މަހާރާނީ ދިވެހި ބަދިގެ ތަކުގައި ވެސް "ރަނިކަން"

މަހާރާނީ ބާސްމަތި ހަނޑޫ

މަހާރާނީ ބާސްމަތި ހަނޑޫ

ބާޒާރުގައި ބާސްމަތި ހަނޑުލުގެ ތަފާތު ގިނަ މަރުކާތައް ހުރި ނަމަވެސް، ލިލީ އެންޓަޕްރައިޒަސްއިން އެތެރެކޮށް ވިއްކާ އިންޑިއާގެ މަހާރާނީ ބާސްމަތި ހަނޑޫ، ދިވެހި ބަދިގެތަކުގައި ރަނިކަން ކުރަމުން ދިޔުމުގައި ސިއްރުތަކެއް އެކުލެވެ އެވެ.

މީގެ 42 އަހަރު ކުރިން އުފެއްދި މި މަރުކާގެ ހަނޑޫ ދުނިޔޭގެ އެތައް ގައުމެއްގައި އެންމެ މަގުބޫލް ބާސްމަތި ހަނޑޫ ބްރޭންޑަށް ވެފައި ވަނީ މި ހަނޑުލުގެ ފެންވަރު ރަނގަޅު ވުމާއި، ސިއްހީ ފައިދާ އެވެ.

މިއީ ފެޓް މަދު, ކޮލޮސްޓްރޯލް އެކުލެވޭ މިންވަރު ވެސް މަދު ހަނޑުލެކެވެ. އެހެންވެ، ބަރުދަން އެއް ހަމައެއްގައި ހިފަހައްޓައި، ހިތުގެ ދުޅަހެޔޮ ކަމަށް ވެސް މި ހަނޑޫ އެހީތެރިވެދޭނެ އުފެއްދުމެކެވެ.

މިފަދަ ރޯދަ މަހެއްގައި ބަރުދަން އިތުރުވެދާނެތީ ކަންބޮޑުވާ ފަރާތްތަކަށް މިއީ ހިޔާރުކުރަން ރަނގަޅު މަރުކާއެކެވެ.

މިއީ ހަޖަމްވުމަށް ވަގުތު ނަގާ ހަނޑުލަކަށް ވުމާއެކު، އަވަހަށް ބަނޑުހައިވުމުން ދުރުކޮށްދީ، މައިދާގެ ދުޅަހެޔޮ ކަމަށް ވެސް އެހީތެރިޔަކަށްވެ އެވެ. މިއީ ހަކަތަ ހިފެހެއްޓުމަށް ވެސް ރަނގަޅު ކާނާ އެކެވެ.

ހިޔާރުކުރަންވީ ތަޖުރިބާއިން އިތުބާރު ލިބި، މަގުބޫލަން ލިބިފައިވާ އުފެއްދުމެކެވެ. ގަރުދިޔަ، ރިހާކުރު، މަސްފެން، މަސްރިހަ، ގެރި ރިހަ، ތަރުކާރީ ރިހަ، އެހެން ބާވަތްތަކުގެ ވެސް ލައިންކާނެ އެއްޗިއްސާއެކު މަހާރާނީ އަކީ ފުރިހަމަ ރަހައެއް ގެނެސްދޭނެ ހަނޑުލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

އޮސްޓްރޭލިއާއިން ސަންސްކްރީންގެ އުސޫލުތައް ހަރުކަށިކޮށްފި

އޮސްޓްރޭލިއާގައި ވިއްކާ ބައެއް ސަންސްކްރީންތަކުގެ ރައްކާތެރިކަން ކުޑަކަމަށް ދެއްކުމާ ގުޅިގެން، އެ ތަކެތި އުފައްދާ މިންގަނޑުތައް ހަރުކަށިކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާއިން ނިންމައިފިއެވެ. މި ބަދަލުގެ ދަށުން ސަންސްކްރީންގައި ހިމެނޭ މާއްދާތައް ޓެސްޓްކުރުމާއި، އޭގެއިން ލިބޭ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ.

Newsletter

Get the latest news delivered straight to your inbox