އަދަދު ނޫހުގެ ސީއީއޯ ފިޔާޒަށް ރައީސް މުއިއްޒު އިންޒާރު ދެއްވި މައްސަލަ ތަހުގީގު ކުރަން އައިއެފްޖޭއިން ވެސް ގޮވާލައިފި

Mar 19, 2025, 7:55 AM
ރައީސް މުއިއްޒު: ފިޔާޒަށް ގުޅުއްވައި އިންޒާރު ދެއްވި ކަމަށް ބުނާ މައްސަލައިގައި ވަރަށް ގިނަ ފާޑުކިޔުން ވަނީ އަމާޒުވެފައި -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު: ފިޔާޒަށް ގުޅުއްވައި އިންޒާރު ދެއްވި ކަމަށް ބުނާ މައްސަލައިގައި ވަރަށް ގިނަ ފާޑުކިޔުން ވަނީ އަމާޒުވެފައި -- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މާޗް 14، ވަނަ ދުވަހުގެ ރޭ އަދަދު ގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާއަށް ފޯނުން ގުޅުއްވައި އިންޒާރު ދެއްވި މައްސަލަ ފުރިހަމައަށް ތަހުގީގު ކުރަން އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް އިން ގޮވާލައިފި އެވެ.

ނޫސްވެރިންގެ ހިމާޔަތުގައި މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ އައިއެފްޖޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރައީސް މުއިއްޒު އިންޒާރު ދެއްވި މައްސަލައިގައި ދެފުށްފެންނަ އަވަސް ތަހުގީގެއް ހިންގަންޖެހޭ ކަމަށެވެ.

"ނޫސްވެރިން ކުރާ މަސައްކަތާ ގުޅިގެން އެއްވެސް ކަހަލަ އިންޒާރެއް، ބިރު ދެއްކުމެއް، ފުރައްސާރައެއް ކުރުން މި ޖަމިއްޔާއިން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. ހާއްސަކޮށް އިންތިހާބީ މަގާމުތަކުގައި ތިބޭ ސީނިއާ އޮފިޝަލުންގެ ފަރާތުން އެފަދަ ކަންކަން ކުރުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން. ގާނޫނު ތަންފީޒު ކުރާ ފަރާތްތަކުން އެ ތުހުމަތަކާ ގުޅިގެން އަވަސް އަދި ފުރިހަމަ ތަހުގީގެއް ހިންގަންޖެހޭ. އަދި އެ މައްސަލައިގައި ކަން ހިނގައިދިޔަ ގޮތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އޮޅުންފިލުވައިދޭންޖެހޭ،" އައިއެފްޖޭގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ މައްސަލައިގައި އިތުރު މައުލޫމާތު ހޯދަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އަދި މީޑިއާ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެދިފައިވާ ކަމަށް އައިއެފްޖޭއިން ފާހަގަ ކުރި އެވެ. އެކަމަކު މިހާތަނަށް ރައީސް އޮފީހުން އެ މައްސަލައިގައި މައުލޫމާތު ދޭން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް އައިއެފްޖޭއިން ފާހަގަ ކުރެ އެވެ.

ސީއީއޯ ފިޔާޒަށް ރައީސް މުއިއްޒު އިންޒާރު ދެއްވި މައްސަލައިގައި އަދި މި ސަރުކާރު ވެރިކަމަށް އައި ފަހުން އަދަދު އަށް ދަތި ކުރަމުންދާ މައްސަލަ މި ނޫހުން ވެސް ވާނީ އައިފްޖޭއާ ހިއްސާކޮށްފަ އެވެ. އައިއެފްޖޭއިން މިއަދު ނެރުނު ބަޔާނުގައި މި ނޫހުގެ ބައެއް ކަންބޮޑުވުން ހާމަކޮށްފައިވެ އެވެ. އެގޮތުން ސަރުކާރު ކުންފުނިތަކުން އިސްތިހާރު ކަނޑާލި މައްސަލަ އާއި ނޫހުގައި އިސްތިހާރު ކުރާ ޕްރައިވެޓް ކުންފުނިތަކަށް ޕްރެޝަރު ކުރާ މައްސަލަ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

އޭގެ އިތުރުން، ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާއިން މި ނޫހަށް އެވޯޑު ލިބުނު "ޖީ ސްކީލާން" ޑޮކިއުމެންޓްރީ އަތުލަން މޯލްޑިވްސް މީޑިއާ ކައުންސިލް އަދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ސަރުކާރުން ނުފޫޒު ފޯރުވި ކަމަށް ބުނެ މި ނޫހުން ހިއްސާ ކުރި ކަންބޮޑުވުން ވެސް އައިއެފްޖޭގެ ނޫސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ނޫހުގެ ސީއީއޯ ފިޔާޒަށް އިންޒާރު ދެއްވި މައްސަލަ މި ނޫހުގެ ފަރާތުން ވާނީ ފުލުސް އޮފީހަށް ރަސްމީކޮށް ހުށަހަޅައިފަ އެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން ފުލުހުންގެ ފަރާތުން މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައެއްނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox