ޗެލްސީން އިރައޯލާއާ އެކު މަޝްވަރާތައް ފަށައިފި

Apr 28, 2026, 12:01 PM
ބޯންމައުތުގެ ކޯޗު އަންޑޯނީ އިރައޯލާ: މި ސީޒަނަށް ފަހު އޭނާ އެ ޓީމު ދޫކޮށްލަން ވަނީ ނިންމައިފައި.

ބޯންމައުތުގެ ކޯޗު އަންޑޯނީ އިރައޯލާ: މި ސީޒަނަށް ފަހު އޭނާ އެ ޓީމު ދޫކޮށްލަން ވަނީ ނިންމައިފައި.

ލަންޑަން (އޭޕްރީލް 28) - ހުސްވެފައިވާ ޗެލްސީގެ ކޯޗުގެ މަގާމު، ބޯންމައުތުގެ ކޯޗު، ސްޕެއިނުގެ އަންޑޯނީ އިރައޯލާ ހަވާލުކުރެވޭތޯ މަޝްވަރާތައް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 

ފަސް އަހަރާއި ބައިގެ ކޮންޓްރެކްޓެއްގެ ދަށުން ޗެލްސީގެ ކޯޗަކަށް ގެނައި، ލިއަމް ރޮސެނިއާ، ތިން މަސް ދުވަހަށް ފަހު މަގާމުން ވަކިކޮށްފައިވަނީ މީގެ ހަ ވަރަކަށް ދުވަސް ކުރިންނެވެ. ޗެލްސީން ނިންމާފައިވަނީ މި ސީޒަނުގެ ބާކީބައިގައި، ކުޅޭނީ ވަގުތީ ކޯޗު، ކަލުމް މެކްފާލޭންގެ އިރުޝާދުގެ ދަށުންނެވެ. މިއީ، މި ސީޒަނުގައި އޭނާ ވަގުތީ ގޮތުން ޗެލްސީ އަށް ކޯޗުކޮށްދޭ ދެ ވަނަ ފަހަރެެވެ. އެ ގޮތުން، ޖެނުއަރީ މަހު، އެންޒޯ މަރެސްކާ، ޗެލްސީގެ ކޯޗުކަމުން ވަކިކޮށް، ރޮސެނިއާއާ އެ ޓީމު ހަވާލުވުމުގެ ކުރިން، މެކްފާލޭން ވަނީ ދެ މެޗެއްގައި ޗެލްސީ އަށް ކޯޗުކޮށްދީފަ އެެވެ. 

ޗެލްސީން އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ޓީމުން ބޭނުންވާ ކޯޗުންގެ ލިސްޓުގެ ތެރޭގައި، ރެއާލް މެޑްރިޑުން މި ސީޒަނުގައި ވަކިކުރި ކޯޗު، ޒަބީ އަލޮންސޯ އާއި ކޯމޯގެ ކޯޗަކަށް ހުރި ސެސްކް ފަބްރެގަސް ހިމެނެ އެވެ. އަދި، ކުރިން ޗެލްސީ އަށް ކޯޗުކޮށްދިން ބެންފީކާގައި މިހާރު ހުރި ހޯސޭ މޮރީނިއޯ ނޫނީ ނަޕޯލީގެ ކޯޗަކަށް ހުރި އެންޓޯނިއޯ ކޮންޓޭ އަލުން ގެންނަން އުޅޭ ކަމަށް ވެސް މީޑިއާގައި އަންނަނީ ވާހަކަ ދެކެވެމުންނެވެ. 

އެކަމަކު، ފުޓްބޯލް ލަންޑަން އާއި އިނގިރޭސި އެހެން ނޫސްތަކުން ރިިޕޯޓްކުރާގޮތުގައި، ޗެލްސީން މިހާރު ވަނީ އިރައޯލާއާ އެކު މަޝްވަރާތައް ފަށައިފަ އެވެ. އަދި، އިރައޯލާ ހުރީ ޗެލްސީގެ ޕްރޮޖެކްޓާ މެދު ޝައުގުވެރިވެފަ އެވެ. 

މީގެ އަށް އަހަރު ކުރިން އިރައޯލާ ކޯޗިން ކެރިއަރު ފެށީ ސައިޕްރަސްގެ އޭއީކޭ ލަނާކާ އިންނެވެ. އެ ޓީމަށް 2018-2019 ސީޒަނުގައި ކޯޗުކޮށްދިނުމަށް ފަހު، ޖެހިގެން އައި ސީޒަނުގައި، ސްޕެއިނުގެ މިރަންޑެސް އަށް ކޯޗުކޮށްދިންނެވެ. އެ ކްލަބްގައި ކުރި މަސައްކަތް ރަނގަޅުވުމުން 2020-2023 އަށް ރަޔޯ ވަޔެކާނޯގައި ކޯޗުކޮށްދޭން ފުރުސަތެއް ލިބުނެވެ. ވަޔެކާނޯ އަށް ފަހު، ދެން، އިރައޯލާ ފެނުނީ ބޯންމައުތުގެ ކޯޗެއްގެ ގޮތުގަ އެވެ. 

