އިރާން ހަނގުރާމަ
248 ލިޔުން
ފަހުގެ
ދުނިޔެބޮންއަޅާ ބޯޓުތައް ވައިގެ މަރުކަޒުން ބޭރުކުރީ ނުރައްކާ އޮތުމުން
އިނގިރޭސިވިލާތުގެ އެއާބޭސްއަކަށް ކުރިމަތިވި ނުރައްކާތަކަކާ ގުޅިގެން، އެ ތަނުގައި އޮތް އެމެރިކާގެ ބޮންއަޅާ ބޯޓުތައް އަނބުރާ އެމެރިކާއަށް ގެންގޮސްފައިވާ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއްޖެއެވެ. މި ނިންމުން ނިންމީ އީރާނުން ދީފާނެ ހަމަލާއެއްގެ ޖާސޫސީ މައުލޫމާތު ލިބުމާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނާއިރު، އެއާބޭސް ކައިރިން ޝައްކުކުރެވޭ ބަޔަކު ހައްޔަރުކުރި ހާދިސާއަކާ ގުޅިގެން ސަލާމަތީ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.
ދުނިޔެއެމެރިކާގެ ހަތިޔާރު ރިޒާވް ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ހަތިޔާރުގެ ރިޒާވް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް އެ ގައުމުގެ އިންސްޕެކްޓާ ޖެނެރަލްގެ ރިޕޯޓަކުން ހާމަވެއްޖެއެވެ. މި ރިޕޯޓުގައި ހަތިޔާރު ހޯދުމަށް ބޮޑެތި ހުރަސްތަކެއް ހުރިކަން ފާހަގަކޮށްފައިވީ ނަމަވެސް، ވައިޓް ހައުސްއިން ވަނީ އެމެރިކާގައި ބޭނުންވާ ވަރަށް ވުރެ ގިނައިން ހަތިޔާރު އެބަހުރި ކަމަށް ބުނެ އެ ވާހަކަތައް ދޮގުކޮށްފައެވެ.
