އުރީދޫގެ މި އަހަރުގެ ކަލަންޑަރު ހާއްސަކުރީ ސަޔަށް

އުރީދޫއިން މި އަހަރަށް ނެރުނު ކަލަންޑަރު: އެ ކަލަންޑަރު ހާއްސަކޮށްފައިވަނީ ސަޔަށް -- ފޮޓޯ: ޝާފިއު / އަދަދު

އުރީދޫއިން މި އަހަރަށް ނެރުނު ކަލަންޑަރު: އެ ކަލަންޑަރު ހާއްސަކޮށްފައިވަނީ ސަޔަށް -- ފޮޓޯ: ޝާފިއު / އަދަދު

އުރީދޫ މޯލްޑިވްސްގެ މި އަހަރުގެ ކަލަންޑަރު ދިވެހިންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ސައިބުއިމުގެ ސަގާފަތަށް ހާއްސަކޮށްފި އެވެ.

އުރީދޫއިން ބުނީ މި އަހަރުގެ ކަލަންޑަރުގައި ކޮންމެ މަހަކުވެސް ތަފާތު ސައިގެ ބާވަތެއް ހިމަނާފައިވާއިރު، ކަލަންޑަރުގައި ގެނެސްދިނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލިބެން ހުންނަ މޭވާ އަދި މާމެލާމެލި ރަހަތައް ހިމެނޭ ސަޔެއް ކަމަށެވެ.

މިގޮތުން ކަލަންޑަރުގެ ކޮންމެ ސަފްހާއަކުން ފެނިގެންދާނީ ސައިތަކުގައި އެކުލެވިގެންވާ މައި ރަހައިގެ ބާވަތެއް ކަމަށް ވެސް އުރީދޫއިން ބުންޏެވެ.

އުރީދޫގެ ސީއީއޯ އަދި އެމްޑީ ހާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫގެ މި އަހަރުގެ ޑެސްކް ކަލަންޑަރުގެ އިތުރުން ފާރުގައި އަޅުވާ ކަލަންޑަރާއި ޑިޖިޓަލް ކަލަންޑަރެއް ވެސް ވަނީ ތައާރަފްކޮށްފައި ކަމަށެވެ.

އުރީދޫއިން މި އަހަރަށް ހާއްސަކޮށްފައިވާ ކަލަންޑަރުގައި ހިމެނޭ ސައި ތައްޔާރުކުރަނީ -- ފޮޓޯ: ޝާފިއު / އަދަދު
އުރީދޫއިން މި އަހަރަށް ހާއްސަކޮށްފައިވާ ކަލަންޑަރުގައި ހިމެނޭ ސައި ތައްޔާރުކުރަނީ -- ފޮޓޯ: ޝާފިއު / އަދަދު

އުރީދޫއިން މި އަހަރަށް ހާއްސަކޮށްފައިވާ ކަލަންޑަރުގައި ހިމެނޭ ސައި ތައްޔާރުކުރަނީ -- ފޮޓޯ: ޝާފިއު / އަދަދު

މީގެއިތުރުން ޑެސްކް ކަލަންޑަރާއެކު ދިވެހި ރަހަތައް ހިމެނިފައިވާ ހާއްސަ ގްރީންޓީ ބްލެންޑެއްގެ ޓީ ކޭކެއް ހިމެނިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ޓީ ކޭކުތައް އުފައްދާފައިވަނީ ގިނަ ދުވަސްވަންދެން ބޭނުން ކުރެވޭ ގޮތަށެވެ.

"އުރީދޫ މޯލްޑިވްސްގައި އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ގުޅުންތަކަކީ ހަމައެކަނި ޓެކްނޮލޮޖީގެ ޒަރީއާއިން ބަދަހިވާ އެއްޗެއް ނޫން. ސައި ބުއިމުގެ ސަގާފަތަކީ ދިވެހިން އެކަކު އަނެކަކާ ގުޅުން ބަދަހިވުމުގެ އެއް މެދުވެރިއެއް،" އެ ކުންފުނިން ބުންޏެވެ.

މުހިންމު ވަގުތުތަކުގައި އަދި އޮފީސް މަސައްކަތުގައިވިޔަސް، ރައްޓެހިން ނުވަތަ އާއިލާ އެއްވެލާ ވަގުތު ތަކުގައި ސައި ބުއިމަކީ ދިވެހިންގެ އާދަކާދައިގައި ހިމެނޭ މުހިންމު ކަމެއްކަން އުރީދޫއިން ފާހަގަކުރި އެވެ.

މި އަހަރުގެ ކަލަންޑަރަކީ ޑެސްކް، ފާރު އަދި ސްކްރީނުން ކޮންމެ ދުވަހެއްގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަލަންޑަރަކަށް ވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

Newsletter

Get the latest news delivered straight to your inbox