ކަނޑޫދޫ މިރުހުގެ އަގު ނުވެއްޓުނު، އަގުހެޔޮ ލަންކާ މިރުސް ވެސް ބާޒާރަށް ނެރެފި

ބާޒާރަށް ލަންކާ މިރުސް ނެރުން: ކިލޯއެއް 240ރ. އަށް ލިބެން އެބަހުރި -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ބާޒާރަށް ލަންކާ މިރުސް ނެރުން: ކިލޯއެއް 240ރ. އަށް ލިބެން އެބަހުރި -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

މާލޭ ލޯކަލް މާރުކޭޓުގައި ކަނޑޫދޫ މިރުހުގެ އަގު ނުވެއްޓި އުޅެނިކޮށް، ސްރިލާންކާ މިރުސް އަގުހެޔޮކޮށް މިއަދު ނެރެފި އެވެ.

ބާޒާރުގައި މިއަދު ކަނޑޫދޫ މިރުހުގެ 100 ގްރާމް 50ރ. އަށް އުފުލުނުއިރު، ގިނަ ދުވަސްވީ މިރުހުގެ 100 ގްރާމް 40ރ. އާއި 45ރ. އަށް ލިބެން އެބަހުއްޓެވެ. ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު ވަނީ 480ރ. އަށް ބޮޑުވެފަ އެވެ.

ރޯދަމަސް ފެށުމުގެ ހަފްތާއެއްހާ ދުވަސް ކުރިން ކަނޑޫދޫ މިރުހުގެ އަގު ބާޒާރުގައި އަތްނުފޯރާފަށަށް އަރައިގެންދިޔަ އެވެ. މިގޮތުން ކިލޯއެއްގެ އަގު ހުރީ 400ރ. އަށް ވުރެ މަތީގަ އެވެ.

ލަންކާ މިރުސް ބާޒާރަށް ނެރެ ވިއްކަމުންދަނީ 100 ގްރާމް 25ރ. އާއި 30ރ. އާ ދެމެދުގެ އަގެއްގަ އެވެ. ލަންކާ މިރުސް ކިލޯއެއް ބާޒާރުގައި ވިއްކަމުންދަނީ 240ރ. އާއި 300ރ. އާ ދެމެދުގެ އަގެއްގަ އެވެ.

މީގެއިތުރުން ބާޒާރުގައި ލ. އަތޮޅުގެ މިރުސް ވިއްކަމުންދަނީ 45ރ. އަށެވެ. ކިލޯއެއް ވިއްކަމުންދަނީ 450ރ. އަށްކަން ފާހަގަކުރެވެ އެވެ.

މާރުކޭޓުގެ ގޮޅިއެއް ހިންގާ މީހަކު އަދަދު އަށް ބުނީ ކަނޑޫދޫ މިރުހުގެ އަގު އުފުލިގެން އުޅެނީ މިރުސް ލިބުމުގައި ހުރި ދަތިކަމާއި، މިރުސް ގަންނަންވެސް ލިބޭ އަގު ބޮޑުވުމުން ކަމަށެވެ.

މިގޮތުން ލަންކާއިން މިރުސް ގެނެސް ފައިދާ ލައިގެން މާ އަގުހެޔޮކޮށް ވިއްކޭ ކަމަށް އޭނާ ބުންޏެވެ.

"ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި ކަނޑޫދޫ މިރުސް އާންމުކޮށް ބޮޑުވާނެ. އެކަމަކު މިފަހަރު ލިބޭލެއްވެސް އަގުބޮޑު. ލިބެނީވެސް މަދުން. ލަންކާ މިރުސް މި ގެނައީ އަގުހެޔޮކޮށް. ފައިދާ ލާފައި ވިއްކަމުން މިދަނީ ވަރަށް އަގުހެޔޮކޮށް އަސްލު،" އޭނާ ބުންޏެވެ.

ބާޒާރުގައި އިއްޔެއާ އަޅާބަލާއިރު މިއަދުވެސް ތަކެތީގެ އަގު ހުރީ ގާތްގަނޑަކަށް އެއް މިންވަރެއްގައި ހިފެހެއްޓިފަ އެވެ. ނަމަވެސް ރޯދައަށް ތަކެތީގެ އަގު ބާޒާރުގައި ބޮޑުވެގެންދިޔަކަން ފާހަގަކުރެވެ އެވެ.

މީގެއިތުރުން ބާޒާރުގައި އެކި ގޮޅިތަކުގައި ތަކެތީގެ އަގުތަކުގައި ބޮޑު ތަފާތުތަކެއް އުޅޭކަން ވެސް ވަނީ ފާހަގަކުރެވިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

އޮސްޓްރޭލިއާއިން ސަންސްކްރީންގެ އުސޫލުތައް ހަރުކަށިކޮށްފި

އޮސްޓްރޭލިއާގައި ވިއްކާ ބައެއް ސަންސްކްރީންތަކުގެ ރައްކާތެރިކަން ކުޑަކަމަށް ދެއްކުމާ ގުޅިގެން، އެ ތަކެތި އުފައްދާ މިންގަނޑުތައް ހަރުކަށިކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާއިން ނިންމައިފިއެވެ. މި ބަދަލުގެ ދަށުން ސަންސްކްރީންގައި ހިމެނޭ މާއްދާތައް ޓެސްޓްކުރުމާއި، އޭގެއިން ލިބޭ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ.

Newsletter

Get the latest news delivered straight to your inbox