ވޮޝިންޓަންގައި ރޯވެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

Aug 3, 2026, 6:30 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އެމެރިކާގެ ވޮޝިންޓަން ސްޓޭޓްގެ ޖަންގަލިތަކުގައި ފެތުރިފައިވާ ވަރުގަދަ އަލިފާންގަނޑުތަކާ ގުޅިގެން، ސްޕޯކޭން ސަރަހައްދުން މީހުން ހުސްކުރުމާއި ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ މައްސަލަތައް ކުރިމަތިވެފައިވެއްޖެ އެވެ.

ވޮޝިންޓަން ސްޓޭޓްގެ ކޮމިޝަނާ އޮފް ޕަބްލިކް ލޭންޑްސް، ޑޭވް އަޕްތެގްރޯވް ބޭއްވި ވާޗުއަލް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އެ ސްޓޭޓްގެ އެކި ސަރަހައްދުތަކުގައި ރޯވެފައިވާ 12 އަށްވުރެ ގިނަ އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގައި ގާތްގަނޑަކަށް 4،000 މީހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ގަވަރުނަރު ބޮބް ފާގަސަން ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު މުޅި ސްޓޭޓްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވައި، އެއްވެސް ތަނެއްގައި އަލިފާން ރޯކުރުން ވަނީ މަނާކުރައްވާފަ އެވެ. މިހާތަނަށް މި ހާދިސާތަކުގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ނުވަތަ މީހަކު މަރުވިކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

ސްޕޯކޭންގެ މޭޔަރު ލީސާ ބްރައުން ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސިޓީގެ މުހިންމު ބައެއް ތަންތަން މިހާރު ހުސްކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފެން ސާފުކުރާ މަރުކަޒުތަކާއި، ކުނިން ހަކަތަ އުފައްދާ ޕްލާންޓަކާއި، ޑިޕާޓްމަންޓް އޮފް ވެޓަރަންސް އެފެއާޒްގެ ހޮސްޕިޓަލް ހިމެނެ އެވެ.

ހޮނިހިރު ދުވަހުގެ މެންދުރުފަހު 3:30 އާ ހަމައަށް ސްޕޯކޭންގެ ގާތްގަނޑަކަށް 200 ގެއަކުން މީހުން ހުސްކޮށްފައިވީ ނަމަވެސް، އެ އަދަދު އިތުރުވާނެ ކަމަށް އޮފިޝަލުން ލަފާކުރެ އެވެ. މޭޔަރު ބްރައުން ވިދާޅުވީ އަލިފާން ފެތުރެމުންދަނީ ސިޓީގެ ބޮޑު ސަރަހައްދަކަށް ކަމުން، ގެދޮރު ދޫކޮށް ދާންޖެހޭ މީހުންގެ އަދަދު މިއަށްވުރެ މަތިވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކޮމިޝަނަރ އަޕްތެގްރޯވް ވިދާޅުވި ގޮތުގައި މި އަހަރުގެ ހޫނު މޫސުން ފެށުނީއްސުރެ މިހާތަނަށް ވޮޝިންޓަން ސްޓޭޓްގެ ގާތްގަނޑަކަށް 450،000 އޭކަރުގެ ބިން ވަނީ އަލިފާނުގެ ހާދިސާތަކުގައި އަނދާފަ އެވެ. އޭނާ ވިދާޅުވީ މިއީ އާދައިގެ ހާލަތެއް ނޫން ކަމަށާއި، މުޅި ސްޓޭޓްގެ އެކި ކަންކޮޅުތަކުގައި އަލިފާންގަނޑުތައް ވަރަށް ބާރަށް ފެތުރެމުންދާ ކަމަށެވެ.

މި އަހަރުގެ ހޫނު މޫސުމުގައި ޕެސިފިކް ނޯތުވެސްޓްގެ އެހެން ސަރަހައްދުތަކަށް ވެސް ވަނީ އަލިފާނުގެ ނުރައްކާ ކުރިމަތިވެފަ އެވެ. އެގޮތުން ވޭތުވެދިޔަ މަހު ބްރިޓިޝް ކޮލަމްބިއާގެ ދެކުނު ސަރަހައްދުތަކަށް 34،000 އެއްހާ ފަހަރު ހޮނު އެޅުމުގެ ސަބަބުން ސިލްސިލާ އަލިފާނުގެ ހާދިސާތަކެއް ހިނގައި، ގިނަ ބަޔަކު ގެދޮރު ދޫކޮށް ދާން ޖެހުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހެބްރޮންގައި ގެދޮރު ތަޅާލުމުން އާއިލާތައް ހާލުގައި ޖެހިއްޖެ

އިސްރާއީލު ސިފައިން ހެބްރޮންގައި ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ގެދޮރާއި ވިޔަފާރިތައް ސުންނާފަތިކޮށް، އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނަކީ ފަލަސްތީނުގެ ދެ މީހަކު ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށްވާއިރު، މީގެ ސަބަބުން 2،000 އަށްވުރެ ގިނަ މީހުންގެ އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ޔޫރަޕްގެ ސިޓީތަކުގައި މުޒާހަރާ، ފްރާންސުން 1000 މީހުން ހައްޔަރު

ފްރާންސްގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން ކުރިއަށްދާ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 1،000 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް 70،000 ފުލުހުން ނެރެފައިވާއިރު، ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ވެސް ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ވަނީ ބާއްވާފައެވެ.

