ހަމަލާދީފި ނަމަ ދުޝްމަނުންގެ މަރުކަޒުތައް ފުނޑުފުނޑުކޮށްލާނެ ކަމުގެ އިންޒާރު އިރާނުން ދީފި

Aug 2, 2026, 7:31 AM
އިރާން

އިރާން

އިރާނަށް އަމާޒުކޮށް ދޭ ކޮންމެ ހަމަލާއެއްގެ ރައްދުގައި ދުޝްމަނުންގެ ހުރިހާ މަރުކަޒުތަކަކަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އިރާނުގެ އިސް އޮފިޝަލަކު ދެއްވައިފި އެވެ.

އިރާނުގެ ގައުމީ ސަލާމަތާއި ހާރިޖީ ސިޔާސަތާ ބެހޭ ކޮމިޝަނުގެ މެންބަރު އަދި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އިބްރާހީމް ރެޒާއީ މި އިންޒާރު ދެއްވީ އެމެރިކާ ނުވަތަ އިޒްރޭލުން އިރާނަށް ހަމަލާއެއް ދީފާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރެޒާއީ ވިދާޅުވީ، އިރާނަށް ދޭ ކޮންމެ ހަމަލާއެއްގެ ރައްދުގައި، އެ ހަމަލާއެއް އައި ތަނަކަށާއި ދުޝްމަނުންގެ ހުރިހާ އަސްކަރީ މަރުކަޒުތަކަކަށް އިރާނުން ހަމަލާދޭނެ ކަމަށެވެ.

އިރާނުން މީގެ ކުރިން ވެސް ވަނީ އެ ގައުމުގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރަށް ހަމަލާދީފި ނަމަ، މުޅި ގަލްފު ސަރަހައްދުގައި ހުރި ތެލާއި ގޭހުގެ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާދޭނެ ކަމަށް ބުނެފަ އެވެ.

މި ނުތަނަވަސްކަމުގެ ތެރޭގައި، އެމެރިކާއިން ދަނީ  އިޒްރޭލަށް އިޒްރޭލަށް ހަނގުރާމަމަތީ މަތިންދާ ބޯޓުތަކާއި ވަސީލަތްތައް ޖަމާކުރަމުންނެވެ. 

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާއިން އިތުރު ދިހަ ވަރަކަށް އޭރިއަލް ރިފިއުލިން އެއާކްރާފްޓް ނުވަތަ ވައިގެ ތެރޭގައި ބޯޓުފަހަރަށް ތެޔޮ އެޅުމަށް ބޭނުންކުރާ މަތިންދާބޯޓު އިޒްރޭލަށް ފޮނުވާނެއެވެ.

މަސްރަހު މިހާ ބޮޑަށް ހޫނުވެފައިވަނީ، އިޒްރޭލުން އިރާނުގެ އަސްކަރީ ނުވަތަ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާއެއް ދީފާނެ ކަމުގެ ބިރު ބޮޑުވެފައިވާ ވަގުތެއްގަ އެވެ.

އިރާނުން ބުނަމުންދަނީ އެ ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ފަދަ އެއްވެސް އަމަލެއް ހިންގައިފި ނަމަ، އޭގެ ބަދަލު ވަރަށް ހިތިވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހެބްރޮންގައި ގެދޮރު ތަޅާލުމުން އާއިލާތައް ހާލުގައި ޖެހިއްޖެ

އިސްރާއީލު ސިފައިން ހެބްރޮންގައި ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ގެދޮރާއި ވިޔަފާރިތައް ސުންނާފަތިކޮށް، އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނަކީ ފަލަސްތީނުގެ ދެ މީހަކު ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށްވާއިރު، މީގެ ސަބަބުން 2،000 އަށްވުރެ ގިނަ މީހުންގެ އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ޔޫރަޕްގެ ސިޓީތަކުގައި މުޒާހަރާ، ފްރާންސުން 1000 މީހުން ހައްޔަރު

ފްރާންސްގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން ކުރިއަށްދާ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 1،000 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް 70،000 ފުލުހުން ނެރެފައިވާއިރު، ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ވެސް ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ވަނީ ބާއްވާފައެވެ.

