ރިސޯޓް ލީގު: ނޯތު މާލެ ޒޯންގެ ފައިނަލަށް ޖުމެއިރާ އޮޅަހާލި އާއި ވަރު

Sep 25, 2025, 5:21 AM
ރިސޯޓް ލީގު: ނޯތު މާލެ ޒޯންގެ ފައިނަލަށް ޖުމެއިރާ އޮޅަހާލި އާއި ވަރު

ރިސޯޓް ލީގު 2025 ގެ ނޯތު މާލެ ޒޯންގެ ފައިނަލުން، ވަރު ބައި އެޓްމޮސްފިއާ އާއި ޖުމެއިރާ އޮޅަހާލި އައިލެންޑް މޯލްޑިވްސް ޖާގަ ހޯދައިފި އެވެ.

އިއްޔެ ކުޅުނު ސެމީ ފައިނަލުގައި، ވަން އެންޑް އޮންލީ ރީތި ރަށް އަތުން ޖުމެއިރާ އޮޅަހާލި މޮޅުވީ 3-1 އިންނެވެ. މި މެޗުގެ ފަސް ވަނަ މިނިޓްގައި، ޖުމެއިރާގެ ޒިދާން ހަސަން ޒަރީރު ވަނީ ގޯލު ޖަހައިފަ އެވެ. މި މެޗުގައި އޭނާ އިތުރު ގޯލެއް ވެސް ޖެހިއިރު، އެ ޓީމުން ދެން ލަނޑު ޖެހީ، ގާލި ޕްރަތަމާ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް ޖުމެއިރާގެ ޒިދާން އެވެ.

ވަން އެންޑް އޮންލީގެ ހަމައެކަނި ލަނޑު ޖެހީ އަހުމަދު ޝަމީމް އެވެ.

ސެމީ ފައިނަލުގެ ފަހު ޖާގަ ހޯދައިގެން، ގަދަ ހަތަރު ޓީމުގެ ކުރިމަތިލުމުން ފުރުސަތު ހޯދި ބަނޑޮސް މޯލްޑިވްސް އަތުން ވަރު މޮޅުވީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 1-1 އިން އެއްވަރުވެ، ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގައި ވަރުން ލީޑުނެގީ، އަލީ މިސްބާހު ޖެހި ގޯލުުންނެވެ. އަދި. ބަނޑޮސް އަށް އެއްވަރުކޮށްދިނީ، އަހުމަދު ޝަމާލް އެވެ.

ޕެނަލްޓީގައި، ބަނޑޮހުން ހަތަރު ޕެނަލްޓީ ކާމިޔާބުކުރިއިރު، ވަރުން ވަނީ ފަސް ޕެނަލްޓީ ގޯލަށް ފޮނުވާލައި، ފައިނަލަށް ދަތުރުކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވަރުގެ މުހައްމަދު ފަޒީލް އެވެ.

ވަރު އާއި ޖުމެއިރާ ކުޅޭ ފައިނަލް މެޗު އޮންނާނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

ސާފް އިން ދިން މުއްދަތުގައި އިންޑިއާ އިން ނިންމީ ބައިވެރިވާން

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސާފުން ދޮގުކޮށް، އެ ގައުމުން މުބާރާތުގައި ބައިވެރިވާނެކަން މިހާރު ވަނީ ކަށަވަރުކޮށްދީފައި. އިންޑިއާ އިން މިގޮތަށް ނިންމީ ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ސާފް އިން ދިން މުއްދަތުގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހު

ޝެޑިއުލަށް އައި ބަދަލާ އެކު ބިދޭސީ ކުޅުންތެރިން ނެތި ފައިނަލަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ޝެޑިއުލަށް އައި ބަދަލާ ގުޅިގެން، ތަށި ދިފާއުކުރަން ނުކުންނަ ސިފައިންގެ ކްލަބަށް މިރޭގެ ފައިނަލުގައި ބިދޭސީ ކުޅުންތެރިންނާ ނުލައި ކުޅެން ޖެހިއްޖެ. ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާނުގެ ދެ ކުޅުންތެރިން މިއަދު ރާއްޖޭން ފުރީ، ކުރިން ތާވަލުކުރި ތާރީޚަށް ވުރެ ފައިނަލް މެޗު ލަސްވުމުން އެހެން ގައުމެއްގެ މުބާރާތަކަށް ދާން ޖެހުމުން

ޔުނައިޓެޑްގެ ބޯޑުން އޮތީ ކެރިކަށް އިތުރު ފުރުސަތެއް ނުދޭ ގޮތަށް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ކްލަބުގެ ކޯޗުކަމުން މައިކަލް ކެރިކް ވަކިކުރަން ބޯޑުން ވަނީ ނިންމާފައި. މި ސީޒަނުގައި ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު އަށް މެޗުން މޮޅުވެފައިނުވާއިރު، ކެރިކް މަގާމުން ދުރުކުރުމުގެ ފައިނަލް ނިންމުން ނިންމާނީ ކްލަބުގެ ގާނޫނީ އަދި ޓެކްނިކަލް ޓީމާ މަޝްވަރާކުރުމަށް ފަހުގައި

ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރަން ހުޅުވާލައިފި

ރާއްޖޭގައި ބާއްވާ ފުރަތަމަ ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު، ކައުންސިލްތަކާއި ޖަމިއްޔާތަކަށް ހޭންޑްބޯލް މޯލްޑިވްސް އިން ހުޅުވާލައިފި. އަންނަ މަހުގެ 28 އިން ޑިސެމްބަރު 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ

Newsletter

Get the latest news delivered straight to your inbox