ޒަންޑޫ މާމުއި: އިންޑިއާގެ ސާފު މާމުއި ވީބީ ބްރަދާސް އިން ރާއްޖެއަށް

ޒަންޑޫ މާމުއި

ޒަންޑޫ މާމުއި

ވީބީ ބްރަދާސްއިން އިންޑިއާގެ އިތުބާރުހުރި ބްރޭންޑެއް ކަމަށްވާ "ޒަންޑޫ ޕިއޯ ހަނީ" ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި އެވެ.

މިއީ ސިއްހަތަށް ފައިދާހުރި، އެއްވެސް ބާވަތެއްގެ ހަކުރެއް ނުހިމެނޭ 100 ޕަސެންޓު ސާފު މާމުއި ބޭނުންކުރަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުސަތެކެވެ.

މި މާމުއި، އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ސާފުކޮށް އަދި ބްލެންޑް ކުރުމަށްފަހު ބަންދުކުރެވެނީ އޭގެ އަސްލު ފައިދާ ނުގެއްލޭނެ ގޮތަށެވެ. މާމުއި ފުޅީގައި ހުންނަ ކިއުއާރް ކޯޑު ސްކޭން ކޮށްގެން އޭގެ ކޮލިޓީއާ ގުޅޭ ސުވާލުތަކަށް ވެސް ޖަވާބު ލިބެ އެވެ. 

މާމުއީގެ ކުލައާއި އޮލަމިން ބިނާވެފައިވަނީ ކުޅަނދުރުތައް ޝިކާރަކޮށްފައިވާ މަލުގެ ބާވަތަށެވެ. އެހެންކަމުން، ޒަންޑޫ މާމުއީގެ ކުލަ ގަދަ މުށިކުލައަކުން ފެށިގެން އެމްބަރ ކުލައަކަށް ބަދަލުވުމަކީ އޭގެ ގުދުރަތީ ސިފައެކެވެ.

މާމުއިއަކީ ފްރަކްޓޯޒް އަދި ގްލުކޯޒް ފަދަ "ސިމްޕަލް ކާބޯހައިޑްރޭޓްސް" އެކުލެވޭ އެއްޗަކަށްވުމުން، ވަކި ހާލަތްތަކެއްގައި މާމުއި ގަނޑުވުން ނުވަތަ ކްރިސްޓަލައިޒްވުމަކީ އޭގެ އަސްލުކަން އަންގައިދޭ ގުދުރަތީ ކަމެކެވެ.

ޒަންޑޫ މާމުއި ހާއްސަވާ އެންމެ ބޮޑު ސަބަބަކީ އޭގެ ސާފުކަމެވެ. ކޮންމެ ފުޅިއެއް ބާޒާރަށް ނެރުމުގެ ކުރިން، ޖަރުމަނުވިލާތުގެ އެޑްވާންސް ލެބޯޓްރީތަކުން ޓެސްޓު ހަދައި، އޭގައި އެއްވެސް ވަރަކަށް ހަކުރު އެއްކޮށްފައި ނުވާކަން ކަށަވަރުކުރެ އެވެ.

ޒަންޑޫ މާމުއިއަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު ފައިދާތަކެއް ލިއްބައިދޭ "ސުޕަ ފުޑް" އެކެވެ. 

ހެނދުނު ތާފަނާ ފެނުގައި މާމުއި އަޅައިގެން ބޭނުންކުރުމަކީ ބަރުދަން ކޮންޓްރޯލްކުރުމަށް އެހީތެރިވާ ކަމެއް ހަށިގަނޑުގެ ދިފާއީ ބާރު ގަދަކޮށްދީ ބަލިތަކުން ރައްކާތެރިކޮށްދޭ, ވަރުބަލިކަން ފިލުވައިދީ, ހަށިގަނޑަށް ބޭނުންވާ ހަކަތަ އަވަހަށް ފޯރުކޮށްދޭ އަދި ކެއްސުމާއި ކަރުގައި ރިއްސުމަށް މިއީ ވަރަށް ރަނގަޅު ގުދުރަތީ ފަރުވާއެކެވެ. 

ރާއްޖެއަށް ފެންވަރު ރަނގަޅު މުދާ އެތެރެކުރާ ވީބީ ބްރަދާސް އިން ބުނީ، ޒަންޑޫ މާމުއި ތައާރަފުކުރުމުގެ މަގުސަދަކީ ދިވެހިންގެ ކެއިންބުއިމުގެ އާދަކާދަތަކަށް ސިއްހީ ގޮތުން ފައިދާހުރި ބަދަލެއް ގެނައުން ކަމަށެވެ. މިހާރު ވީބީގެ ފިހާރަތަކުންނާއި އެހެނިހެން ފިހާރަތަކުން ޒަންޑޫ މާމުއި ލިބެން ހުންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

އޮސްޓްރޭލިއާއިން ސަންސްކްރީންގެ އުސޫލުތައް ހަރުކަށިކޮށްފި

އޮސްޓްރޭލިއާގައި ވިއްކާ ބައެއް ސަންސްކްރީންތަކުގެ ރައްކާތެރިކަން ކުޑަކަމަށް ދެއްކުމާ ގުޅިގެން، އެ ތަކެތި އުފައްދާ މިންގަނޑުތައް ހަރުކަށިކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާއިން ނިންމައިފިއެވެ. މި ބަދަލުގެ ދަށުން ސަންސްކްރީންގައި ހިމެނޭ މާއްދާތައް ޓެސްޓްކުރުމާއި، އޭގެއިން ލިބޭ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ.

Newsletter

Get the latest news delivered straight to your inbox