ކިއުކަމްބާ ކިލޯއެއް 70ރ. އަށް، ކަނޑޫދޫ މިރުހުގެ އަގު އަދިވެސް އުފުލެނީ

ކިއުކަމްބާ ކިލޯއެއް 70ރ. އަށް، ކަނޑޫދޫ މިރުހުގެ އަގު އަދިވެސް އުފުލެނީ

މާލޭ ލޯކަލް މާރުކޭޓުގައި މިއަދު ކިއުކަމްބާ ކިލޯއެއް 70ރ. އަށް ލިބެންހުރިއިރު، ކަނޑޫދޫ މިރުހުގެ އަގު އަނެއްކާވެސް ވަނީ އުފުލިފަ އެވެ.

މިދިޔަ ހަފްތާގައި 30ރ. އަށް ލިބެންހުރި ކިއުކަމްބާ ކިލޯއެއްގެ އަގު ރޯދަ މަހުގެ ފުރަތަމަ ދުވަހު ކިއުކަމްބާ ކިލޯއެއް 55ރ. އަށް ވެސް ލިބުނެވެ. ނަމަވެސް މިއަދު އެންމެ އަގުހެޔޮކޮށް ވެސް ކިއުކަމްބާ ކިލޯއެއް ލިބެނީ 70ރ. އަށެވެ.

ބާޒާރުގައި އެންމެ ރަނގަޅު ކަނޑޫދޫ މިރުހުގެ 100 ގްރާމް ލިބެން ހުރީ 60ރ. އަށެވެ. ކިލޯއެއް ލިބެންހުރީ 580ރ. އަށެވެ. ނަމަވެސް ދޮންވެފައި ހުރި ކަނޑޫދޫ މިރުހުގެ 100 ގްރާމް 45ރ. އާއި 50ރ. އާ ދެމެދު ލިބެން އެބަހުއްޓެވެ.

ކަނޑޫދޫ މިރުހުގެ އިތުރުން ބާޒާރުގައި ދެން ހުރީ ލ. އަތޮޅު މިރުހާއި ސްރީލަންކާގެ މިރުހެވެ. ލ. އަތޮޅު މިރުހުގެ 100 ގްރާމް 50ރ. އަށް ލިބެން ހުރިއިރު، ލަންކާ މިރުހުގެ 100 ގްރާމް 35ރ. އަށް ވެސް ލިބެން އެބަހުއްޓެވެ.

ރޯދަ މަސް ފެށުނުއިރު ބާޒާރުގައި ކަރާ ކިލޯއެއް 15ރ. އާއި 20ރ. އާ ދެމެދު ލިބުނު ނަމަވެސް، މަޑުމަޑުން އަގު އުފުލި ކަރާ ކިލޯއެއް އެންމެ އަގުހެޔޮކޮށް ވެސް ލިބެނީ މިހާރު 25ރ. އަށެވެ.

ބާޒާރުގައި ދެން އަގު އުފުލުނު ބާވަތުގެ ތެރޭގައި ފަޅޯ ހިމެނެ އެވެ. މިގޮތުން ރަނގަޅު ފަޅޯ ކިލޯއެއް މިހާރު ލިބެންހުރީ 60ރ. އާއި 70ރ. އާ ދެމެދުގެ އަގެއްގަ އެވެ.

އެހެން ރޯދަ މަސްތަކާ ހިލާފަށް މިފަހަރު މާލޭ ލޯކަލް މާރުކޭޓުގައި އެންމެ ތިޔާގީ ތަރުކާރީއަށްވުރެ މޭވާ އެވެ.

ބާޒާރުގައި އާންމުކޮށް ބޭނުންކުރާ އެހެން ތަކެތި ލިބެން ހުރި އަގުތައް:

  • ބީންސް ކިލޯއެއް - 75ރ. އަށް
  • ކެރެޓް ކިލޯއެއް - 35ރ. އާއި 40ރ. އާ ދެމެދުގެ އަގެއްގައި
  • ކެޕްސިކަޕް ކިލޯއެއް - 75ރ. އާއި 80ރ. އާ ދެމެދުގެ އަގެއްގައި
  • ލީކްސް ކިލޯއެއް - 80ރ. އާއި 85ރ. އާ ދެމެދުގެ އަގެއްގައި
  • ޓޮމާޓޯ ކިލޯއެއް 60ރ. އާއި 75ރ. އާ ދެމެދުގެ އަގެއްގައި.
  • ލެޓިއުސް - 70ރ. އާއި 90ރ. އާ ދެމެދުގެ އަގެއްގައި
  • ލުނބޯ ކިލޯއެއް - 60ރ. އަށް
  • ކޮޕީފަތް ބޮނޑިއެއް - 10ރ. އަށް
  • އާފަލެއް - 6ރ. އަށް
  • އޮރެންޖެއް - 12ރ. އަށް
  • ކުރުނބައެއް - 35ރ. އާއި 50ރ. އަށް. [1.5 ލީޓަރު ފުޅިއެއް 150ރ. އަށް]
  • ގްރޭޕްސް 100 ގްރާމް - 18ރ. އާއި 25ރ. އާ ދެމެދުގެ އަގެއްގައި
  • އަންނާރު ކިލޯއެއް - 120ރ. އަށް
  • މެންޑެރިން ކިލޯއެއް - 65ރ. އާއި 70ރ. އާ ދެމެދުގެ އަގެއްގައި
  • ފޭރު 100 ގްރާމް - 12ރ. އަށް
  • ރަންބުސްތާން 100 ގްރާމް - 20ރ. އަށް
  • ކިވީ 100 ގްރާމް 18ރ. އަށް
  • ކަނޑުމަސް ކިލޯއެއް - 40ރ. އާއި 45ރ. އާ ދެމެދުގެ އަގެއްގައި.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

އޮސްޓްރޭލިއާއިން ސަންސްކްރީންގެ އުސޫލުތައް ހަރުކަށިކޮށްފި

އޮސްޓްރޭލިއާގައި ވިއްކާ ބައެއް ސަންސްކްރީންތަކުގެ ރައްކާތެރިކަން ކުޑަކަމަށް ދެއްކުމާ ގުޅިގެން، އެ ތަކެތި އުފައްދާ މިންގަނޑުތައް ހަރުކަށިކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާއިން ނިންމައިފިއެވެ. މި ބަދަލުގެ ދަށުން ސަންސްކްރީންގައި ހިމެނޭ މާއްދާތައް ޓެސްޓްކުރުމާއި، އޭގެއިން ލިބޭ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ.

Newsletter

Get the latest news delivered straight to your inbox