އިރައޯލާ، ބޯންމައުތުގެ ކޯޗުކަމާ ހަވާލުވީ 2023 ވަނަ އަހަރުގެ ޖޫން މަހު އެވެ. އެއީ، އޭރު އެ ޓީމުގެ ކޯޗަކަށް ހުރި ގެރީ އޮނީލް ވަކިކުރުމަށް ފަހު ބޯންމައުތު މެނޭޖްމަންޓުން ގެނައި ބަދަލެކެވެ. އިރައޯލާ އަށް ދެ އަހަރުގެ ކޮންޓްރެކްޓެއް އެންމެ ފުރަތަމަ ބޯންމައުތުން ދިންއިރު، ފަހުން އެ އެއްބަސްވުން އާ ކޮށް މި ސީޒަން ނިމުމުން އޭނާ ބޯންމައުތު ދޫކޮށްލާނީ، ތިން އަހަަރު އެ ޓީމުގައި ހޭދަކޮށްފަ އެވެ. ބޯންމައުތުން ކޯޗަކަށް ގެންނަން ނިންމާފައިވަނީ، އާރްބީ ލައިޕްޒިގާއި ބޮރޫޝިއާ މުންޗެންގްލަޑްބެކް އަދި ބޮރޫޝިއާ ޑޯޓްމަންޑްގެ ކުރީގެ ކޯޗު މާކޯ ރޯސް އެވެ .

ކޮމެންޓް

ފަހުގެ ޚަބަރު

ދަނޑުމަތިން ލިބުނު އަނިޔާއެއްގައި ސްޕެއިންގެ ފޯވާޑެއް މަރުވެއްޖެ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން އިދިކޮޅު ކީޕަރުގެ ކަކޫ މޭމަތީގައި ޖެހި ލިބުނު ސީރިއަސް އަނިޔާތަކަކަށް ފަރުވާދެމުންދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވެއްޖެ. އުމުރުން 30 އަހަރުގެ މި ކުޅުންތެރިޔާ މަރުވީ މޭމަތީގެ އިތުރުން ބޮލަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް.

ސަލާމަތީ ސަބަބުތަކަށްޓަކައި އޭޝިއަން ކަޕް ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރު އެ ގައުމުގައި ބާއްވަން އޮތް އޭޝިއަން ކަޕް ފަސްކުރުމަށް އޭއެފްސީން ނިންމައިފި. މި ނިންމުމާއެކު، ޖެނުއަރީ މަހު ބާއްވަން އޮތް މި މުބާރާތް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2028 ވަނަ އަހަރުގެ ޖެނުއަރީ މަހަށް

އިންޑިއާ އާއި ރާއްޖެ، ކޮންމެ މެޗަކީ ވެސް ފައިނަލެއް

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުތަކަކީ ފައިނަލްތަކެއްގެ ގޮތުގައި ދެކޭ ކަމަށާއި، ޕާކިސްތާނުގެ އަމާޒަކީ އެ ދެ މެޗުން މޮޅުވެ ސެމީ ފައިނަލަށް ދަތުރުކުރުން ކަމަށް އެ ޓީމުގެ ކޯޗު ބުނެފި. ކޯޗު ސޮލާނޯ ފާހަގަކުރި ގޮތުގައި ޕާކިސްތާން އޮތީ މި ޗެލެންޖަށް ތައްޔާރަށް

އެމްބާޕޭ މައްސަލައިގައި ލަލީގާ އިން ޗައިނާއާ ވާހަކަ ދައްކަނީ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަކީ ހުދުމުހުތާރު ލީޑަރެއް ކަމަށް ދޭހަވާ މޭރުމަކުން އެމްބާޕޭ ވާހަކަދެއްކުމާ ގުޅިގެން، ޗައިނާގައި ލަލީގާ މެޗުތައް ދެއްކުން ވަނީ ހުއްޓާލައިފަ އެވެ. މި މައްސަލަ ހައްލުކުރުމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް މިހާރު އަންނަނީ ޗައިނާ ސަރުކާރާ އެކު މަޝްވަރާ ކުރަމުންނެވެ.

މޮރީނިއޯގެ ޕްލޭނުގަައި އާނޯލްޑް ހިމެނޭ ގޮތް ސާފުކޮށްދީފި

ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ ޕްލޭނުގައި އާނޯލްޑް ހިމެނޭކަން ހާމަކޮށްފައިވަނީ، ވަލްވޭޑޭއަށް އަނިޔާވުމުން ރޭސިން ސަންޓަންޑޭއާ ދެކޮޅަށް އޭނާ ދެއްކި މޮޅު ކުޅުމަށް ފަހުގައި. މޮރީނިއޯ އާނޯލްޑަށް ތައުރީފު ކުރި ނަމަވެސް، މި ސީޒަނުގައި އޭނާއަށް ކުޅުމުގެ ފުރުސަތު މަދުވުމުން ޖެނުއަރީ މަހު އެނބުރި ޕްރިމިއާ ލީގަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް

ފީފާ އިން ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި ދައްކާލަނީ

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި، ޒިއުރިކްގައި ހުންނަ ފީފާގެ ހެޑްކުއާޓަރުގައި ކައުންސިލް މެމްބަރުންނަށް އެ ތަކެތި ދައްކާލަން ފީފާ އިން އެއްބަސްވެއްޖެ. ޔުއެފާ އިން ބާރުއަޅަމުންދަނީ ފީފާގެ ވިޔަފާރި މުއާމަލާތްތަކުގެ ހަގީގަތް ހާމަކުރުމަށާއި، މިހާރުގެ ރައީސް އިންފަންޓީނޯ މަގާމުން ދުރުކުރުމަށް.

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

Newsletter

Get the latest news delivered straight to your inbox