ވައިގެ މަގުން ބޭރު ކުރި ކަމަށް ސަރުކާރުން ބުނާ މުދަލުގެ އަދަދު ދިމާނުވޭ: ފިރާގު

Jul 8, 2026, 7:59 AM
މުހައްމަދު ފިރާގު -- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

މުހައްމަދު ފިރާގު -- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

އެމްޕީއެލްއިން އާންމުކޮށްފައިވާ މިދިޔަ ޖޫން މަހުގެ އެއާ ކާގޯ އެކްސްޕޯޓްގެ ތަފާސްހިސާބުތަކާއި އެއާލައިންތަކުގެ ރެކޯޑުތަކާ ދިމާނުވާ ކަމަށް، ރާއްޖޭގައި އެންމެ ގިނަ އެއާލައިންގެ އެޖެންޓުކަން އޮންނަ އޭސް ޓްރެވަލްގެ ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވެއްޖެ އެވެ.

އެމްޕީއެލްއިން އާންމުކޮށްފައިވާ "ސީ ޓު އެއާ ކާގޯ" ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫން މަހު ރާއްޖެއިން ބޭރުކޮށްފައި ވަނީ 335 މެޓްރިކް ޓަނުގެ މުދަލެވެ.  މި މުދާ އުފުލާފައިވަނީ ގަތަރު އެއާވޭސް، ޓާކިޝް އެއާލައިންސް، އެމިރޭޓްސް އަދި ސައުދިއާ ފަދަ އެއާލައިންތަކުން އިޓަލީ، އެމެރިކާ، ޖަރުމަނު އަދި ފްރާންސް ފަދަ މަންޒިލްތަކަށެވެ.

ނަމަވެސް، އެންމެ އެއާލައިނެއް މެދުވެރިކޮށް ބޭރުކުރި އަދަދުވެސް 398 ޓަނަށް އަރާ ކަމަށާއި އެހެންކަމުން، ރާއްޖޭގައި ހަރަކާތްތެރިވާ އެހެން ހުރިހާ ފްރެއިޓް ފޯވާޑަރުންނާއި، އެއާލައިންތަކާއި ޖީއެސްއޭތަކުން ހޭންޑްލްކުރި އެކްސްޕޯޓްގެ އަދަދުތައް އެއްކޮށްލުމުން، ޖޫން މަހު ސަރުކާރުން އާންމުކުރި އަދަދަށް ވުރެ މާ މަތިވާނެ ކަމަށް ފިރާގު ވިދާޅުވި އެވެ. 

Advertisement

ކާގޯ ހެންޑްލިން ދާއިރާގައި ހަރަކާތްތެރިވާ ބައެއް މީހުން ބުނި ގޮތުގައި އަސްލު ބޭރުކުރި މިންވަރަށް ވުރެ އާންމުކުރި މިންވަރު ދަށް ކަމަށް ރަސްމީކޮށް އިއުލާނު ކުރުމުން، އޭގައި ބޮޑެތި މައްސަލަތަކެއް އުޅޭކަން ފާހަގަވެ އެވެ. 

"ބޭރުކުރި އަސްލު އަދަދު މަދުވެގެން 600، 700 ޓަނަށް އަރާނެ ކަމަށް ބެލެވޭ. އެހެންވީމަ، ބެލެވެނީ މިއޮތީ ހެންޑްލިން ފީއަށް މަކަރު ހަދަންވެގެން އެކްސްޕޯޓްކުރި މިންވަރު އޮޅުވާލާފައި ކަމަށް،" އަދަދު ނޫހާ ވާހަކަ ދެއްކި އިތުބާރު ކުރެވޭ މަސްދަރަކުން ބުންޏެވެ. 

އެހެންކަމުން، އެއާޕޯޓުން ހަގީގަތުގައި ބޭރުވި މުދަލުގެ ސައްހަ އަދަދު ކަށަވަރުކުރުމަށްޓަކައި، އާންމުކޮށްފައިވާ ތަފާސްހިސާބުތައް މުރާޖައާކޮށް ވެރިފައި ކުރުމަށް ފިރާގު ވަނީ ގޮވާލައްވާފައެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ އެކްސްޕޯޓް ދާއިރާ ކުރިއެރުވުމަށްޓަކައި ހިދުމަތްތައް ފެންވަރު ރަނގަޅުކޮށް، އަގުތައް އެހެން މަންޒިލްތަކާ ވާދަވެރި ފެންވަރެއްގައި ހިފެހެއްޓުން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.

މިވަގުތު ރާއްޖެއަށް މައިގަނޑު ގޮތެއްގައި ފައިދާ ލިބެމުންދަނީ މި ސަރަހައްދުގެ އެހެން ގައުމުތަކުގެ އޯވަފްލޯ ޓްރެފިކްގެ ސަބަބުން ކަމަށާއި، ވާދަވެރި އެހެން މަންޒިލްތަކުން ދަނީ އެ ގައުމުތަކުގެ ހެންޑްލިން ކެޕޭސިޓީ ފުޅާކޮށް، ހިދުމަތްތައް ހަރުދަނާ ކުރަމުން ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވިސްނުން މިހުރީ ދިމާ އިދިކޮޅަށް. ޕްލޭނެއް ނެތި ނެގުނުހާ ޗާޖުތައް އިތުރުކުރަމުން ނަގަމުން ދިއުން. ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންގެ ވާދަވެރިކަން ކުޑަވެގެން ގޮސް މާކެޓު ގެއްލިދާނެ،" ފިރާގު ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެ އެވެ.

މިއީ ހުރިހާ މަސްލަހަތުވެރިން ސީރިއަސްކޮށް މަޝްވަރާކުރަންޖެހޭ މައްސަލައެއް ކަމަށާއި ރާއްޖޭގެ މަގާމު ހަރުދަނާކޮށް، އެކްސްޕޯޓް ދާއިރާގެ ފުރިހަމަ ފުރުސަތު ހުޅުވާލުމަށްޓަކައި، ދިގުމުއްދަތުގެ ރަނގަޅު ސިޔާސަތުތަކެއް ކަނޑައަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox