ރިސޯޓް ލީގު: ވަން އެންޑް އޮންލީ އާއި ޖުމެއިރާ އަދި ވަރު ނޯތު މާލެ ޒޯން ސެމީ އަށް

Sep 21, 2025, 4:24 PM
ރިސޯޓް ލީގު: ވަން އެންޑް އޮންލީ އާއި ޖުމެއިރާ އަދި ވަރު ނޯތު މާލެ ޒޯން ސެމީ އަށް

ރިސޯޓް ލީގު 2025 ގެ ނޯތު މާލެ ޒޯންގެ ސެމީ ފައިނަލުގެ ޖާގައެއް ވަން އެންޑް އޮންލީ ރީތި ރަށާއި ޖުމެއިރާ އޮޅަހާލި އައިލެންޑް މޯލްޑިވްސް އަދި ވަރު ބައި އެޓްމޮސްފިއާ އިން ހޯދައިފި އެވެ.

އެ ގޮތުން، ގަދަ ހަ ޓީމު ވާދަކުރާ ބުުރުގެ ފުރަތަމަ މެޗުގައި، ވަން އެންޑް އޮންލީން ކުޅުނީ ދި ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑް އެވެ. މި މެޗުގައި، ރީތި ރަށުގެ ލަނޑުތައް ޖެހީ، ގާއިދު ގާސިމް އާއި މުހައްމަދު ނާއިފް، ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި ރިޝްވާން އިބްރާހިމް ރަޝީދު، އަހުމަދު ޝަމީމް އަދި އައިމަން މުހައްމަދު ޒާހިރު، ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ. އަދި، ރިޓްޒް ކާލްޓަން ކުޅުންތެރިން އަތުން ބައިކޮޅަށް ވެސް ތިން ގޯލު ވަނީ ވަދެފަ އެވެ.

ގަދަ ހަ ޓީމުގެ ބުރުގެ ދެ ވަނަ މެޗުގައި، ޕަޓިނާ މޯލްޑިވްސް ފަރި އައިލެންޑާއި ވަރުން ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު، ޕެނަލްޓީގައި، ވަރުން މޮޅުވީ، 4-3 އިންނެވެ. މި މެޗުގައި ޕަޓިނާގެ ގޯލު ޖެހީ އިބްރާހިމް ވަޖީހު އާއި ވަރުގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ވަރުން ލަނޑު ޖެހީ، އަލީ މިސްބާހު ދެ ގޯލެވެ. ޕެނަލްޓީގައި ވަރުން ހަތަރު ޕެނަލްޓީ ވައްދާލިިއިރު، ޕަޓިނާ އަށް ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީ އެވެ.

ސެމީ ފައިނަލުގެ ތިން ވަނަ ޖާގަ އޮޅަހާލިން ހޯދީ ބަނޑޮސް މޯލްޑިވްސް ބަލިކުރުމަށް ފަހު އެވެ. އަހުމަދު ޝަމާލްގެ ގޯލުން ބަނޑޮހުން ލީޑުނެގި މި މެޗުގައި، އޮޅަހާލިން އެއްވަރުކުރީ، ޒިދާން ހަސަން ޒަރީރު ޖެހި ގޯލުންނެވެ. އެ ގޮތުން، 1-1 އިން މެޗު އެއްވަރުވިއިރު، ޕެނަލްޓީގައި، އޮޅަހާލިން ވަނީ ހަތް ޕެނަލްޓީ ވައްދާލައިފަ އެވެ. އަދި، ބަނޑޮސް އަށް ކާމިޔާބުކުރެވުނީ ހަ ޕެނަލްޓީ އެވެ.

ސެމީ ފައިނަލުގެ ފަހު ޖާގަ ލިބޭނީ، ގަދަ ހަ ޓީމުގެ ބުރުން ބަލިވި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރުނު ދެ ޓީމު ކަމަަށްވާ، ބަނޑޮސް އާއި ޕަޓިނާ އިން މާދަމާ ކުޅެގެން މޮޅުވާ ޓީމަކަށެވެ. ސެމީ ފައިނަލް މެޗުތައް މި މަހު 24 ވަނަ ދުވަހު ކުޅޭއިރު، ފައިނަލް މެޗު އޮތީ މި މަހު 27 ވަނަ ދުވަހު އެވެ.

ނޯތު މާލެ ޒޯން މުބާރާތުގައި ވާދަކުރި ދެ ޓީމު ކަމަށްވާ، ސަންގެލި އާއި ޖޯއި އައިލެންޑަށް ވަނީ ގަވާއިދާ ހިލާފަށް ކުޅުންތެރިން ލައްވައި ކުޅުވާފައިވާތީ، ފިޔަވަޅު އަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

ސާފް އިން ދިން މުއްދަތުގައި އިންޑިއާ އިން ނިންމީ ބައިވެރިވާން

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސާފުން ދޮގުކޮށް، އެ ގައުމުން މުބާރާތުގައި ބައިވެރިވާނެކަން މިހާރު ވަނީ ކަށަވަރުކޮށްދީފައި. އިންޑިއާ އިން މިގޮތަށް ނިންމީ ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ސާފް އިން ދިން މުއްދަތުގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހު

ޝެޑިއުލަށް އައި ބަދަލާ އެކު ބިދޭސީ ކުޅުންތެރިން ނެތި ފައިނަލަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ޝެޑިއުލަށް އައި ބަދަލާ ގުޅިގެން، ތަށި ދިފާއުކުރަން ނުކުންނަ ސިފައިންގެ ކްލަބަށް މިރޭގެ ފައިނަލުގައި ބިދޭސީ ކުޅުންތެރިންނާ ނުލައި ކުޅެން ޖެހިއްޖެ. ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާނުގެ ދެ ކުޅުންތެރިން މިއަދު ރާއްޖޭން ފުރީ، ކުރިން ތާވަލުކުރި ތާރީޚަށް ވުރެ ފައިނަލް މެޗު ލަސްވުމުން އެހެން ގައުމެއްގެ މުބާރާތަކަށް ދާން ޖެހުމުން

ޔުނައިޓެޑްގެ ބޯޑުން އޮތީ ކެރިކަށް އިތުރު ފުރުސަތެއް ނުދޭ ގޮތަށް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ކްލަބުގެ ކޯޗުކަމުން މައިކަލް ކެރިކް ވަކިކުރަން ބޯޑުން ވަނީ ނިންމާފައި. މި ސީޒަނުގައި ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު އަށް މެޗުން މޮޅުވެފައިނުވާއިރު، ކެރިކް މަގާމުން ދުރުކުރުމުގެ ފައިނަލް ނިންމުން ނިންމާނީ ކްލަބުގެ ގާނޫނީ އަދި ޓެކްނިކަލް ޓީމާ މަޝްވަރާކުރުމަށް ފަހުގައި

ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރަން ހުޅުވާލައިފި

ރާއްޖޭގައި ބާއްވާ ފުރަތަމަ ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު، ކައުންސިލްތަކާއި ޖަމިއްޔާތަކަށް ހޭންޑްބޯލް މޯލްޑިވްސް އިން ހުޅުވާލައިފި. އަންނަ މަހުގެ 28 އިން ޑިސެމްބަރު 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ

Newsletter

Get the latest news delivered straight to your inbox