އިންތިހާބު ނިމުމާއެކު މިފްކޯއިން މަސްދަޅު އަގުބޮޑުކޮށްފި

މިފްކޯއިން ވިއްކާ ތެޔޮ މަސްދަޅު

މިފްކޯއިން ވިއްކާ ތެޔޮ މަސްދަޅު

އިންތިހާބުތައް ނިމުމަށް ފަހު އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައި ވަނިކޮށް އިންތިހާބު ނިމުނުތާ ދެ ދުވަސް ނުވަނީސް، ތެލުގެ އަގަށް ބަދަލު އައިސްފައިވާ ކަމަށް ބުނެ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ވިއްކާ މަސްދަޅުގެ އަގުބޮޑުކޮށްފި މިއަދު އެވެ.

މިފްކޯއިން މަސްދަޅުގެ އަގަށް ގެނައި ބަދަލާއެކު ތެޔޮ މަސްދަޅެއް މިހާރު ލިބެނީ 18.50ރ. އަށެވެ. ކުރިން އެ ކުންފުނިން ތެޔޮ މަސްދަޅެއް ވިއްކަމުންދިޔައީ 17.50ރ. އަށެވެ.

މި ބަދަލާއެކު ތެޔޮ މަސްދަޅު ކޭހެއް މިފްކޯއިން މިހާރު ވިއްކަމުންދަނީ 800ރ. އަށެވެ. 

Advertisement

މިފްކޯއިން ބުނީ މަސްދަޅުގެ އަގުބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ހަރަދު ވަރަށް ބޮޑަށް މައްޗަށް ދިޔުމާއެކުގައި ކަމަށެވެ. 

މާޗު މަހުގެ ކުރިން 11.57ރ. އަށް ލީޓަރެއް ލިބެމުންދިޔަ ތެޔޮ މިހާރު މިފްކޯއަށް ލިބެނީ 14.32ރ. އަށް ކަން އެ ކުންފުނިން ފާހަގަކުރި އެވެ. 

އެ ކުންފުނިން ބުނީ ދުނިޔޭގެ އިގްތިސާދަށް މިހާރު އައިސްފައިވާ ހިނަރުކަމާއެކު ކުރިމަތިވާ ގޮންޖެހުންތަކުން މިފްކޯގެ އުފެއްދުންތެރިކަމުގެ ހަރަދު ބޮޑުވިޔަސް، ފިޔަވަޅުތައް އަޅަމުންދަނީ ރައްޔިތުންނަށް އަސަރު ކުޑަވާ ގޮތަށް ކަމަށެވެ. 

މިފްކޯ އިން ވަނީ ހަރަދު ކުޑަކުރުމުގެ ގޮތުން އޮފީހުގެ ރަސްމީ ގަޑި ކުރުކޮށް، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިތުރު ފިޔަވަޅުތަކެއް އަޅަން ވިސްނަމުންދާ ކަމަށް އިއްޔެ ބުނެފަ އެވެ. 

މިގޮތުން މިއަދުން ފެށިގެން އެ ކުންފުނީގެ މައި އޮފީހާއި ސެންޓަރުތަކުގެ އިދާރީ އޮފީސްތައް ހުޅުވާ ގަޑި ހެނދުނު 8:00 އިން މެންދުރު 2:00 އަށް ވަނީ ކުރުކޮށްފަ އެވެ.  މީގެ ކުރިން ހަވީރު ހަތަރެއް ޖަހަންދަން އޮފީސްތައް ހުޅުވާފައި ހުރެ އެވެ.

މިފްކޯއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ދުވަސްވީ ކުންފުންޏެއް ނަމަވެސް، ހިންގުމުގައި އެތައް މައްސަލަތަކެއް ހުރި ކުންފުންޏެކެވެ. އެ ކުންފުންޏަށް ލިބޭ އާމްދަނީން ކުންފުނީގެ ހަރަދުތައް ދެކޮޅު ނުޖެހޭއިރު، ހަރަދުތައް ހަމަޖައްސަން ބަރޯސާވަނީ ސަބްސިޑީތަކަށެވެ. 

މިފްކޯއިން ހަރަދު ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތަކެއް މި އެޅީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓަށްފަހު އެވެ. އިންތިހާބުގެ ކުރިން ހަރަދު ކުޑަކުރަން ފިޔަވަޅުތައް އެޅުމަށް އެތައް ބަޔަކު ގޮވާލަމުންދިޔަ ނަމަވެސް އެކަމަށް ސަރުކާރުން އިޖާބަދީފައެއް ނުވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

އޮސްޓްރޭލިއާއިން ސަންސްކްރީންގެ އުސޫލުތައް ހަރުކަށިކޮށްފި

އޮސްޓްރޭލިއާގައި ވިއްކާ ބައެއް ސަންސްކްރީންތަކުގެ ރައްކާތެރިކަން ކުޑަކަމަށް ދެއްކުމާ ގުޅިގެން، އެ ތަކެތި އުފައްދާ މިންގަނޑުތައް ހަރުކަށިކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާއިން ނިންމައިފިއެވެ. މި ބަދަލުގެ ދަށުން ސަންސްކްރީންގައި ހިމެނޭ މާއްދާތައް ޓެސްޓްކުރުމާއި، އޭގެއިން ލިބޭ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ.

Newsletter

Get the latest news delivered straight to your inbox