4.7 އިންސައްތަ ދަށަށް ގޮސް، ތެޔޮ ފީފާއެއްގެ އަގު ވަނީ 80.72 އެމެރިކާ ޑޮލަރަށް ވެއްޓިފަ އެވެ.

ވޮޝިންޓަނާއި ތެހެރާނާ ދެމެދު ހަނގުރާމަ ފެށުނީ ފެބްރުއަރީ 28 ގައެވެ. އެއީ އެމެރިކާ އާއި އިސްރާއީލުން ކުއްލި ގޮތަކަށް އިރާނަށް ހަމަލާދޭން ފެށި ހިސާބުންނެވެ. ނަމަވެސް ފާއިތުވި މަސްތަކުގައި ދޭތެރެ ދޭތެރެއިން ކުރިއަށްދިޔަ ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ސަބަބުން ބައެއް ދުވަސްވަރު މަސްލަހަތު އޮތީ ކޮންމެވެސް ވަރަކަށް ފިނިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހެބްރޮންގައި ގެދޮރު ތަޅާލުމުން އާއިލާތައް ހާލުގައި ޖެހިއްޖެ

އިސްރާއީލު ސިފައިން ހެބްރޮންގައި ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ގެދޮރާއި ވިޔަފާރިތައް ސުންނާފަތިކޮށް، އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނަކީ ފަލަސްތީނުގެ ދެ މީހަކު ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށްވާއިރު، މީގެ ސަބަބުން 2،000 އަށްވުރެ ގިނަ މީހުންގެ އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ޔޫރަޕްގެ ސިޓީތަކުގައި މުޒާހަރާ، ފްރާންސުން 1000 މީހުން ހައްޔަރު

ފްރާންސްގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން ކުރިއަށްދާ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 1،000 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް 70،000 ފުލުހުން ނެރެފައިވާއިރު، ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ވެސް ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ވަނީ ބާއްވާފައެވެ.

ގެތައް ބިމާހަމަކޮށް ފަލަސްތީނު މީހުން ހެބްރޮންއިން ބޭރުކުރަނީ

އިސްރާއީލުގެ ދެ ސިފައިން މަރާލުމާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން، ހެބްރޮން ސިޓީގެ މަގުތަކާއި ގެދޮރު ބިމާހަމަކޮށް އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނުގައި 2،000 އެއްހާ މީހުން ގެދޮރުން ބޭރުކޮށް، ސިޓީ ބަންދުކޮށް އާންމު ރައްޔިތުންގެ ދަތުރުފަތުރާއި އަސާސީ ހިދުމަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވާފައެވެ.

އުރުދުންގެ ފައްޅިއެއްގައި ބަޑި ޖަހައި ހަތް މީހުން މަރާލައިފި

އުރުދުންގެ ކަރަކްގައި ހުންނަ ފައްޅިއެއްގައި ބޭއްވި ޖަނާޒާއަކަށް ބަޑީގެ ހަމަލާތަކެއްދީ ހަތް މީހުން މަރާލައި 40 މީހުން ޒަހަމްކޮށްލައިފިއެވެ. މި ހަމަލާ ދިން މީހުން ހޯދުމުގެ ތަހުގީގު ސަރުކާރުން ފަށާފައިވާއިރު، މި ހާދިސާއާ ގުޅިގެން އެ ގައުމުގައި ތިން ދުވަހުގެ ގައުމީ ހިތާމަ ވަނީ އިއުލާންކޮށްފައެވެ.

ހަނދުގައި މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް އަވަސްކުރަނީ

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހަނދަށް އެސްޓްރޮނޯޓުން ފޮނުވުމަށާއި އެތަނުގައި މަރުކަޒެއް ގާއިމުކުރުމަށް ނާސާއިން ކުރާ މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް އަވަސްކޮށްފައެވެ. މިގޮތުން 2028 ވަނަ އަހަރު ހަނދަށް މީހުން ބޭލުމަށް "އާޓެމިސް 4" މިޝަން ތާވަލުކޮށްފައިވާއިރު، ޗައިނާއާ އޮތް ވާދަވެރިކަމުގެ ސަބަބުން އިދާރީ ހުރަސްތައް ނައްތާލައި ސްޕޭސް އެކްސް ފަދަ އަމިއްލަ ކުންފުނިތަކާއެކު މަސައްކަތްތައް ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ.

ހިޓްލަރުގެ ހާއްސަ އިމާރާތެއްގައި ރޯކޮށްލައިފި

ޖަރުމަނުގެ ކުރީގެ ޑިކްޓޭޓަރު އެޑޮލްފް ހިޓްލަރަށް ހާއްސަކޮށް ބިނާކޮށްފައިވާ "އީގަލްސް ނެސްޓް" އިމާރާތުގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި 33 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން އަލިފާން ނިއްވުމަށް ހުރަސްތަކެއް ކުރިމަތިވި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، ހައްޔަރުކުރި މީހާގެ ނަފްސާނީ މައްސަލައެއް ހުރިތޯ އާއި ސިޔާސީ މަގްސަދެއް އޮތްތޯ ފުލުހުން ދަނީ ބަލަމުންނެވެ.

ދެ ކުދިން ސަލާމަތް ކުރަން އުޅުނު މަޔަކު ގެނބިގެން މަރުވެއްޖެ

ފުލުހުން ބުނި ގޮތުގައި، އިނގިރޭސިވިލާތުގެ ނޮޓިންހަމްޝަޔާގެ ސްޓޭޕަލްފޯޑަށް ނިސްބަތްވާ ކަމަށް ބެލެވޭ އެ އަންހެން މީހާ، އޭނާގެ ފިރިމީހާ އާއި ދެ ފިރިހެން ދަރިންނާއެކު އެ ރަށުގެ ދެކުނު ފަރާތުގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް، ބާރު އޮއިގަނޑެއްގައި ޖެހި ދެ ކުދިން ބަހައިގެން ދިޔައީ އެވެ.

Newsletter

Get the latest news delivered straight to your inbox