ބާޒާރުގައި ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު 450ރ. އަށް އަރައިފި

ބާޒާރުގައި ކަނޑޫދޫ މިރުސް ވިއްކަން ބަހައްޓާފައި: ކަނޑޫދޫ މިރުހުގެ 100 ގްރާމް ލިބެންހުރީ 45ރ. އަށް -- ފޮޓޯ: އަދަދު

ބާޒާރުގައި ކަނޑޫދޫ މިރުސް ވިއްކަން ބަހައްޓާފައި: ކަނޑޫދޫ މިރުހުގެ 100 ގްރާމް ލިބެންހުރީ 45ރ. އަށް -- ފޮޓޯ: އަދަދު

ރޯދަ މަސް ފެށެން ހަތަރު ދުވަހަށް ވެފައި ވަނިކޮށް މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު 450ރ. އަށް އަރައިފި އެވެ.

ދަތުރުވެރިންގެ މާރުކޭޓުން ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނީ ކަނޑޫދޫ މިރުހުގެ އަގު ބޮޑުވެގެން އުޅެނީ މިރުސް ލިބުން ދަތިވުމުގެ ސަބަބުން ކަމަށެވެ. ރޯދަ މަސް ފެށޭއިރު ވެސް މިރުހުގެ އަގު ތިރިވާނެ ކަމަށް ނުބެލެވޭ ކަމަށް ވިޔަފާރިވެރިން ބުންޏެވެ.

"ރޯދަ މަސް ފެށޭއިރުވެސް މިރުހުގެ އަގު ތިރިވާނެ ކަމަށް ނުބެލެވޭ. ހަމަ ނުލިބެނީ މިދުވަސްކޮޅު. 100 ގްރާމް ވިއްކަނީ 45ރ. އަށް. ކިލޯއެއް 450ރ. އަށް. މިރުހުގެ އަގު ވެއްޓޭނީ މިރުސް ގިނައިން ލިބުނީމަ. އޭރަށް ހަލާކުވުމުގެ ކުރިން އަގު ވެއްޓޭނެ،" މާރުކޭޓުގައި ގޮޅިއެއް ހިންގާ މީހަކު ބުންޏެވެ.

ބާޒާރުގައި އާންމުކޮށް ރޯދައަށް ގަންނަ ބައެއް ތަކެތީގެ އަގުތައް:

  • ލުނބޯ - ކިލޯއެއް 60ރ. އަށް
  • ކިއުކަމްބާ - ކިލޯއެއް 20ރ. އާއި 30ރ. އާ ދެމެދު.
  • ކެބެޖް - ކިލޯއެއް 25ރ. އަށް
  • ކެރެޓު - ކިލޯއެއް 45ރ. އަށް.
  • ކެޕްސިކަމް - ކިލޯއެއް 75ރ. އަށް.
  • ބީންސް - ކިލޯއެއް 75ރ. އަށް.
  • ޓޮމާޓޯ - ކިލޯއެއް 30ރ. އަށް.
  • ފަޅޯ - ކިލޯއެއް 30ރ. އާއި 40 އަށް.
  • އާފަލު - 6ރ. އަށް.
  • އޮރެންޖް - 8ރ. އަށް.

މިރުހުގެ އިތުރުން ބާޒާރުގައި އެންމެ އަގުބޮޑުކޮށް ދެން އުޅެނީ ކުރުނބަލެވެ. ބާޒާރުގައި ކުރުނބަލެއް ލިބެނީ 45ރ. އާއި 50ރ. އާ ދެމެދުގެ އަގަކަށެވެ. އޭގެއިތުރުން މިދިޔަ ރޯދަ މަހު އެންމެ ބޮޑަށް އަގު އުފުލުނު ކާށީގެ އަގު ހުރީ 15ރ. އާއި 30ރ. އާ ދެމެދުގަ އެވެ.

ރޯދަ މަހު އެންމެ ގިނައިން މީހުން ގަންނަ އެއްޗަކީ ކަރާ ކަމަށްވާއިރު، ބާޒާރުގައި ކަރާގެ އަގު މިވަގުތު ހުރީ 15ރ. އާއި 20ރ. އާ ދެމެދުގަ އެވެ. މިއީ އާންމުކޮށް ވެސް ރޯދަ މަސް ފެށޭއިރު ކަރާގެ އަގު ހުންނަ މިންވަރުކަން ފާހަގަކުރެވެ އެވެ.

މިދިޔަ ރޯދަ މަހަށްވުރެ މި ރޯދަ މަހު ދިވެހި ޖުމްހޫރީ މޭވާ ބާޒާރުގައި ތިޔާގިކަން ފާހަގަކުރެވެ އެވެ. ދިވެހި ޖުމްހޫރީ މޭވާ ކިލޯއެއް ބާޒާރުގައި މިވަގުތު ހުރީ 80ރ. އަށެވެ. މިދިޔަ ރޯދަ މަހު ބާޒާރުގައި ބޭރުގެ އެކި ގައުމުތަކުގެ ޖުމްހޫރީ މޭވާ ހުރިއިރު، އެއްވެރެޖުކޮށް ކިލޯއެއް ލިބުނީ 100ރ. އަށްވުރެ މަތިންނެވެ.

މީގެއިތުރުން މިދިޔަ ރޯދަ މަހަށްވުރެ މިފަހަރުގެ ރޯދަ މަސް ފެށޭއިރު ލެޓިއުސް ކިލޯއެއްގެ އަގު ހުރީ 35ރ. އާއި 50ރ. އާ ދެމެދުގަ އެވެ. މިދިޔަ ރޯދަ މަހު ލެޓިއުސް ކިލޯއެއްގެ އަގު އެވްރެޖުކޮށް ހުރީ 90ރ. ގަ އެވެ. ބައެއް ދުވަސްތަކުގައި 100ރ. އަށްވުރެ ވެސް މައްޗަށް އަރަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

އޮސްޓްރޭލިއާއިން ސަންސްކްރީންގެ އުސޫލުތައް ހަރުކަށިކޮށްފި

އޮސްޓްރޭލިއާގައި ވިއްކާ ބައެއް ސަންސްކްރީންތަކުގެ ރައްކާތެރިކަން ކުޑަކަމަށް ދެއްކުމާ ގުޅިގެން، އެ ތަކެތި އުފައްދާ މިންގަނޑުތައް ހަރުކަށިކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާއިން ނިންމައިފިއެވެ. މި ބަދަލުގެ ދަށުން ސަންސްކްރީންގައި ހިމެނޭ މާއްދާތައް ޓެސްޓްކުރުމާއި، އޭގެއިން ލިބޭ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ.

Newsletter

Get the latest news delivered straight to your inbox