ގެތައް ބިމާހަމަކޮށް ފަލަސްތީނު މީހުން ހެބްރޮންއިން ބޭރުކުރަނީ

އިސްރާއީލުގެ ދެ ސިފައިން މަރާލުމާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން، ހެބްރޮން ސިޓީގެ މަގުތަކާއި ގެދޮރު ބިމާހަމަކޮށް އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނުގައި 2،000 އެއްހާ މީހުން ގެދޮރުން ބޭރުކޮށް، ސިޓީ ބަންދުކޮށް އާންމު ރައްޔިތުންގެ ދަތުރުފަތުރާއި އަސާސީ ހިދުމަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވާފައެވެ.

އުރުދުންގެ ފައްޅިއެއްގައި ބަޑި ޖަހައި ހަތް މީހުން މަރާލައިފި

އުރުދުންގެ ކަރަކްގައި ހުންނަ ފައްޅިއެއްގައި ބޭއްވި ޖަނާޒާއަކަށް ބަޑީގެ ހަމަލާތަކެއްދީ ހަތް މީހުން މަރާލައި 40 މީހުން ޒަހަމްކޮށްލައިފިއެވެ. މި ހަމަލާ ދިން މީހުން ހޯދުމުގެ ތަހުގީގު ސަރުކާރުން ފަށާފައިވާއިރު، މި ހާދިސާއާ ގުޅިގެން އެ ގައުމުގައި ތިން ދުވަހުގެ ގައުމީ ހިތާމަ ވަނީ އިއުލާންކޮށްފައެވެ.

ހަނދުގައި މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް އަވަސްކުރަނީ

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހަނދަށް އެސްޓްރޮނޯޓުން ފޮނުވުމަށާއި އެތަނުގައި މަރުކަޒެއް ގާއިމުކުރުމަށް ނާސާއިން ކުރާ މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް އަވަސްކޮށްފައެވެ. މިގޮތުން 2028 ވަނަ އަހަރު ހަނދަށް މީހުން ބޭލުމަށް "އާޓެމިސް 4" މިޝަން ތާވަލުކޮށްފައިވާއިރު، ޗައިނާއާ އޮތް ވާދަވެރިކަމުގެ ސަބަބުން އިދާރީ ހުރަސްތައް ނައްތާލައި ސްޕޭސް އެކްސް ފަދަ އަމިއްލަ ކުންފުނިތަކާއެކު މަސައްކަތްތައް ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ.

ހިޓްލަރުގެ ހާއްސަ އިމާރާތެއްގައި ރޯކޮށްލައިފި

ޖަރުމަނުގެ ކުރީގެ ޑިކްޓޭޓަރު އެޑޮލްފް ހިޓްލަރަށް ހާއްސަކޮށް ބިނާކޮށްފައިވާ "އީގަލްސް ނެސްޓް" އިމާރާތުގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި 33 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން އަލިފާން ނިއްވުމަށް ހުރަސްތަކެއް ކުރިމަތިވި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، ހައްޔަރުކުރި މީހާގެ ނަފްސާނީ މައްސަލައެއް ހުރިތޯ އާއި ސިޔާސީ މަގްސަދެއް އޮތްތޯ ފުލުހުން ދަނީ ބަލަމުންނެވެ.

ދެ ކުދިން ސަލާމަތް ކުރަން އުޅުނު މަޔަކު ގެނބިގެން މަރުވެއްޖެ

ފުލުހުން ބުނި ގޮތުގައި، އިނގިރޭސިވިލާތުގެ ނޮޓިންހަމްޝަޔާގެ ސްޓޭޕަލްފޯޑަށް ނިސްބަތްވާ ކަމަށް ބެލެވޭ އެ އަންހެން މީހާ، އޭނާގެ ފިރިމީހާ އާއި ދެ ފިރިހެން ދަރިންނާއެކު އެ ރަށުގެ ދެކުނު ފަރާތުގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް، ބާރު އޮއިގަނޑެއްގައި ޖެހި ދެ ކުދިން ބަހައިގެން ދިޔައީ އެވެ.

Newsletter

Get the latest news delivered straight to your inbox