އެންލީން ގޯލްޑް 5އެކްސް: ދުޅަހެޔޮކަމަށް ހާއްސަ އާ ފޯމިއުލާއެއް

Jul 14, 2026, 8:26 AM
އެންލީންގެ އާ އުފެއްދުން

އެންލީންގެ އާ އުފެއްދުން

ބޮޑެތި މީހުންގެ ހަށިގަނޑުގެ ވަރުގަދަކަމާއި ހަރަކާތްތެރިކަން އިތުރުކުރުމަށް އެހީތެރިވެދޭ "ގޯލްޑް 5އެކްސް" ނިއުޓްރިޝަނަލް ފޯމިއުލާ ބާޒާރަށް ނެރެފި އެވެ.

މި އުފެއްދުން ރާއްޖެއަށް އެތެރެކޮށް މާކެޓުކުރަނީ ލިލީ އެންޓަޕްރައިޒަސްއިންނެވެ. 

މިއީ ބޮޑެތި މީހުންގެ ދުޅަހެޔޮކަމާއި ހަށިގަނޑު ހަރަކާތްތެރިކޮށް ބެހެއްޓުމަށް ބޭނުންވާ މުހިންމު މާއްދާތައް އެކުލެވޭގޮތަށް ހާއްސަކޮށް ސައިންންޓިފިކްގޮތުން ތައްޔާރުކޮށްފައިވާ ޕްރީމިއަމް އުފެއްދުމެކެވެ.

މި ފޯމިއުލާ ހާއްސަކޮށްފައިވަނީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެންމެ މުހިންމު ފަސް ދާއިރާއަކަށެވެ. އެއީ ކަށިތަކާއި، ހުޅުތަކާއި، މަސްތަކުގެ ދުޅަހެޔޮކަމުގެ އިތުރުން ހަށިގަނޑުގެ ވަރުގަދަކަމާއި ލެނބުމުގެ ގާބިލުކަން އިތުރުކުރުމަށެވެ.

މި އުފެއްދުމުގެ ނިއުޓްރިޝަނަލް ޕްރޮފައިލްއަށް ބަލާއިރު، މީގައި 100 އިންސައްތަ ކެލްސިއަމް އަދި ވިޓަމިން ޑީ އެކުލެވިގެންވެއެވެ. އަދި ހައި-ޕްރޮޓީންއާއެކު ތައްޔާރުކޮށްފައިވާ މި ފޯމިއުލާގައި ކޮލަޖަން އަދި އެމްއެފްޖީއެމް އެކްޓިވް ވެސް ހިމެނެއެވެ. މީގެ އިތުރުން ދުވަހުން ދުވަހަށް ބޭނުންވާ ހަކަތަ ހިފެހެއްޓުމަށް އެހީތެރިވެދޭ 17 ވިޓަމިނާއި މިނަރަލްސް މި ފޯމިއުލާގައި އެކުލެވިގެންވެއެވެ.

މާކެޓް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާގޮތުގައި، އާންމުކޮށް ހުންނަ ކެލްސިއަމް ގިނަ ކިރުގެ ބާވަތްތަކުގެ ތެރެއަށް އެމްއެފްޖީއެމް އަދި ކޮލަޖަން އިތުރުކުރުމަކީ، ދިގު މުއްދަތަކަށް ހަށިގަނޑުގެ ދުޅަހެޔޮކަން ދަމަހައްޓަން ބޭނުންވާ މީހުންގެ މެދުގައި މިފަދަ މަލްޓި-ފަންކްޝަނަލް އުފެއްދުންތަކަށް އޮތް ޑިމާންޑް ބޮޑުވަމުންދާކަން ހާމަކޮށްދޭ ކަމެކެވެ.

"ގޯލްޑް 5އެކްސް" ބާޒާރަށް ނެރެފައިވަނީ ކަސްޓަމަރުން ގަޔާވާނެ ތިން ރަހައަކުންނެވެ. އެއީ ޕްލެއިން، ޑާކް ޗޮކްލެޓް އަދި ކެފޭ ލާޓޭ އެވެ. މި ހަފުތާއިން ފެށިގެން ބޮޑެތި ފިހާރަތަކުންނާއި ޑިސްޓްރިބިއުޝަން ނެޓްވޯކްތަކުން މި އުފެއްދުން ލިބެން ހުންނާނެއެވެ.

މި އުފެއްދުން ލިލީ ސްޓޯރާއި، ލާލު ސްޓޯރު، ހުޅުމާލޭގައި ހުންނަ ލިލީ ޝޮޕް، އަދި އައްޑޫ އާއި ކުޅުދުއްފުށީގައި ހުންނަ ލިލީގެ ފިހާރައިން ލިބެން ހުންނާނެއެވެ. އަދި މި އުފެއްދުން އެހެން ފިހާތަކުން ވެސް ލިބޭނެ އެވެ. 

ފަހުގެ ޚަބަރު

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

އޮސްޓްރޭލިއާއިން ސަންސްކްރީންގެ އުސޫލުތައް ހަރުކަށިކޮށްފި

އޮސްޓްރޭލިއާގައި ވިއްކާ ބައެއް ސަންސްކްރީންތަކުގެ ރައްކާތެރިކަން ކުޑަކަމަށް ދެއްކުމާ ގުޅިގެން، އެ ތަކެތި އުފައްދާ މިންގަނޑުތައް ހަރުކަށިކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާއިން ނިންމައިފިއެވެ. މި ބަދަލުގެ ދަށުން ސަންސްކްރީންގައި ހިމެނޭ މާއްދާތައް ޓެސްޓްކުރުމާއި، އޭގެއިން ލިބޭ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ.

Newsletter

Get the latest news delivered straight to your inbox