ގެތައް ބިމާހަމަކޮށް ފަލަސްތީނު މީހުން ހެބްރޮންއިން ބޭރުކުރަނީ

އިސްރާއީލުގެ ދެ ސިފައިން މަރާލުމާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން، ހެބްރޮން ސިޓީގެ މަގުތަކާއި ގެދޮރު ބިމާހަމަކޮށް އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނުގައި 2،000 އެއްހާ މީހުން ގެދޮރުން ބޭރުކޮށް، ސިޓީ ބަންދުކޮށް އާންމު ރައްޔިތުންގެ ދަތުރުފަތުރާއި އަސާސީ ހިދުމަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވާފައެވެ.

އުރުދުންގެ ފައްޅިއެއްގައި ބަޑި ޖަހައި ހަތް މީހުން މަރާލައިފި

އުރުދުންގެ ކަރަކްގައި ހުންނަ ފައްޅިއެއްގައި ބޭއްވި ޖަނާޒާއަކަށް ބަޑީގެ ހަމަލާތަކެއްދީ ހަތް މީހުން މަރާލައި 40 މީހުން ޒަހަމްކޮށްލައިފިއެވެ. މި ހަމަލާ ދިން މީހުން ހޯދުމުގެ ތަހުގީގު ސަރުކާރުން ފަށާފައިވާއިރު، މި ހާދިސާއާ ގުޅިގެން އެ ގައުމުގައި ތިން ދުވަހުގެ ގައުމީ ހިތާމަ ވަނީ އިއުލާންކޮށްފައެވެ.

ހަނދުގައި މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް އަވަސްކުރަނީ

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހަނދަށް އެސްޓްރޮނޯޓުން ފޮނުވުމަށާއި އެތަނުގައި މަރުކަޒެއް ގާއިމުކުރުމަށް ނާސާއިން ކުރާ މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް އަވަސްކޮށްފައެވެ. މިގޮތުން 2028 ވަނަ އަހަރު ހަނދަށް މީހުން ބޭލުމަށް "އާޓެމިސް 4" މިޝަން ތާވަލުކޮށްފައިވާއިރު، ޗައިނާއާ އޮތް ވާދަވެރިކަމުގެ ސަބަބުން އިދާރީ ހުރަސްތައް ނައްތާލައި ސްޕޭސް އެކްސް ފަދަ އަމިއްލަ ކުންފުނިތަކާއެކު މަސައްކަތްތައް ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ.

ހިޓްލަރުގެ ހާއްސަ އިމާރާތެއްގައި ރޯކޮށްލައިފި

ޖަރުމަނުގެ ކުރީގެ ޑިކްޓޭޓަރު އެޑޮލްފް ހިޓްލަރަށް ހާއްސަކޮށް ބިނާކޮށްފައިވާ "އީގަލްސް ނެސްޓް" އިމާރާތުގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި 33 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން އަލިފާން ނިއްވުމަށް ހުރަސްތަކެއް ކުރިމަތިވި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، ހައްޔަރުކުރި މީހާގެ ނަފްސާނީ މައްސަލައެއް ހުރިތޯ އާއި ސިޔާސީ މަގްސަދެއް އޮތްތޯ ފުލުހުން ދަނީ ބަލަމުންނެވެ.

ދެ ކުދިން ސަލާމަތް ކުރަން އުޅުނު މަޔަކު ގެނބިގެން މަރުވެއްޖެ

ފުލުހުން ބުނި ގޮތުގައި، އިނގިރޭސިވިލާތުގެ ނޮޓިންހަމްޝަޔާގެ ސްޓޭޕަލްފޯޑަށް ނިސްބަތްވާ ކަމަށް ބެލެވޭ އެ އަންހެން މީހާ، އޭނާގެ ފިރިމީހާ އާއި ދެ ފިރިހެން ދަރިންނާއެކު އެ ރަށުގެ ދެކުނު ފަރާތުގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް، ބާރު އޮއިގަނޑެއްގައި ޖެހި ދެ ކުދިން ބަހައިގެން ދިޔައީ އެވެ.

Newsletter

Get the latest news delivered straight to your inbox